ދާގަބާ ސަރަހައްދު މިޔުޒިޔަމެއްގެ ގޮތަށް ތަރައްގީކުރަން އަނެއްކާ ވެސް އިއުލާނުކޮށްފި

ތޮއްޑޫ ދާގަބާ ސަރަހައްދު އެކްސްކަވޭޓް ކުރުމަށްފަހު 1958 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް: އެ ސަރަހައްދު މިޔުޒިޔަމެއްގެ ގޮތަށް ތަރައްގީ ކުރަން މީގެ ކުރިން ވެސް އިއުލާނު ކުރި -- ފޮޓޯ: ފައިލް

ތޮއްޑޫ ދާގަބާ ސަރަހައްދު އެކްސްކަވޭޓް ކުރުމަށްފަހު 1958 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް: އެ ސަރަހައްދު މިޔުޒިޔަމެއްގެ ގޮތަށް ތަރައްގީ ކުރަން މީގެ ކުރިން ވެސް އިއުލާނު ކުރި -- ފޮޓޯ: ފައިލް

ދިވެހިން ބުދަށް އަޅުކަން ކުރި ޒަމާނުގައި އ. ތޮއްޑޫގައި ބިނާކޮށްފައި ހުރި ބައެއް ތަކެތީގެ އާސާރުތައް ހުރި އެ ރަށު "ދާގަބާ ސަރަހައްދު" މިޔުޒިޔަމެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީކުރުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން އަދި ތަފްސީލީ ކުރެހުންތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ޖުލައި، 2022 ގައި ވެސް ސަރުކާރުން އޮތީ އިއުލާނެއްކޮށްފަ އެވެ. މިޔުޒިޔަމް އަޅަން އަލުން އިއުލާނު ކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ މަރުކަޒުން ކުރި އިއުލާނުގައި ބުނީ ކުރިން ކުރި އިއުލާންގައިވާ މަސައްކަތުގެ ހުރިހާ މަރުހަލާއެއް މިދިޔަ އަހަރު ކޮށް ނިންމާނުލެވޭނެތީ، އެ އިޢުލާން ބާތިލުކޮށް އަލުން އެމަސައްކަތް ކުރުމަށް އަލުން އިއުލާން ކޮށްފައިވާ ކަމަށެވެ.

ހމާޔަތްކޮށްފައި އޮންނަ ތޮއްޑޫ ދާގަބާ ސަރަހައްދަކީ ސްޓޫޕާއެއް ނުވަތަ އެ ފެންވަރުގެ އެއްޗެއް ބިނާކޮށްފައިވާ ސަރަހައްދެއް ކަމަށް ބެލެވެ އެވެ. ސްޓޫޕާ ބިނާ ކުރަނީ ގަބުރެއް ވަޅުލުމަށް ނުވަތަ ބުދު ދީނުގެ މުހިންމު އެއްޗެއް ވަޅުލާ ނުވަތަ ފޮރުވާ ތަނުގަ އެވެ.

ތޮއްޑޫ ދާގަބާ ސަރަހައްދަށް އެ ރަށު މީހުން ކުރިން ކިޔައި އުޅުނީ ގާފުނި ސަރަހައްދު ކަމަށްވެ އެވެ. ސަރުކާރުން އެ ސަރަހައްދު 1958 ވަނަ އަހަރު އެކްސްކަވޭޓް ކުރަން ޓީމެއް ފޮނުވި އެވެ. އެތަން ކޮނުމަށްފަހު ފެނުނު ބިނާގެ ފޮޓޯތައް ސްރީ ލަންކާއަށް ފޮނުވައިގެން އެއިރު ދިރާސާ ވެސް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox