ފުއްގިރި ހިޔާނާތް؛ ޕެންޑޯރާ ޕޭޕާސްގެ ލިޔުން އާ ހެއްކެއް ގޮތަށް ހުށަހަޅައިފި

ރައީސް އަބްދުﷲ ޔާމީން؛ ފުއްގިރި ހިޔާނާތާ ގުޅިގެން ޕެންޑޯރާ ޕެޕާސްގެ ލިޔުންތައް ދައުލަތުން ހުށަހަޅައިފި - ފޮޓޯ: އާއިމް ޒަމީރު / އަދަދު

ރައީސް އަބްދުﷲ ޔާމީން؛ ފުއްގިރި ހިޔާނާތާ ގުޅިގެން ޕެންޑޯރާ ޕެޕާސްގެ ލިޔުންތައް ދައުލަތުން ހުށަހަޅައިފި - ފޮޓޯ: އާއިމް ޒަމީރު / އަދަދު

އެމްއެމްޕީއާރްސީގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި ކުންފުންޏާ ގުޅޭ ސިއްރުތަކެއް ފެންމަތިކޮށް ޕެންޑޯރާ ޕޭޕާސްގައި ޝާއިއުކޮށްފައިވާ ލިޔުން، ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީންގެ އިތުރަށް މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

މި މައްސަލަ ފުރަތަމަ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ބެއްލެވި ނަމަވެސް، މިހާރު ވަނީ ގާޒީ އަލީ ނަދީމްއާ މައްސަލަ ހަވާލުކޮށްފަ އެވެ. ގާޒީ ބަދަލުވުމުން، މައްސަލަ އޮތް ހިސާބެއް ސާފުކޮށް ކުރިން މައްސަލަ ނިމިފައި އޮތް ހިސާބުން ޝަރީއަތް ކުރިއަށް ގެންދަވަން ނިންމެވި އެވެ.

އިތުރު ކަމެއް އޮތްނަމަ ފާހަގަކުރަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ ޕެންޑޯރާ ޕެޕާސް އިން ޝާއިއުކޮށްފައިވާ ލިޔުމުގައި ކުރިން ނުލިބޭ އިތުރު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އެ ގޮތުން، ރިޒާ ހުށަހެޅުއްވި ލިޔުންތަކަކީ އޭނާގެ ކުންފުނީގެ ލިޔުންތަކެއް ނޫން ކަން ޕެންޑޯރާ ޕެޕާސްގެ ލިޔުމުން އެނގެން އޮތް ކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި އެވެ.

ދައުލަތުން އާ ހެއްކެއް ހުށަހަޅާފައިވާތީ، އެ ހެކި ޝަރީއަތަށް ބަލައިގަންނަ ހާލަތުގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އިތުރު ފުރުސަތެއް ދިނުމަށް މައްސަލާގައި ދައުވާ ރައްދުވާ ފަރާތްތަކުގެ ވަކީލުން ވަނީ އެދިފަ އެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، އެ ލިޔުންތައް ޝަރީއަތުން ބެލުމަށް ފަހު އެއާ މެދު ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި އެ ލިޔުންތައް ޝަރީއަތަށް ބަލައިގަންނަނަމަ، އެ ނިންމުމަށް ފަހު ދިފާއުއަށް ލިޔުންތައް ދޫކުރާ ދުވަހުން ފެށިގެން އެ ލިޔުންތަކާ ގުޅޭ ގޮތުން ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް އަރުވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އޭގެ އިތުރަށް ޔާމީންގެ ދިފާއީ ވަކީލު އަބްދުﷲ ސިޔާޒް ވެސް ވަނީ ދިފާއީ އާ ހެކިތަކެއް މިއަދުގެ ވަގުތެއްގައި ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އެ ހެކިތައް ހުށަހަޅަން ވެސް ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަތެވެ. އެ ކަންކަމާ މެދު ވެސް ގާޒީ ވަކި ގޮތެއް ނުނިންމަވަ އެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.

އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox