ގާނޫނު އޮތީ ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ގޮތަކަށް ނޫން: މިނިސްޓްރީ

އެންވައިރަމެންޓް މިނިސްޓްރީން ބޭއްވި ޕްރެސްކޮންފަރެންސްގައި މިނިސްޓްރީގެ ޑީޖީ މުރުތަޒާ--- ފޮޓޯ: މިނިސްޓްރީ

އެންވައިރަމެންޓް މިނިސްޓްރީން ބޭއްވި ޕްރެސްކޮންފަރެންސްގައި މިނިސްޓްރީގެ ޑީޖީ މުރުތަޒާ--- ފޮޓޯ: މިނިސްޓްރީ

ކުނި މެނޭޖުކުރުމުގެ ގާނޫނު އޮތީ ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ގޮތަށް ނޫން ކަމަށާއި އެއީ އެކަން މަނާ ކުރާ މާއްދާއެއް ކަމަށް ބުނެ އެންވައިރަމެންޓް މިނިސްޓްރީން އެ މާއްދާ ދިފާއު ކޮށްފި އެވެ.

ކުނި މެނޭޖުކުރުމުގެ އަސާސްތަކާއި ޒިންމާތަކާއި ފީނެގުމާއި ކުންޏާ ގުޅޭ ކުށްތަކާއި ޖޫރިމަނާ ބަޔާންކޮށްފައިވާ މި ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލުތަކުގެ ތެރޭގައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖެ އަށް ކުނި އެތެރެކުރެވިދާނެ ކަމަށް ލިޔުނެވެ.

މި މާއްދާ އާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރިނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބިލު ތަސްދީގު ކުރައްވާފަ އެވެ.

އެ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެ އެތެރެކޮށްގެން ނުވާނެ ކަމަށެވެ. ކުނި އެތެރެކުރުމުގެ ހުއްދައަށް އެދުމުން އެފަދަ ހުއްދައެއް ދޭންވާނީ މިނިސްޓްރީން ހަދާފައިވާ ގަވާއިދާ އެއްގޮތަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

ބިލާ ގުޅިގެން މިނިސްޓްރީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޒާ ވިދާޅުވީ އެ ގާނޫނުގައި ހިމަނާފައި އޮތް މާއްދާ އޮތީ ގިނަ ބަޔަކަށް އޮޅިފައި ކަމަށާއި މިހާރު ވެސް އޮތީ ކުނި އެތެރެކުރުން މަނާވާ ގޮތަށް ކަމަށެވެ.

"ކުނި އެތެރެކުރުން މަނާކުރާ މާއްދާއެއް އަސްލު މިއޮތީ، އެތެރެކުރުން ހުއްދަކުރާ މާއްދާއެއް ނޫން، އޭގައި ބުނަނީ ރާއްޖެއިން އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް އެތެރެކުރެވޭނީ މިނިސްޓްރީން ދޫކުރާ ހުއްދައެއްގެ ދަށުންނޭ، މިނިސްޓްރީން ހުއްދަ ދޫނުކުރާ ކަމަށް ވަންޏާ އެތެރެނުކުރެވޭނެ،" ގާނޫނުގައި އިން މާއްދާ ދިފާއު ކުރައްވަމުން މުރުތަޒާ ވިދާޅުވި އެވެ.

ތިލަފުއްޓަށް ޖަމާކުރާ ކުނީގެ އަދަދު 1,000 ޓަނާ ގާތް ކުރާއިރު، ރާއްޖެއަށް ކުނި އެތެރެ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއުޅެނީ ކުނި ރާއްޖޭގައި މެނޭޖުނުކުރެވިގެން، އެހެންވީމާ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބަލަނީ ރާއްޖޭގައި އުފައްދާ ކުނި ރާއްޖޭގައި މެނޭޖުކުރެވޭތޯ،" މުރުތަޒާ ވިދާޅުވި އެވެ.

ކުނި މެނޭޖުކުރެވުނު ނަމަވެސް، ރާއްޖެއަށް ކުނި އެތެރެކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ އޮޕްޝަނެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެހާ ރިސޯސަސް އެއްވެސް ނެތް، އަޅުގަނޑުމެންނަށް ބިމުގެ އެހާ ޖާގައެއް ވެސް ނެތް، ކުނި މެނޭޖުކުރާ ކަމަށްވަންޏާ އިތުރު ބިންތަކެއް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ކުނި މެނޭޖުކުރުމުގެ ބިލު މަޖިލީހަށް ހުށަހެޅިއިރު އޮތީ ކުނި އެތެރެކުރުން މަނާ ވާނެ ކަމަށް ބަޔާންކޮށްފަ އެވެ. ބިލަށް ބަދަލު ގެނެސްފައިވަނީ ކޮމިޓީ މަރުހަލާގަ އެވެ. މި ބަދަލާ ގުޅިގެން ކޮމިޓީ ރިޕޯޓުގައިވާ ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ގިނަ ގައުމުތަކަށް ކުންޏަކީ މިހާރު ވެސް ބޭނުންތެރި އެއްޗަކަށް ވެފައި، އޭގެއިން ހަކަތަ އުފެއްދޭނެކަން ވެސް ސާބިތުވާތީ އެވެ.

އަދި، ރާއްޖެއިން ވެސް އެކަމަށް ޕްލޭންތަކެއް ގެންގުޅޭއިރު، ރާއްޖެއިން އެފަދަ ބޭނުމަކަށް ބޭނުންވާ ކުނި ލިބުން ދަތިވެއްޖެ ހާލަތެއްގައި އެ ހުއްދަ އޮތުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޓީން ދެކޭ ކަމަށް ބުނެފައިވެ އެވެ.

މި ގާނޫނާ މެދު މަދަނީ ޖަމިއްޔާތަކުގެ ކަންބޮޑުވުންތައް އޮތީ ބަންޑުކޮށްލައިފަ އެވެ. ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕެއިން އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭ ގޮތަށް 17 ޖަމިއްޔާއަކުން ނެރުނު ބަޔާނެއްގައި ބުނީ ކުނި މެނޭޖުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، އެއްވެސް ޖަމިއްޔާއެއްގެ ހިޔާލާއި މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.

ފާޑުކިޔުންތައް އަމާޒުވުމާއެކު މިނިސްޓްރީން ވަނީ ބިލަށް އިސްލާހު ގެންނާނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް، އިސްލާހު ގެންނާނީ ކޮން ގޮތަކަށް ކަން އަދި މިހާތަނަށް ނިންމާފައިވާ ނުވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

"މާއްދާ އުނި ކުރާނީތޯ، ނޫނީ އެމެންޑްމެންޓެއް ގެނެސްގެސް އިމްޕޯޓު ކުރުން މަނާ ކުރާ ގޮތަށް ބަދަލުކުރާނީތީ އެ މަސައްކަތް މިހާރު ކުރަމުން މިދަނީ، މިވަގުތު އަދި ސީދާ ދަންނަވާލަން ދަތި ކޮން ގޮތަކަށް ކަން ހަދާނީ،" ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox