އިސްލާމިކް ބޭންކުގެ އިންޓަނެޓު ބޭންކިން ހިދުމަތަށް ޒަމާނީ ބަދަލުތަކެއް

Dec 29, 2022, 3:50 AM
އިސްލާމިކް ބޭންކުގެ އިންޓަނެޓު ބޭންކިން ހިދުމަތަށް ޒަމާނީ ބަދަލުތަކެއް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން އެބޭންކުގެ އިންޓަނެޓު ބޭންކިން އަދި މޯބައިލް ބޭންކިން ޕުލެޓްފޯމް، ފައިސާ ނެޓު މުޅީން ބަދަލުކޮށްލައި، ބޭނުންކުރަން ފަސޭހަ އަދި ރައްކާތެރި ފައިސާ ނެޓް 2.0 ތައާރަފުކޮށްފި އެވެ.

ކަސްޓަމަރުންނަށް ފަސޭހަވާނެ ގިނަ ސިފަތަކާ އެކު އަލަށް ލޯންޗުކުރި ފައިސާނެޓް 2.0 ވެގެންދާނީ މިފަދަ ދުވަސްވަރަކަށް ވަރަށް އެކަށޭނެ ހިދުމަތަކަށެވެ. އެގޮތުން ގެނެސްފައިވާ މުހިންމު ބައެއް ބަދަލުތަކަށް ބަލާލާނަމެވެ.

ސަލާމަތީ ސިފަތަށް

  • އެމްއައިބީއަކީ ރާއްޖެއަށް އެންމެ ފުރަތަމަ އެޕު ޓޯކަން ތައާރަފްކުރި ބޭންކެވެ. އެގޮތުން އެބޭންކުން ވަނީ 2015 ވަނަ އަހަރު ފައިސާ ޓޯކަންގެ ނަމުގައި އޯޓީޕީ އެޕްލިކޭޝަންއެއް ތައާރަފްކޮށް ކާމިޔާބު ކަމާއެކު ބޭނުންކޮށްފަ އެވެ. ފައިސާ ނެޓް 2.0 އާއެކު މި ހިދުމަތް ވަނީ އިތުރަށް ތަރައްގީކޮށް ޒަމާނީކޮށްފަ އެވެ. އެގޮތުން ކުރިން ބޭނުންކުރި ފައިސާ ޓޯކަންގެ ބަދަލުގައި މައިކުރޯސޮފްޓު އޮތެންޓިކޭޓާރ ފަދަ އެޕުތައް ބޭނުންކޮށްގެން އޯޓީޕީ ހޯއްދެވޭނެ އެވެ.
  • އިންޓަނެޓު ބޭންކިންގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް، އިންޓަނެޓު ބޭންކިންއަށް ލޮގިންވާއިރު ޓޫ ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރަންޖެހޭ ގޮތަށް ވެސް ކަސްޓަމަރު ބޭނުންވާ ނަމަ އަމިއްލައަށް ބަދަލުކޮށްލެވޭނެ އެވެ.

ކަސްޓަމަރުންނަށް ލިބިގެންދާނެ އިތުރު ފަސޭހަތަށް

  • ފައިސާނެޓް 2.0 ގައި ހިމެނޭ މުހިންމު އަނެއް ސިފައަކީ މަލްޓި ޕުރޮފައިލް ފީޗާ އެވެ. މިފީޗާ ބެނުންކޮށްގެން ވިޔަފާރި ޕުރޮފައިލްއިން އަމިއްލަ ޕްރޮފައިލަށް ނުވަތަ ކިޑްސް ޕްރޮފައިލްއަކަށް ވެސް ބަދަލުކޮށްލެވޭނެ އެވެ.
  • ކޯޕަރޭޓު ކަސްޓަމަރުންނަށް، ކޮންމެ ބޭފުޅަކަށް ބޭނުން މިންވަރެއްގެ ހިފެހެއްޓުންތަކާއެކު އިންޓަނެޓު ބޭންކިންއަށް އެކްސެސް ދެވޭނެއެވެ. މިއީ ވެސް ވިޔަފާރިތަކަށް ލިބޭނެ ލުއިފަސޭހައަކަށް އަދި ރައްކާތެރިކަމަކަށް ވާނެ އެވެ.
  • ޝެޑިއުލް ޓުރާންސްފާ ނުވަތަ ތާވަލު ކުރެވިގެން ފައިސާ އެހެން އެކައުންޓަކަށް ޓުރާންސްފާ ކުރެވޭ ހިދުމަތަކީ ވަރަށް ގިނަ ކަސްޓަމަރުން އެދޭ ހިދުމަތެކެވެ. ހާއްސަކޮށް ދަރިންގެ އެކައުންޓަށް ކޮންމެ މަހަކު ފައިސާ ޓްރާންސްފާކުރުން އެއީ ވަރަށް ގިނަ ބެލެނިވެރިން މިހާރު ކުރަމުން އަންނަ ކަމަކަށްވާއިރު މި ހިދުމަތާއިއެކު މިކަން އޮޓޯއިން ކުރެވޭގޮތް މިވަނީ ވެފައެވެ.
  • ޗެކު ބޭނުންކުރައްވާ ފަރާތްތަކަށް ޗެކުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ.
  • އިންޓަނެޓު ބޭންކިން މެދުވެރިކޮށް ބޭންކާއި ޗެޓްކޮށްލެވޭނެ އެވެ. ފޯނުން ގުޅައިގެން ވަގުތު ހޭދަކުރުމުގެ ބަދަލުގައި ފައިސާނެޓު 2.0 އާއެކު މިހާރު އެމްއައިބީ އާއި ފަސޭހަ ކަމާއެކު ޗެޓްކޮށްލެވޭނެ އެވެ. މިއީ އިންޓަނެޓު ބޭންކިން ބޭނުންކުރުމުގެ އިތުރުން ބޭންކުގެ އެހެން ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް ބޭނުންކުރެވިދާނެ ފަސޭހަ މަގަކަށް ވެގެންދާނެ އެވެ.
  • ޕުރައިވެސީ މޯޑުން އިތުރު ޕުރައިވެސީ ބޭނުންވާ ކަސްޓަމަރުންނަށް އެކައުންޓު ބެލެންސް ސްކްރީނުން ސެލެކްޓު ކުރުމުން ނޫނީ ނުފެންނަ ގޮތް ހެދޭނެ އެވެ. ގިނަ ބަޔަކު ތިބޭ ތަނެއްގައި ޓުރާންސްފާ ކުރުން ފަދަ ކަންކަން ކުރާއިރު މިއީ ލިބޭ ރައްކާތެރިކަމަކެވެ.
  • ފައިސާނެޓް އިން އޮންލައިންކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ އެވެ. އަދި މި ހިދުމަތުގެ ތެރެއިން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް ބޭނުންވާ ލިޔެކިޔުން އަޕްލޯޑު ކުރެވޭނެ އެވެ.
  • ފައިސާނެޓް 2.0 ޑިޒައިން ކުރެވިފައިވަނީ މުޅިން އާ ޑޭޝްބޯޑަކާ އެކު އެވެ.
  • ކުއިކް ލޮގިންއަކީ ވެސް ފައިސާނެޓު 2.0 އިން ގެނެސްދޭ އިތުރު ފީޗާއެކެވެ. މި ފީޗާއިން ޔޫސާނޭމް އަބަދު ޖަހަން ނުޖެހޭގޮތް ހެދޭނެ އެވެ.
  • މިހާރު ގިނަ ބޭފުޅުން އިންޓަނެޓު ބޭންކިން ބޭނުންކުރައްވަނީ މޮބައިލް ފޯނުން ކަމާމެދު ޝައްކެއްނެތެވެ. ފައިސާ ނެޓު 2.0 އަކީ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ތައްޔާރުކޮށްފައިވާ ހިދުމަތެކެވެ. މި ހިދުމަތަށް މޮބައިލް ފޯނުން ލޮގިންވުމުން މޮބައިލް އެޕަކާ އެއްވެސް ތަފާތެއް ނެތް މިންވަރަށް މޮބައިލް ސްކްރީނަށް ފިޓުވެލަ އެވެ.
  • ގިނައަދަދަކަށް ފައިސާ ޓުރާންސްފާ ކުރަން ބޭނުންވާ ވިޔަފާރިތަކަށް ޓުރާންސްފާ ލިމިޓު ބޮޑުކުރުމަށް ވެސް އެދެވިދާނެ އެވެ.
  • ފައިސާނެޓު 2.0 އާއެކު ބޭންކު ސްޓޭޓްމަންޓު ނަންގަވަން ބޭނުނުފުޅުވާ ފަރާތްތަކަށް އެމްއައިބީގެ ލެޓާ ހެޑުގައި ބޭންކު ސްޓޭޓްމަންޓު ލިބިލައްވާނެއެވެ. މިއީ ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައަކަށް ވާނެ އެވެ.
  • އިންޓަނެޓު ބޭންކިންއަށް ކޮންޓެކްޓުން (ބެނެފިޝަރީ) އިތުރުކުރާއިރު، އެކައުންޓު ނަންބަރާއި ނަމުގެ އިތުރުން، ކޮންޓެކްޓުގެ މޯބައިލް ނަންބަރު އަދި އީމެއިލް ފަދަ މައުލޫމާތު ވެސް އިތުރުކޮށްލެވޭނެ އެވެ. މީގެ އިތުރުން ބެނެފިޝަރީ ނުވަތަ ކޮންޓެކްޓުން ފަސޭހަކަމާ އެކު އިތުރުކޮށް ވަކިކޮށް ހެދޭނެ އެވެ. އަދި ކޮންޓެކްޓުތައް އެކި ގުރޫޕުތަކުގައި ތަރުތީބު ކޮށްލެވެ އެވެ.
  • ފައިސާ ނެޓް 2.0 އަކީ ޑާކް މޯޑަށް ބަދަލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ރާއްޖޭގެ ހަމައެކަނި އިންޓަނެޓު ބޭންކިން އެވެ.
  • ފައިސާނެޓު 2.0 އާއެކު އެމްއައިބީ ކަސްޓަމަރުންނަށް ފެސިލިޓީ ބެލެންސް ބަލައިލާ، އެންމެފަހުން ފައިސާ ދެއްކި އަދަދު އަދި ދުވަސް ފަދަ މައުލޫމާތު ވެސް ބަލާލެވޭނެ އެވެ.

މި ފަސޭހަތަކާ އެކު އެމްއައިބީގެ ފައިސާނެޓު 2.0 ވެގެންދާނީ ޒަމާނީ އަދި ސަލާމަތީ ކަންކަން ރަނގަޅު، ބޭނުންކޮށްލަން ފަސޭހަ ހިދުމަތަކަށެވެ. މިކަންކަމުގެ އިތުރުން ވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަކަން ގެނައުމަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ. އަދި އިތުރު އަޕްޑޭޓުތަކާ އެކު ހިދުމަތް އިތުރަށް ފުރިހަމަ ކުރާނެކަމުގެ ޔަގީންކަން އެ ބޭންކުން ދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox