ނަޝީދަށް ރައީސް ސޯލިހު ސްލޯވެއްޖެ؛ "ހިންގުންތެރިކަމެއް، ރޭވުންތެރިކަމެއް ނެތް"

ނަޝީދު ރައީސް ސޯލިހާ އެކުގައި؛ ވަނީ ސަރުކާރުގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނަޝީދު ރައީސް ސޯލިހާ އެކުގައި؛ ވަނީ ސަރުކާރުގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެއްވެސް ހިންގުންތެރިކަމެއް ނެތި، ވަސީލަތްތައް ނެތް މިންވަރުން މި ސަރުކާރުން މަޝްރޫއުތައް ހިންގަން އުޅޭ ކަމަށް ވިދާޅުވެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ބިލެއްދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހުރިހާ ރަށެއްގައި މަޝްރޫއުތައް ފެށި ނަމަވެސް، ނިމޭތަން ނުފެންނަ ކަމަށެވެ.

"ބިލެއްދޫގައި [ނަރުދަމާގެ މަސައްކަތަށް] ހަތަރު އަހަރު ވަނީ، ކަކުނި ހަރު ކޮނެލަ ކޮނެލާ، މިކަމެއް ހިނގާކަށް ނެތް، ހުރިހާ ރަށެއްގައި [ހަމަ މިހެން]،" ނަރުދަމާއެއް ގިނަ ވެގެން ދެ މަސް ދުވަސް ތެރޭގައި ނިންމޭނެ ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ދެން ވިދާޅުވީ މަޝްރޫއުތައް "ސްލޯ ކަމަށް" ކުޅުދުއްފުށީ ކުދިން ބުނީ ރަނގަޅަށް ކަމަށާއި ސަރުކާރުގެ ދުވެލި ހުރީ "ފިނިހަކަ ދުވެލީގައި" ކަމަށެވެ.

މިކަން މިގޮތަށް ހިނގަނީ ކަންކަން ރާވާ ހިންގާނެ ގޮތުގެ އެއްވެސް ޝައުގެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނެތުމުން ކަމަށެވެ.

"މަސައްކަތްތައް އިންތިޒާމްކޮށްގެން ރޭވިގެން، ދައުލަތުގެ އާމްދަނީއަކީ ދައުލަތުގެ ހުރި އެސެޓަކީ ކޮބައިތޯ އެނގޭ، އެބަ އެނގޭ ރާއްޖޭގައި އޮތީ ކިތައް ހައިމާކުކަން، ހައިމާކު ދަތްގަނޑު ނެތް މިންވަރަށް ކީއްކުރަންތޯ ކޮންނަން ވިސްނަންވީ، ނުކޮނެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ކަންކަން ހިނގާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަޝީދު އިތުރަށް ވިދާޅުވީ ރަށެއްގައި މަޝްރޫއެއް ކުރިއަށް ދަނިކޮށް، އެހެން ދާއިރާއެއްގެ "ނުފޫޒުގަދަ" މަޖިލިސް މެންބަރަކު ވިދާޅުވުމުން އެހެން އެ ދާއިރާގައި އާ މަޝްރޫއެއް ފަށާ ކަމަށެވެ.

"މިތާނގަ އޮތް ހައިމާކު އެ ރަށަށް، މިތަނުގެ މަސައްކަތް ހުއްޓުނީ، މަސައްކަތެއް ހުއްޓޭ ކޮންމެ ފަހަރަކު އެ ގެއްލެނީ އެތައް އެެތައް މަހެއްގެ ހިންގުން،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެވޭނީ އެމަނިކުފާނަށް ކަމަށް ވިދާޅުވެ، ޕްރައިމަރީގައި ވޯޓު ދެއްވުމަށް ނަޝިދު އެދިވަޑައިގެންނެވި އެވެ.

ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ދެ ރައީސުން ވާދަކުރައްވާއިރު، ބަހުގެ ހަމަލާތަކާއި ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ.

ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ 57،000 މެމްބަރުންނަށް ވޯޓުލެވޭނެ އެވެ. މިއީ މިފަހުން ޕާޓީގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިކޮށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މިއީ ރިޔާސީ ޕްރައިމަރީއެއްގައި ރައީސް ސޯލިހު ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދު މީގެ ކުރިން ދެ ފަހަރަކު ވާދަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox