ޔާމީން 11 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން: މިއީ އެމަނިކުފާނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ދެ ވަނަ ފަހަރު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: މިއީ އެމަނިކުފާނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ދެ ވަނަ ފަހަރު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖުމުލަ 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

ޔާމީންގެ މައްޗަށް ސާބިތުވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ މި މުއާމަލާތުގެ މައްސަލާގައި ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.

މި ދެ ދައުވާގެ ތެރެއިން މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާގައި ކޯޓުން ނިންމީ ޔާމީން 11 އަހަރަށް ޖަލަށް ލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށެވެ. އެއީ ލޯންޑަރކުރިކަން ސާބިތުވި ޖުމުލަ އަދަދުގެ ފަސް ގުނަ އެވެ.

ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގައި ކޯޓުން ކަނޑައެޅި އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

މިއީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ނޮވެމްބަރު، 2019، ގައި އެމަނިކުފާނުގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވެފަ އެވެ. އެފަހަރު އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ހުކުމުގެ އެއް އަހަރާއި ދުވަސްކޮޅެއް ހޭދަ ކުރެއްވިފަހުން އެންމެ މަތީ ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

ދައުވާގައި ހިމެނޭ ކަންކަން؛

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ (އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ފަރާތް) 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރެއްވި އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.

ޝަރީއަތުގެ ހުލާސާއެއް

މިދިޔަ އަހަރުގެ ފަހުކޮޅު އުފުލި ދައުވާތަކުގެ ޝަރީއަތް މި އަހަރުގެ ދެ ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށި އެވެ. މައްސަލައާ ހަވާލުވެވަޑައިގަތީ ކްރިިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ. އަދި ޝަރީއަތުގެ ކުރީގެ މަރުހަލާ މެއި މަހު ނިންމާލި އެވެ.

ދައުލަތާއި، ޔާމީނާއި، ޔޫސުފް ނައީމް ވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅީ ގާޒީ ދެއްވި މުއްދަތަށް ފަހުގަ އެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން މުއްދަތު ގުނުމުގައި އެރި އޮޅުމެއްގެ ސަބަބުން، މާ ފަހުން ހުށަހެޅުންތައް ހުށަހެޅުމުން، ދައުލަތުންނާއި ދިފާއުންވެސް ހުށަހެޅި އެއްވެސް ހުށަހެޅުމެއް ޝަރީއަތަށް ބަލައިގެންފައެއް ނުވެ އެވެ.

ދައުލަތުން ހުށަހެޅި ޝަފައީ ހެކިންގެ ހެކިބަސް ނަގަން ފެށީ މި އަހަރުގެ ޖޫން މަހު އެވެ. ފުރަތަމަ އޮތީ މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންނާއި، ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ހަބީރުންގެ ގޮތުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.

އޭގެ ފަހުން، ރައީސް ޔާމީންގެ ކުރީގެ ގާތް އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ހެކިބަސް ނެގި އެވެ. އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިން ކަމުގައި ދައުލަތުން ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ވެސް ޝަރީއަތަށް ނެގި އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުނެވެ. އެ ހެކިން ހުށަހެޅީ، ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެކެވެ.

ޔާމީންގެ ފަރާތުން ހެކިބަސް ދިން މީހުންގެ ތެރޭގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް، އަދި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ހިމެނެ އެވެ. އެއީ ޕީޕީއެމްގައި މިހާރު ވެސް ޔާމީންގެ ވަރަށް އަރިހުން، ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅުންނެވެ.

މި ހެކިބަސް ނަފީކުރަން ދައުލަތުން އާ ހެކިތަކެއް ވެސް ހުށަހެޅި އެވެ. އޭގެ ތެރޭގައި ނަރީޝް އެ ދުވަސްވަރު ސިފައިންގޭގައި އަދާކުރި ވަޒީފާގެ ހާޒިރީއާއި، އޭރުގެ ސަރުކާރުގެ ކެބިނެޓްގައި އެކުލަވާފައި އޮންނަ އިކޮނޮމިކް ޔޫތު ކައުންސިލްގެ އިތުރު ލިޔުންތަކެއް ވެސް ހިމެނެ އެވެ.

ހެކިބަސް ނެގުމުގެ މަރުހަލާ ޕްޓެމްބަރ 25 ވަަނަ ދުވަހު ނިންމާލި އެވެ. އަދި މިދިޔަ ނޮވެމްބަރު މަހު 17 ވަނަ ދުވަހު ދައުލަތުގެ ފަރާތުން ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ޔާމީންގެ ފަރާތުން ވަނީ ތިން ދުވަސްވަން ދެން ހެއްކާ ގުޅޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކައިފަ އެވެ.

އެ މައްސަލައިގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުރިހާ ހަސްމުން ވަނީ ހުލާސާ ބަޔާން ހުށަހަޅާފަ އެވެ. ހުލާސާ ބަޔާނަކީ ޝަރީއަތް ނިމުުމުން، ޝަރީއަތާ މެދު ޖުމުލަ ގޮތެއްގައި ކޮންމެ ހަސްމަކު ދެކޭ ގޮތް ހުލާސާކޮށް ބަޔާންކޮށްދިނުމެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމިއިރު، އެމަނިކުފާނުގެ ޕީޕީއެމް އިން ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނޭ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ އިންތިހާބުގެ ޓިކެޓް ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މިހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭކަމަށް ގާނޫނު އަސާސީގައި އޮންނާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox