މޯލްޑިވިއަނުން އަލަށް ގެނައި އޭޓީއާރުގެ ފުރަތަމަ ދަތުރު މިއަދު އައްޑޫއަށް

މޯލްޑިވިއަނުން އަލަށް ގެނައި އޭޓީއާރު މަރުކާގެ ދެ ބޯޓު: ފުރަތަމަ ދަތުރުކުރާނީ އައްޑޫއަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މޯލްޑިވިއަނުން އަލަށް ގެނައި އޭޓީއާރު މަރުކާގެ ދެ ބޯޓު: ފުރަތަމަ ދަތުރުކުރާނީ އައްޑޫއަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަލަށް ގެނައި އޭޓީއާރު މަރުކާގެ ފުރަތަމަ ބޯޓުގެ ފުރަތަމަ ދަތުރު މިއަދު މެންދުރުފަހު އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިން އިން ބުނެފި އެވެ.

މޯލްޑިވިއަން އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޭޓީއާރު 600-72 ގެ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު 3:40 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ.

އެކަމާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް އަހުމަދު މުޝްއިލް ވިދާޅުވީ އޭޓީއާރުގެ ދަތުރުތަކާއެކު މިހާރު މަތިވެފައިވާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގައި އެ އެއާލައިންއަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ދެ ވަނަ އަށް ގެނައި އޭޓީއާރު މަރުކާގެ ބޯޓު އެތެރޭގެ އުދުހުންތަކަށް ހަފުތާއެއްގެ ތެރޭގައި ނެރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން، މި ދެ ބޯޓު ވެސް އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ހުރިހާ މަންޒިލަކަށް ދަތުރުކުރާނެ ކަމަށާއި ނަމަވެސް ބޮޑަށް އިސްކަންދޭނީ ޑިމާންޑު ބޮޑު މަންޒިލުތަކަށް ދަތުރު ކުރުމަށް ކަމަށް ވެސް މުޝްއިލް ވިދާޅުވި އެވެ. އަދި އަލަށް ގެނައި ދެ ބޯޓާއެކު ޑިމާންޑާ އެއްވަރަށް ދަތުރުގެ ޝެޑިއުލްތަކަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް ދިރާސާއެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ބޮޑުވެ މޯލްޑިވިއަންއިން އަމިއްލަ ދެ ބޯޓު ގެނެސްފައިވަނީ މި ޖެނުއަރީ 4، ގަ އެވެ. އަލަށް ގެނައި އޭޓީއާރު މަރުކާގެ ބޯޓުތަކަކީ މޯލްޑިވިއަނުން މިހާރު ބޭނުން ކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތަކަށް ވުރެ ޖާގައިގެ ގޮތުންވެސް ބޮޑު ތެލާއި މެއިންޓެނެންސް ހަރަދު ކުޑަ ބޯޓުތަކެކެވެ.

"ކުރީގެ އެއާކުރާފްޓު ތަކަކީ 20 އަހަރަށް ވުރެވެސް ގިނަ ދުވަސްވެފައި ހުރި އެއާކުރާފްޓުތަކެއް، އަޅުގަނޑުމެންގެ ބޯޓުތަކުގެ މެއިންޓެނެންސް މައްސަލަތައް، ޓެކްނިކަލް މައްސަލަތައް ދިމާވެގެން ހަމަ ފުދޭވަރަކަށް ޝެޑިއުލް އަށް ވެސް ބުރޫ އަރާ،" އައު ބޯޓުތައް ގެނައި ދުވަހު މީޑިއާތަކާ ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އައިޝަތު ޖެނިފާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox