މޭޔަރު އިއުތިރާޒު ކުރައްވަމުން ދަނިކޮށް ވިލިމާލެއަށް އެމްޓީސީސީން މިނީބަސް އަރުވައިފި

މޭޔަރު އިއުތިރާޒު ކުރައްވަމުން ދަނިކޮށް ވިލިމާލެއަށް އެމްޓީސީސީން މިނީބަސް އަރުވައިފި

ވިލިމާލޭގައި އިލެކްޓްރޯނިކް ބަގީގެ ހިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެފައި އޮއްވައި، އެ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއުތިރާޒު ކުރައްވަމުން ގެންދަވަނިކޮށް ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން އެ ރަށަށް ކަރަންޓު ބަސްތަކެއް އެތެރެކޮށްފި އެވެ.

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް މި ފަށަނީ، ކުރިން ވިލިމާލޭގައި ދެމުން އައި ބަގީގެ ހިދުމަތް މިދިޔަ އަހަރުގެ އޮގަސްޓުން ފެށިގެން ހުއްޓިފައި އޮވެ، އެހިދުމަތް އަލުން ފެށުމަށް މާލޭ ސިޓީ ކައުންސިލުން ތައްޔާރުވަމުން އަންނަނިކޮށެވެ.

އެކަމަކު ސިޓީ ކައުންސިލުން އެކަން އިއުލާނު ކުރި ފަހުން ވިލިމާލޭގައި މިނީބަހުގެ ހިދުމަތް އަންނަ މަހު ތައާރަފު ކުރުމަށް މަސައްކަތް ކުރާކަން ސަރުކާރުން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މިހިނގާ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި ބަހުގެ ހިދުމަތް ފެށުންކަމުގައި އުފަލާއިއެކު ދަންނަވަން. އަދި އާރްޓީއެލް ވިލިމާލެ ބަހުގެ ހިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މައުލޫމާތު މިކުންފުނިން ކުރިއަށްއޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމުގައި ވެސް ދަންނަވަން،" އެމްޓީސީސީން ވިދާޅުވެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ވިލިމާލޭގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި އެންމެ ފަހުގެ އިލެކްޓޯނިކް ބަހެވެ. އެ ބަސްތަކުގައި ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ ހުންނާނެ ކަމަށް އެމްޓީސީސީން ހާމަކުރެ އެވެ.

އެމްޓީސީސީން ވިލިމާލެއަށް މިނީ ބަހުގެ ހިދުމަތް ދޭން ނިންމާފައިވާކަން އިއުލާންކުރުމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަަދު މުއިއްޒު ނުރުހުން ފާޅުކޮށް ކުރައްވާ ވިދާޅުވީ، ވިލިމާލެއަށް ޕަބްލިކް ޓްރާންސްޕޯޓު ބަސްތަކެއް އަރުވަން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

"ކައުންސިލް އިން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ބަގީ ސާވިސް ފެށުމަށް ހުރިހާ ތައްޔާރީއެއްވެ ނިމިފައި އޮއްވައި ސަރުކާރުން މިކަން ކުރަން އުޅުމަކީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ނާތަހުޒީބް އަމަލެއް،" ވިލިމާލެއަށް މިނީ ބަސް ތައާރަފްކުރުމާ ގުޅިގެން ނުރުހުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް މިއަދު ވިދާޅުވެފައި ވަނީ އެމްޓީސީސީން ވިލިމާލެއަށް ބަގީ އެތެރެ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަހުގެ ހިދުމަތްދޭ އެމްޓީސީސީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންޖީނުލީ އުޅަނދު ދުއްވުން އާންމުކޮށް މަނާ ވިލިމާލޭގައި ހިދުމަތް ދޭނީ ކުދި ސައިޒުގެ އިލެކްޓްރިކް ބަސް ބޭނުން ކޮށްގެން ކަމަށެވެ. މިގޮތުން 11 ގޮނޑީގެ އަދި ހަތަރު މީހުން ކޮޅަށް ތިބެވޭ، ހަ ބަސް ބޭނުން ކުރާނެ ކަމަށް އެމްޓީސީސީން ބުންނެވެ.

"އާރުޓީއެލް ވިލިމާލެ ބަހުގެ ހިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މައުލޫމާތު މި ކުންފުނިން ކުރިއަށް އޮތް ދުވަސް ތަކުގައި ހާމަކުރާނެ،" ކަމަށް އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox