މިރޭ 12 އިން ފެށިގެން ޓެކްސް ބޮޑުވާތީ ވިޔަފާރިތަކުން ސަމާލުވާން އެދިއްޖެ

ބާޒާރުމަތީ ފިހާރައެއް: މިރޭ 12 އިން ފެށިގެން ޓެކްސް ނަގާ ރޭޓު ބޮޑުވާތީ ވިޔަފާރިތަކުން ސަމާލުވުމަށް މީރާއިން ވަނީ އެދިފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބާޒާރުމަތީ ފިހާރައެއް: މިރޭ 12 އިން ފެށިގެން ޓެކްސް ނަގާ ރޭޓު ބޮޑުވާތީ ވިޔަފާރިތަކުން ސަމާލުވުމަށް މީރާއިން ވަނީ އެދިފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިރޭ 12 އިން ފެށިގެން، ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުވާތީ ވިޔަފާރިތަކުން އެކަމަށް ތައްޔާރުވެ، ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފި އެވެ.

މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެކްސްގެ މިންވަރަށް އަންނަ ބަދަލަށް ވިޔަފާރިތަކުން ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ހިމެނޭ 'ފެކްޓް ޝީޓް' އެއް އެ އިދާރާގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

އެ ޝީޓުގައި ޓެކްސް ނަގާ މިންވަރު ބަދަލުވުމާގުޅިގެން 'ކަޓް-އޯފް ވަގުތު' ކަނޑައަޅައި، ޖީއެސްޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް ހިމަނައިފާނެ ކަމަށް މިރާއިން މައުލޫމާތުދެ އެވެ. އެގޮތުން 24 ގަޑިއިރު ހިދުމަތް ނުދޭ ވިޔަފާރިތަކުން އާ ރޭޓުގައި ޖީއެސްޓީ ނަގަން ޖެހެނީ ޖެނުއަރީ 1، 2023 ގައި އެ ވިޔަފާރިތަށް ހުޅުވާ ވަގުތުން ފެށިގެންނެވެ. ނަމަވެސް 24 ގަޑިއިރު ހިދުމަތްދޭ ވިޔަފާރިތަކުން މިރޭ 12 އިން ފެށިގެން އާ ރޭޓުގައި ޖީއެސްޓީ ނަގަން ޖެހޭނެ ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، މާދަމާއިން ފެށިގެން ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުގެ އަގު ޖަހާފައި ހުންނަންވާނީ އާ ރޭޓުގައި ޖީއެސްޓީ ހިމަނައިގެން ކަމަށް މީރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓެކްސް ރޭޓުތަކަށް ގެނައި ބަދަލުތަކަށް ވިޔަފާރިތަކާއި އާންމުން ހޭލުންތެރިކުރުމަށް މީރާއިން މާލެ އާއި އަތޮޅުތެރޭގައި ވަރަށް ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންދާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި ޓެކްސް ރޭޓަށް ގެނައި ބަދަލަށް ވިޔަފާރިތަކުން އަމަލުކުރަމުންދޭތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މާދަމާއިން ފެށިގެން ޓެކްސް ބޮޑުކުރުމަށް ރައްޔިތުން މަޖިލީހުން ބިލު ފާސްކުރީ މިދިޔަ ނޮވެމްބަރު 16، ގަ އެވެ. މަޖިލީހުގައި އެ ބިލާ ދެކޮޅަށް ގިނަ މެންބަރުން ވާހަކަދައްކާފައިވާއިރު އޭގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ.

އެގޮތުން މަޖިލީހުގެ އިދިކޮޅު މެންބަރުންނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. ބިލު ފާސްކުރުމަށްފަހު ނަޝީދު ވެސް ވަނީ އެ ބިލަށް މަޖިލީހުން ލިބުނީ ހަނި ތާއީދެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މަޖިލީހުން ފާސްކުރި ގޮތަށް އެ ބިލު ރައީސް ސޯލިހު ވަނީ ނޮވެމްބަރު 22، ގައި ތަސްދީގު ކުރައްވާފަ އެވެ.

އޭގެ ފަހުންވެސް ނަޝީދު ވަނީ ކުއްލިއަކަށް ޓެކްސް ބޮޑުކުރަން ނިންމުމުން ނިކުންނަ ނަތީޖާ ވަރަށް "އަނދިރި" ވާނެ ކަމަށް އެމަނިކުފާނަށް އަންދާޒާ ކުރެއްވޭ ކަމަށް ވިދާޅުވެ އެ ބިލު އަނބުރާ މަޖިލީހަށް ގެނެސް 'ޓެކްސްގެ ކަންތައް އެނބުރުމަށް' ގޮވާލާފަ އެވެ.

ނަމަވެސް ސަރުކާރުން ވަނީ ޓެކްސްގެ ރޭޓަށް ގެނައި ބަދަލު ދިފާއުކޮށްފަ އެވެ. އެގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ޓެކްސް ރޭޓުތައް ބޮޑުވުމުން ސަރުކާރުގެ މަސައްކަތްތައް ކުރުމަށް އިތުރު ބާރެއް ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިވަގުތު ޓެކްސް ބޮޑު ކުރުން އެއީ އިގްތިސާދަށް ފައިދާވާނެ މަސައްކަތެއް ކަމަށް ވޯލްޑް ބޭންކާއި އައިއެމްއެފުން ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox