މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަނިޔާ ކުރާ ނަމަ ކޮމިޝަނަށް ދާނެކަމުގެ އިންޒާރު އިދިކޮޅުން ދީފި

އިދިކޮޅު ފަރާތްތަކުގެ އެއްވުމެއް ފުލުހުން ރޫޅާލަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިދިކޮޅު ފަރާތްތަކުގެ އެއްވުމެއް ފުލުހުން ރޫޅާލަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ބާއްވާ އެއްވުންތަކާއި މުޒާހަރާތައް ރޫޅާލުމުގެ ތެރެއިން، ބައިވެރިންނަށް ފުލުހުން އަނިޔާކޮށްފައިވާކަން ފާހަގަވެއްޖެ ނަމަ އެ މައްސަލައެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުން، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި، އެ ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ ސިލްސިލާކޮށް ކޮންމެ ރެއަކު މާލޭގައި މުޒާހަރާކުރަމުންނެވެ. ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ކަމަށް ބުނެ، ކޮންމެ ރެއަކު ވެސް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފަހުން ދޫކޮށްލަ އެވެ.

އިއްޔެ އިދިކޮޅު ކޯލިޝަންގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރާ ކަމާއި ހައްޔަރުކުރުމުގައި މީހުންނަށް އަނިޔާވާ ގޮތަށް އަމަލުކުރާ ކަމަށް ތުހުމަތު ކުރި އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަހައްޓާ ވަގުތުކޮޅުގެ ތެރޭގައި ވެސް އަނިޔާކޮށްފައި ހުންނަ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

Advertisement

"އެއްވެސް ގާނޫނީ އިންޒާރެއް ވެސް ނުދީ، ބަޔަކު ވަގަށް ނަގައިގެން ގެންދާހެން ކުއްލިއަކަށް ޖިޕަށް ލައިގެން މި ދަނީ، ދެން ޖިޕުގައި ގިނައިރުތަކެއް ވަން ދެން ބައިންދާފައި، ހަށިގަނޑު ބަލައިފާސްކޮށްފައި ދޫކޮށްލަނީ، އެއް ބަޔަކު އެހެން ދޫކޮށްލާފައި ބަލާއިރު އަނިޔާގެ ނިޝާންތައް ވެސް ހުރޭ،" އިދިކޮޅު ކޯލިޝަންގެ ލީގަލް ޓީމުގައި ހިމެނޭ ވަކީލު އަހުމަދު ޝާފިއު އެ ޕްރެސް ކޮންފެރެންސްގައި ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ފަރާތުން މިހާތަނަށް މަސައްކަތް ކުރަމުން އައީ ވީހާވެސް ބޮޑަކަށް ފުލުހުންނަށް އެއްބާރުލުން ދީގެން އެއްވުންތައް ބޭއްވުމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަތައް އެންއައިސީގެ އިތުރަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވެސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ގާނޫނާ ހިލާފަށް މިހެން ހައްޔަރުކުރާ ފުލުހުންގެ މައްސަލަތައް، އިންޓެގްރިޓީ ކޮމިޝަނަށް، ހިއުމަން ރައިޓްސް ކޮމިޝަނަށް، އެ ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހަޅާނަން، މިހެން ދަންނަވާއިރު ވެސް އެނގޭ، މި ސަރުކާރު އޮވެގެން މި މައްސަލަތަކުން އެދެވޭ ނަތިޖާއެއް އައުން އެއީ ނާދިރު ކަމެއް ކަން،" ޝާފިއު ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު އެއްވުން ކަމަށްވާ މެެއި ޑޭ، 2015، އަށް ފަހު ފާސް ކުރި އެއްވެ އުޅުނު ހަނި ކުރުމުގެ އިސްލާހު މި ސަރުކާރުން ވެސް ދަނީ ދަމަހައްޓަމުންނެވެ. އެ ގޮތުން ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ސަރަހައްދަށް ނޫނީ އެއްވުމަކީ އަދިވެސް ގާނޫނުން މަނާ ކަމެކެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި،" ޖުލައި، 2020 ގައި ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި އޮތެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި، މަނީ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox