އެންމެ ފަހުން ގޯތި ދޫކުރިތާ 12 އަހަރު ފަހުންް ހދ. ހަނިމާދޫއިންް 200 ގޯތިި ދޫކޮށްފި އެވެ.
ހަނިމާދޫ ކައުންސިލުން ގޯއްޗަށް އިއުލާނުކޮށްފައި ވަނީ މިދިޔަަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުއްސައްތާާރު ހަސަން "އަދަދު" އަށް ވިދާާޅުވީ، ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 500 އަށްވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހެޅި ކަަމަށެވެ. މިހާރު އޭގެ ތެރެއިން ގޯތި ލިބޭ މީހުން ކަނޑައަޅާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"200 ގޯތި 200 ފަރާތަކަށް މިހާރު ވާނީ ދޫކުރެވިފައި. ގޯތި މި ދޫކުރެވުނީ ގާތްގަނޑަކަށް 12 އަހަރު ފަހުންް އެންމެ ފަހުން ގޯތި ދޫކުރިތާ،" އަބްދުއްސައްތާާރު ވިދާޅުވި އެވެ.
ގޯތި ދޫކޮށްފައި ވަނީ ހަނިމާދޫގެ ރަސްމީ ބޯޅަދަނޑުގެ އިރުމަތީ ފަރާތުންްނާއި، ހަތިފުށީ ރައްޔިތުންނަށް ދީފައިވާ ގޯތިތަކުގެ އިރުމަތީ ފަރާތުން އަދި، އެރަށުގައި ފެކްޓްރީ ހިންގުމަށް ކުރިން ދޫކޮށްފައިވާ ބިމުގެ ބަޔަކުންނެވެ.

އަބްދުއްސައްތާާރު ވިދާޅުވީ، ކައުންސިލުން މަސައްކަތް ކުރަމުންދަނީ އަނެއްކާ މިއަހަރުގެ ތެރޭގައި އެރަށުން ގޯތި ދޫކުރުމަށް ކަަމަށާއި، މި 200 ގޯތި ދޫކުރުމުގެ މަސައްކަތް ނިމުމުން އަލުން ގޯއްޗަށް އިއުލާނު ކުރުމަށް ރާވަމުން އަންނަ ކަމަށެވެ.
"މިހާރު ގޯތި ދޫކުރެވިފައި ހުރިނަމަވެސް މިންޖަހާ ވަކި ކުރުމަށް ވެސް އަދި ނަގާނެ ތިން މަހެއްހާ ދުވަސް މިކަން ކުރުމަށް. އެކަންތައްތައް ނިމުމުން އަޅުގަނޑުމެން އަނެއްކާވެސް ގޯއްޗަށް އިއުލާނު ކުރުމުގެ މަސައްކަތް ފަށާނަން،" އޭނާ ވިދާޅުވި އެވެ.
ހަނިމާދޫއަކީ އެރަށުގެ ރައްޔިތުންގެ އިތުރުން އެހެން ރަށްރަށުގެ މީހުންވެސް އެރަށުގައި ދިރިއުޅުމަށް ބޭނުންވާ ރަށެއްކަން ފާހަގަކުރައްވަމުން އަބްދުއްސައްތާާރު ވިދާޅުވީ، އެފަރާތްތަކަށް ހާއްސަކޮށް ބިން ދޫކުރުމުގެ ވިސްނުންވެސް ގެންގުޅޭ ކަމަށެވެ. އެއާއެކު، ކުރިއަށް އޮތް ތަނުގައި ރަށުން ބިމުގެ ދަތިކަން ކުރިމަތިވުމަކީ އެކަށީގެންވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ އަަކީ ހދ. އަތޮޅު ރަށްތަކުގެ ތެރެއިން ތަރައްގީވެފައިވާ އެއް ރަށެވެ. އެރަށުގެ ބިމުގެ ބޮޑުމިނުގައި 305.7 ހެކްޓަރު ހުންނަ އިރު އެއާޕޯޓެއް އެރަށުގައި އޮވެ އެވެ. ހަނިމާދޫގެ އާބާދީއަކީ ގާތްގަނޑަކަށް 2,166 އެވެ. ހދ. ހަތިފުއްޓާއި ހޮނޑައިދޫގެ މީހުން ވަޒަންވެރިވެފައި ވަނީ ވެސް އެރަށުގަ އެވެ.













