ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލިއިރު، ރޭ 16 މީހުން ހައްޔަރު ކުރި

ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން މީހަކު ހައްޔަރުކުރަނީ --- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން މީހަކު ހައްޔަރުކުރަނީ --- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކޮރަޕްޝަންގެ މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްޔެ އިއްވުމުން އިދިކޮޅުން ރޭ ބޭއްވި މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރޫޅާލައި، 16 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ބުނީ ރޭގެ މުޒާހަރާއިން ހައްޔަރުކުރީ 15 ފިރިހެނުންނާއި އަންހެނެއް ކަމަށެވެ.

ރޭގެ މުޒާހަރާ އެންމެ ފުރަތަމަ ފެށި މަޖީދީ މަގާއި ޗާންދަނީ މަގު ކަންމަތިންނެވެ. އެތަނުގައި ތިބެ އެއްވުމުގެ ބައިވެރިން ދިޔައީ ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ 'ހަރާމް' ހުކުމެއް ކަމަށާއި އެ ހުކުމް ބާތިލްކޮށް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން ހުކުމް ކުރީ އިއްޔެގެ އިރުއޮއްސުމަށް ގާތްވެފައި އޮއްވަ އެވެ. އެއާއެކު ގިނަ އިރުތަކެއްނުވެ، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޔާމީން މާފުށީ ޖަލަށް ގެންދިޔަ އެވެ.

ރޭ މުޒާހަރާ ކުރި މީހުން މަޖީދީ މަގުގައި ތިއްބާ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގެ ޓީމެއް ގޮސް މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފެށުމުން އެމީހުން މާލޭގެ އެކި ސަރަހައްދުތަކަށް ފެތުރިގަތެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު، މުލިއާގެ ކައިރިއަށް ދާން މަސައްކަތް ކުރި އެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވުމުން މުޒާހަރާގެ ބައިވެރިން ދެން ދިޔައީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެ ކައިރިއަށެވެ.

ނަމަވެސް އެއިރު، ޝާހިދުގެ ގެ ކައިރީގައި ހުރީ ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ. އަދި އެތަނުން ވެސް ގިނައިރުތަކެއްނުވެ، މުޒާހަރާ ކުރާ މީހުން ފޮނުވާލި އެވެ.

ގާނޫނުތައް ބުނާ ގޮތުން ކުރިން އަންގައި، ހުއްދަ ނުލިބި އެއްވެވޭނީ މާލޭގެ ކާނިވާ ސަރަހައްދަށް އެކަންޏެވެ. ޔާމީންގެ ވެރިކަމުގައި ގާނޫނަށް ގެނައި އެ އިސްލާހު މި ސަރުކާރުން ވެސް އަންނަނީ ދަމަހައްޓަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox