އެކްސްކުލޫސިވް: "ފިކުރެއްގެ ދިރުން" އާއެކު ނަޝީދު ނުކުތީ 2023 ބީވިޔަ ނުދޭން

ރައީސް މުހައްމަދު ނަޝީދު އެމްޑިޕީ ޕްރައިމަރީ ކެމްޕޭނުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ނަޝީދު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް: އަދަދު ފޮޓޯ މުހައްމަދު ޝާބިން

ރައީސް މުހައްމަދު ނަޝީދު އެމްޑިޕީ ޕްރައިމަރީ ކެމްޕޭނުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ނަޝީދު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް: އަދަދު ފޮޓޯ މުހައްމަދު ޝާބިން

ރައީސުލްޖޫމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމްޑީޕީގެ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަމުންނެވެ. އެއީ އެންމެ ގާތް ދެ އެކުވެރިންގެ ގޮތުގައި ތިއްބަވައި ރާއްޖޭގެ އެންމެ އިސް ދެ މަގާމަށް ވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މި އިންތިހާބު ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވިއަސް ރާއްޖާގެ ސިޔާސީ ކުރިމަގަށް އެކަމުން ބޮޑު ބަދަލެއް އަންނާނެ އެވެ.

އިންތިހާބާ ގުޅޭ ގޮތުންނާއި އިންތިހާބަށް ފަހު ކަންތައްތައް ވެގެން ހިނގައިދާނެ ގޮތާ ބެހޭ ގޮތުން ނަޝީދު ވަނީ، އެމަނިކުފާނުގެ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން "އަދަދު" އާ ވާހަކަ ދެއްކުމަށް ވަގުތުކޮޅެއް ހުސްކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ގޮތަކަށްކަން ވާނީ، މި އިންތިހާބު އެ މަނިކުފާނު ކާމިޔާބު ކުރެއްވުމެވެ. އިންތިހާބަށް ކުރިމަތި ލެއްވި ސަބަބާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ނުކުރެއްވޭނެ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އެހެން ކަމުން ވަރަށް ގިނަ ބަޔަކު އެމަނިކުފާނުގެ އަރިހުން، ރިޔާސީ އިންތިހާބަށް ކުރިމަތި ލެއްވުމަށް އެދެމުންދާ ކަމަށެވެ.

"ވަރަށް ގިނަ ސަބަބު އެބަހުރި، އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް ހޯދަން އުނދަގޫވާނެ، ރައީސް (ސޯލިހު) މަސައްކަތް ކުރެއްވީ އިއްތިހާދާ އެކީގައި، އެމްޑީޕީ އެހެންވީމަ އޮތީ ކުޑަކޮށް އެއް ކައިރި އަކަށް ޖެހިލާފައި،" ނަޝީދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ އަގުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުމަކީ، އިއްތިހާދާ އެކު ރައީސް ސޯލިހު ކުރެއްވި މަސައްކަތް އެމްޑީޕީ އަށް ތާއީދު ކުރާ ފަރާތްތަކުން ގަބޫލު ނުކުރާ ކަމުގެ ހެއްކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މާލެ ގެއްލުން އެއީ ކޮންކަހަލަ ބޮޑު ފިލާވަޅެއްތޯ؟ އެއީ އާދަޔާ ހިލާފު ކަމެއް، އަޅުގަނޑު ހިތަކަށް އަރައިގެންނެއް ނޫން ހުރީ އެމްޑީޕީ އަށް މާލެ ގެއްލިދާނެ ކަމަކަށް، އެކަން ވެސް އެހެން ވެސް ހިނގާ ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ތާއީދުކުރާ ވަރަށް ގިނަ މީހުން ތަކެއް އެބަ އުޅޭ، ދިމާވެ ފެނޭ، އެމީހުން ވަރަށް ބޭނުންވޭ އަޅުގަނޑު ކުރިމަތިލާން، އެހެންވީމަ އަޅުގަނޑު ހިތަށް އެރީ ކުރިމަތިލުން އެއީ ބޭނުންތެރި ކަމެއް ކަމަށް."

ރައީސް ސޯލިހު ވެރިކަން ކުރައްވާ ގޮތް ކަމަކު ނުދޭ

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެންމެ ބޮޑު ފަލްސަފާ އަކީ ޕްރައިވެޓް ސެކްޓާ ވަރުގަދަ ކުރުމެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ރައީސް ސޯލިހު ހިންގަވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ، ގާބިލު ނޫން، ހަރަދު ބޮޑު އަދި ކޮރަޕްޝަނާއި ސިޔާސީ ވުމާއެކު ގިނަ މައްސަލަ ތަކަކަށް މަގުފަހިވާ ތަންތަން ކަމަށެވެ.

"ފެނަކަ އަދި އެހެން ކުންފުނިތައް ވެސް މެދުވެރިކޮށް ކަންކަން ކުރުން އުނދަގޫ ބަލައިގަންނަން، އެއީއެއްނޫން ދާން ބޭނުންވާ މިސްރާބަކީ، އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދެވޭނީ އެ މަގަކުންނެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ރިޔާސީ ދައުރު ނިމުނީ ހިތިކޮށް

ރައީސް ސޯލިހުގެ ފެކްޝަނުން ގަބޫލުކުރާ ގޮތުގައި ނަޝީދަކީ 2008 ގައި ވެރިކަން ލިބިވަޑައިގަތުމުން ވެސް، އެކަން ރަނގަޅަށް ކުރައްވަން އެނގިވަޑައިނުގެން ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ ޑިމޮކްރަސީ އަށް ފުރުސަތު ދެއްވުމަށް ކަމަށާއި، މިއަދު އެމްޑީޕީ ވެރިކަމުގައި އޮތުމުގެ ސަބަބަކީ ވެސް، އޭރު އެގޮތަށް ކަންތައް ކުރެއްވުމުގެ ނަތީޖާ ކަމަށެވެ.

މީގެ 15 އަހަރު ކުރިން، އެމްޑީޕީ ވެރިކަމަށް އައީ 27 ޕަސެންޓުގެ ހަނި ތާއީދަކާ އެކު، ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އިދިކޮޅު ހުރިހާ ފަރާތްތަކުން ގުޅިގެން ކަން ނަޝީދު ފާހަގަ ކުރެއްވި އެވެެ.

"ސިފައިންގެ ތެރެވެސް ފުލުހުންގެ ތެރެވެސް އިސްލާހީ ބޮޑު ބަދަލެއް ނުކުރެވޭ، އަޅުގަނޑު މެންނަކަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދުށް ގޮތުގައި، ވެރިކަމުގެ ބާރެއް ޑިމޮކްރަސީގެ ޅަފަތުގައި ހޯދަން އުޅުމަށްވުރެ ރަނގަޅު ގޮތަކަށް ވާނީ ޑިމޮރަސީ ފައްކާވާން ފުރުސަތު ދޭން، އެތަނަށް، މިސާލަކަށް ބަޑިޖަހައިގެން ވެރިކަމުގައި އިންނަން އުޅުން، އެހެންނޫނިއްޔާ ކޮންމެ ގޮތެއް ހަދާފައިގެން ނަމަވެސް ވެރިކަމުގައި ހުރުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން."

ރައީސް ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިހާބުގައި ބޮޑު ކާމިޔާބީ އެއް ލިބުމާއި، 2018 ގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ، މާޒީގައި އެމްޑިޕީއަށް ރަނގަޅަށް ކުރެވިފައި ހުރި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

ކުރީގެ ރިޔާސީ ދައުރުގައި ހިނގައިދިޔަ ކަންތައްތަކުން ތަކުރާރު ނުކުރައްވާނީ ކޮންކަމެއްތޯ އަމާޒުކުރި ސުވާލަށް ނަޝީދު ވިދާޅުވީ، ވެރިކަމަކީ އެއިރެއްގެ ހާލަތާ ގުޅޭ ގޮތުން ކުރިއަށް ވިސްނައިގެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ މަނިކުފާނު ގެންގުޅުއްވާ އުސޫލު ތަކުގައި ހިފަހައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު ނުކުރާނެ ކަމަކީ ހަމަ ގައިމުވެސް އަނިޔާ، އަޅުގަނޑު ނުކުރާނެ ކަމަކީ ވައްކަން، ހިޔާނާތްތެރިވުން، އެއަކު ނެތް ޝައްކެތް، އެއީ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން، އިރާދަ ކުރެއްވިއްޔާ،" ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެހެން ޕާޓީތަކާ ގުޅެން ޖެހިދާނެ

ނަޝީދަކީ އެހެން ޕާޓީތަކާ ގުޅިގެން ސަރުކާރު ހިންގުމަށް ތާއީދު ކުރައްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް އެމްޑީޕީ އަށް އެކަނި ނުކުމެ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ނަޝީދު ވެސް ޔަގީނެއް ނުކުރައްވަ އެވެ.

"ގާނޫނުގައި އެބައޮތް ފުރަތަމަ ބުރުން ކާމިޔާބު ނުވެއްޖިއްޔާ ދެވަނަ ބުރު، އެހެންވީމަ ފުރަތަމަ ބުރުން ނިންމާފައި އެހެން ޕާޓީތަކާ ވާހަކަ ދައްކަން ޖެހޭނެ، އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ އެވަގުތު، އެއީ ޝައްކު ހިނގާ ކަމެއް ނޫން، ހުރިހާ ޕާޓީތަކުން ވެސް ވާހަކަ ދައްކާނެ،" ނަޝީދު ވިދާޅުވި އެވެ.

ޕްރައިމަރީއަށްފަހު ދެން ކަންތައް ވާނީ ކިހިނެއް؟

ރިޔާސީ ޕްރައިމަރީ އެމްޑީޕީން ބާއްވާއިރު، މީގެ ތިން މަހެއްހާ ދުވަސް ކުރިން ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރީ، ރައީސް ސޯލިހު ތާއީދު ކުރެއްވި ކެނޑިކޭޓެވެ. ނަޝީދު ވިދާޅުވީ އެ ނަތީޖާ އަކީ މި އިންތިހާބުގައި އަޅާ ކިޔޭނެ ނަތީޖާއެއް ނޫން ކަމަށެވެ.

"މިހުރީ ނުކުމެ އަޅުގަނޑު، އަޅުގަނޑު ޗެއާޕާސަން އިންތިހާބުގައި ނުކުމެ ދުވަހަކު ވެސް މީހަކަށް ނުވެސް ގުޅަން، އަޅުގަނޑެއް ގުޅާފަ މީހަކު ކައިރިއަކު ނުބުނަން މިވެނި މީހަކަށް ވޯޓު ދޭށެކޭ،" ނަޝީދު ވިދާޅުވީ އަމިއްލަ އަށް ނުކުންނެވުމުން ލިބޭ ތާއީދު ބޮޑުވާނެ ކަމަށެވެ.

ޕްރައިމަރީ އިންތިހާބު، ރައީސް ސޯލިހު ކާމިޔާބު ކުރައްވައިފިނަމަ، ސޯލީހު އަށް ތާއީދު ކުރައްވާނަންތޯ އެހުމުން ނަޝީދު ވިދާޅުވީ، ސޯލިހު ވަނީ އެމްޑީޕީން 39،000 މީހުން ވަކިކޮށް އަމިއްލަފުޅަށް ތާއީދު ދޫކޮށްލައްވާފައި ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ނޫންތޯ ސޯލިހު ކާމިޔާބު ނުކުރައްވާނޭ، ތަކުރާރުކުރާ ވާހަކަ އެއް މީ، އަޅުގަނޑު ކުރިމަތިލައިގެން މިހުރީ އަޅުގަނޑު މޮޅުވާށޭ، އެހެންވީމަ ބަލިވެއްޖިއްޔާ އެ ހާލަތުގެ ވާހަކަ އަޅުގަނޑެއް ނުދައްކާނަން، ނުފެނޭ ބަލިވާނެ ކަމަކަށް، ނަޝީދު ވިދާޅުވި އެވެ.

"ރައީސް (ސޯލިހު) އަށް ތާއީދު ކުރާނަންތޯ! ނޫންތޯ؟ ރައީސް އަމިއްލަފުޅަށް ތާއީދު ދޫކޮށްލައްވައިފި."

އިންތިހާބުން ނާކާމިޔާބު ވެވަޑައިގެންފި ނަމަ، ތާއީދުކުރައްވާ ފަރާތްތަކާ އެކު އެހެން ޕާޓީއެއް އުދައްވަފާނަންތޯ އެހުމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ ދޫކޮށް ދުވަހަކު ވެސް އެހެން ޕާޓީ އަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ފެންނާނީ އެމްޑީޕީ ވަރުގަދަވާތަން ކަމަށެވެ.

"އަޅުގަނޑުމެންނެއް ވަކި އެހެން އެއްޗެއް ހަދާކަށް ގަސްދެއް ވެސް ނުކުރަން، އެމްޑީޕީ ނޫން އެހެން ޕާޓީއެއް ނޯންނާނެ. ދުވަހަކު ވެސް ނޯންނާނެ އަޅުގަނޑު ވަންނާނެ އެހެން ޕާޓީ އެއް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. މި އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ނަޝީދު ވަނީ ތަކުރާރުކޮށް ސަޕޯޓަރުންނަށް ދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox