ދައުވާ ސާބިތުވިޔަސް އިދިކޮޅަށް އުންމީދު ނުގެއްލޭ؛ "2023 ކާމިޔާބު ކުރާނީ ޔާމީން"

ޔާމީންގެ ޝަރީއަތުގެ ކުރިން އަބްދުއްރަހީމް ކްރިމިނަލް ކޯޓު ސަރަހައްދުގައި؛ ވިދާޅުވީ އުންމީދު ނުގެއްލޭ ކަމަށް--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދުއ

ޔާމީންގެ ޝަރީއަތުގެ ކުރިން އަބްދުއްރަހީމް ކްރިމިނަލް ކޯޓު ސަރަހައްދުގައި؛ ވިދާޅުވީ އުންމީދު ނުގެއްލޭ ކަމަށް--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދުއ

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިނަމަވެސް އަންނަ އަހަރު ރިޔާސީ އިންތިހާބަށް ކުރަމުން އަންނަ އުންމީދުތަކަށް ބަދަލެއް ނާންނަ ކަމަށް އިދިކޮޅުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ ޝަރީއަތުގައި ވަނީ ވ. އާރަށު ހިޔާނާތުގެ މައްސަލާގައި އުފުލި މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. މި މައްސަލައިގައި މެންދުރު ފަހު ހުކުމް ކުރާނެ އެވެ. އެއާއެކު 12 މަސް ދުވަހަށް ދިގު ހުކުމެއް އިއްވައިފިނަމަ، ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވާނެ އެވެ.

އެހެންނަމަވެސް ޝަރީއަތަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިދިކޮޅުން ކުރަމުން އަންނަ މަސައްކަތުގައި ރައްޔިތުން ސާބިތުވެ ތިބުމަށް އެދިވަޑައިގެންފަ އެވެ.

Advertisement

"އުންމީދު ގެއްލުވާނުލާށޭ، 2023 ވަނަ އަހަރު މި ގައުމުގެ ވެރިކަމަށް ރައީސް ޔާމީން ގެންނާނަމޭ އަޅުގަނޑުމެން، އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެން މިފަހަރު ކުރާނަމޭ،" ކްރިމިނަލް ކޯޓު ސަރަހައްދުގައި ހުންނަވައިގެން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުން ދެން ނުކުންނާނީ "ދޭތިން އެކައްޗަަކަށް" ކަަމަށެވެ. އަދި އަތޮޅުތަކުގައި ތިބި އިދިކޮޅު ސަޕޯޓަރުން ވެސް މި ހަރަކާތްތަކަށް މާލެ އައުމަށް އޭނާ ގޮވާލެއްވި އެވެ. އޭނާ ވަނީ ޔާމީން ހުންނެވީ ގަދަކޮށް ކަމަށާއި ސަޕޯޓަރުން މާޔޫސް ނުވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމަށް އިންޑިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރައްވާ އޭނާ ވަނީ އިދިކޮޅުން ހުކުމް ބަލައި ނުގަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި، ޔާމީން މިނިވަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ޔަގީން ކުރައްވާ، އަޅުގަނޑުމެން ފިނޑިއެއް ނުވާނަން، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން، އަޅުގަނޑުމެން ގެއަކަށް ނުވްނަންނާނަން،" އަބްދުއްރަހީމް ތަކުރާރުކޮށް ވިދާޅުވި އެވެ.

މިއަދު ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އިސްމާއީލް ޝަކީލް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރަން ޔާމީން މަސައްކަތް ކުރި ކަމަށާއި ޔޫސުފް ނައީމަށް އެ ރަށް ދިނުމަށް އުޅުނު ކަން އެނގެން އެބަ އޮތް ކަމަށެވެ.

އޭގެ ފަހުން ރިޝްވަތުގެ ފައިސާ ހޯދުމަށް ޓަކައި ޔާމީން އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ ކަމާއި ޔާމީންގެ އެކައުންޓަށް އެމަނިކުފާނު އެދިވަޑައިގަތް މިންވަރަށް ފައިސާ ޖަމާވިކަން ހެކިތަކުން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެެހެންވެ ރިޝްވަތުގެ ދައުވާގައި ހިމެނޭ ކުށުގެ ހުރިހާ ރުކުނެއް ހަމަވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތު ކުރުމަށް އެއީ ކުށް ކޮށްގެން ހޯދައިގެންވާ ފައިސާއެއް ކަމަށާއި ކުށްކޮށްގެން ހޯދި ފައިސާއެއް ކަން އެނގިހުރެ ބޭނުން ކުރި ކަން ސާބިތުކޮށްދޭން ޖެހެ އެވެ. ގާޒީ ޝަކީލް ނިންމެވީ ދެ ރުކުން ވެސް ފުރިހަމަވާ ކަން ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމަށެވެ.

ގާޒީ ޝަކީލް ވިދާޅުވީ، ޔާމީންގެ ނަމުގައި އެކައުންޓެއް އުފައްދައި، ޔޫސުފް ނައީމްގެ އެކައުންޓުން ޖަމާކުރުމަކީ އިއްތިފާގެއް ކަމުގައި ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އޭގެ ފަހުން ފައިސާއިން މަންފާ ހޯދުމަށް ޓަކައި 36 މަސް ދުވަހަށް އިންވެސްޓް ކޮށްފައި އޮތުމުން، ކުށުގެ ރުކުންތައް ހަމަވާ ކަމަށް ކަނޑައެޅުއްވި އެވެ.

ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުން ކަމަށް ވިޔަސް ކުށުގެ އަދަބުގެ ދަރަޖަ މަތިކޮށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން އެދުނެވެ. އެ ގޮތުން އެ ދައުވާގައި އަށް އަހަރަށް ޖަލަށް ލުމަށް ދައުލަތުން އެދުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox