ސީޓްބެލްޓު އަޅުވަން ދެކޮޅު ހެދުމުން މޯލްޑިވިއަންގެ ފްލައިޓަކުން ބަޔަކު ބާލައިފި

ސީޓްބެލްޓު އަޅުވަން ދެކޮޅު ހެދުމުން މޯލްޑިވިއަންގެ ފްލައިޓަކުން ބަޔަކު ބާލައިފި

ކުޑަކުއްޖެއްގެ ސީޓްބެލްޓު އަޅުވަން ދެކޮޅު ހަދައި އެތެރޭގެ އުދުހުންތަކުގައި އަމަލުކުރަން ޖެހޭ އުސޫލާ ހިލާފުވެގެން މޯލްޑިވިއަންގެ ފްލައިޓަކުން ބަޔަކު ބާލައިފި އެވެ.

'އަދަދު' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަންގެ ފްލައިޓަކުން ބަޔަކު ބޭލީ، ކުޑަކުއްޖަކު ސީޓް ބެލްޓް އަޅުވަން އިންކާރު ކުރުމުގެ ސަބަބުން ދިމާވި މައްސަލަ އެއް ހޫނު ވެގެންނެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަނުން 'އަދަދު' އަށް ބުނީ، ކުޑަކުއްޖަކު ސީޓް ބެލްޓް އަޅުވަން އިންކާރު ކުރި ހާދިސާއެއް ހިނގި ކަމަށެވެ. އެގޮތުން، ވައިގެ މަގުން ދަތުރުކުރާއިރު ވަކި އުމުރެއްގެ ކުއްޖެއް ނަމަ ސީޓްބެލްޓް އެޅުވުމަކީ އޮންނަ އުސޫލު ކަމަށާއި، މޯލްޑިވިއަންގެ ފްލައިޓް ކްރޫއިން އެދުނީ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ކަމަށެވެ.

ނަމަވެސް، ކުއްޖާ ސީޓްބެލްޓް އަޅުވަން އެދުމުން ކުއްޖާގެ ބެލެނިވެރިން އެކަމާ ދެކޮޅު ހަދާ، ފްލައިޓު ތެރޭގައި ހަމަނުޖެހުން ހިންގަން އުޅުނު ކަމަށެވެ.

ފްލައިޓު ތެރޭގައި މައްސަލަ ހޫނުވިއިރު، ފްލައިޓުވަނީ މާލެއިން ފުރާފަ އެވެ. މާލެއިން ފުރައިގެން ދިއުމަށްފަހު ކުޑަ ވަގުތުކޮޅެއްތެރޭ ފްލައިޓު އަނބުރާ އައިސް ދެ ބޮޑު މީހުންނާއި ކުޑަކުއްޖަކު ފްލައިޓުން ބާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މިކަމުގެ ސަބަބުން ފްލައިޓު ޑިލޭވެގެން ދިޔައިރު، އެ ފްލައިޓުގައި ކައްދޫއިން މާލެއަށް ކުރަން އޮތް ދަތުރު ވެސް ވަނީ ޑިލޭވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox