ޔާމީނު ހުންނެވީ ގަދަކޮށް، މައުސޫމްކަން ސާބިތު ކޮށްދެއްވާނެ: އަބްދުއްރަހީމް

ޕީޕީއެމްގެ ހަރަކާތެއްގައި އަދުރޭ ވާހަކަ ދައްކަވަނީ. އިންޑިއާ އައުޓް ކެމްޕޭން އިދިކޮޅުން އަންނަނީ އަދިވެސް ކުރިއަށްގެންދަމުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕީޕީއެމްގެ ހަރަކާތެއްގައި އަދުރޭ ވާހަކަ ދައްކަވަނީ. އިންޑިއާ އައުޓް ކެމްޕޭން އިދިކޮޅުން އަންނަނީ އަދިވެސް ކުރިއަށްގެންދަމުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މަނީ ލޯންޑަރިންގެ ކުށާއި ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ "ފިސާރި ގަދަކޮށް" ކަމަށާއި އެމަނިކުފާނުގެ މައުސޫމުކަން ސާބިތު ކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިއްޔެ އިދިކޮޅުގެ ލީޑާޝިޕުގެ ބޭފުޅުން ވަނީ މާފުށީ ޖަލުގައި ޔާމީނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމްގެ އިތުރުން، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އެ ކޯލިޝަނުގެ ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ޔާމީން ޖަލަށްލާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި، އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ސާބިތުވުމުންނެވެ.

"ރައީސް ޔާމީނާ މިއަދު ބައްދަލުވި. ހުންނެވީ ފިސާރި ގަދަކޮށް. ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެ ކަމަށް. އަޅުވެތިކަމަށް ބޯ ނުލައްބަވާނެ ކަމަށް. މައުސޫމްކަން ސާބިތުކޮށް ދެއްވާނެ ކަމަށް. ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް،" އެ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

އެ ހުކުމާ ދެކޮޅަށް އިދިކޮޅުން އަންނަނީ "ހަރާމް ހުކުމް" ގެ ނަމުގައި ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވަމުންނެވެ.

އެގޮތުން، ރޭ ބޭއްވި ހަރަކާތުގައި އަބްދުއްރަހީމް ވަނީ އިއްޔެ ޖަލުގައި ޔާމީނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ވެރިކަމަށް ވަޑައިގެން ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ޔާމީނު ވިދާޅުވިކަން ހާމަކުރައްވާފަ އެވެ. އަދި، މި ސަރުކާރުން ގާނޫނަށް ހިލާފަށް ކޮށްފައި ހުރި ކަންކަން ބައްލަވާނެ ކަމަށް ޔާމީނު ވިދާޅުވި ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ވެރިކަމަށް ވަޑައިގެން ގާނޫނު ރަނގަޅަށް ތަންފީޒުކުރައްވާނެ ވާހަކަ ތަކުރާރު ކުރެއްވެވި. ގާނޫނާ ހިލާފަށް ކޮށްފަ ހުރި ކަންތައްތައް ބައްލަވާނެ ވާހަކަ ވިދާޅުވި. ގާނޫނީ އިމުގެ ބޭރުން ކަމެއް ހިނގާފަ އޮތިއްޔާ އެމީހަކާ ދޭތެރޭ ގާނޫނު އިމުގެ ތެރެއިން ކުރައްވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދި، ވެރިކަން ލިބެން ޖެހޭނީ ޔާމީނަށް ކަމަށާއި، އެމަނިކުފާނަށް ވެރިކަން ލިބިގެން ނޫނީ ރާއްޖޭގައި ގާއިމުވެގެން ތިބި ކަމަށް އިދިކޮޅުން ބުނާ އިންޑިއާ ސިފައިން ނުބޭލޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔާމީން މިނިވަންކުރަން ގޮވާލައި، އިދިކޮޅުން ގިނަ ހަރަކާތްތަކެއް ހިންގާއިރު، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން އެބަ ދެ އެވެ.

ޔާމީން ޖަލުގައި ހުންނެވި ނަމަވެސް ޕާޓީގެ ލީޑާޝިޕުން ވަނީ ބައެއް އަތޮޅުތަކުގައި ކެމްޕޭން ހަރަކާތްތައް ވެސް ހިންގަވައިފަ އެވެ. އަންނަ މަހު ފަށާ ކޮންފެރެންސްގައި ވެސް ޕާޓީގެ ލީޑާޝިޕާއި، ޕާލިމެންޓްރީ ގްރޫޕާއި، ސެނެޓް މެންބަރުން ހިމެނޭހެން 1،500 މެންބަރުން ބައިވެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox