ހުލާސާކޮށް އިއްޔެ: ޔާމީންގެ ތުހުމަތުތަކެއް ފުލުހުންނާއި ސަރުކާރަށް

ހުލާސާކޮށް އިއްޔެ: ޔާމީންގެ ތުހުމަތުތަކެއް ފުލުހުންނާއި ސަރުކާރަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ މަރުފަލި ޖަހާ ސަރުކާރެއްް ކަމަށާއި، ވެރިކަން ހޯދަން މަރުގެ ކާޑު ކުޅެމުންދާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރެއްވީ އިއްޔެ އެވެ.

އިއްޔެ ރޭ ކާނިވާ ސަރަހައްދުގައި "ފެލާލައިފި" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ފުލުހުންނާއި، ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން ފުލުހުންނަކީ "ގަމާރު، ބީތާ" ބައެއްގެ ގޮތުގައި ސިފަ ކުރައްވާފައި ވެއެވެ.

ބަލަ ރިލްވާން އެކަނިތަ މަރުވެގެން މިއުޅެނީ؟

މި ސަރުކާރުން މަރުގެ ކާޑު ކުޅޭ ކަމަށް ތުހުމަތު ކުރައްވާ ޔާމީން ވިދާޅުވީ، އިންތިހާބާ ދިމާކޮށް ސަރުކާރުން، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އަދި މަރުވީ ހަމައެކަނި ރިލްވާންތޯ ސުވާލުކުރައްވަމުން ޔާމީން ވިދާޅުވީ ޕީޕީއެމް ވެރިކަމެއްގައި ވީގޮތެއް ނޭނގި، މަރުވާ ކޮންމެ މީހެއްގެ މައްސަލަ ބަލާނެ ކަމަށެވެ.

ރިލްވާންގެ މައްސަލައަކީ ފުލުހުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ރިލްވާން ގެއްލުނު ދުވަހު އޭނާ އަރުވައިގެން ގެންދިޔަ ކާރު ދުއްވަން އިނީ ކާކުކަން ފުލުހުންނަށް ނޭނގޭތޯ ސުވާލުކޮށްފަ ކަމަށެވެ. އަދި ފުލުހުންނަކީ 'ގަމާރު ބީތާއިން'ތޯ ސުވާލުކުރައްވަމުން ޔާމީން ވިދާޅުވީ ރިލްވާން ގެއްލުވާލާ މަރާލުމުގައި ބައިވެރިވި މީހުން ރާއްޖެއިން ފުރައިގެން ދިއުމުގައި އެހީތެރިވީ ކޮންބައެއްތޯ އައްސަވާފައި ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިމަހު 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ޔާމީނަށް ތުހުމަތުތަކެއް ކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ ރިލްވާން މައްސަލާގައި ތުހުމަތު ކުރެވޭ ތ. އޮމަދޫ، ނަރުގިސްވިލާ މުހައްމަދު މުނާޒް (މަނާއްކޮ) ސީރިއާއަށް ފުރުމުގެ ކުރިން އޭރުގެ ރައީސްުލްޖުމްހޫރިއްޔާ އާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ކާރަކަށް ލައިގެން މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރި ގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައި ވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާ އެކު ކަން ވެސް މި ތަހުގީގަށް އެނގިފައިވޭ، މި މައުލޫމާތު ކޮމިޝަނާ ހިއްސާ ކުރި ފަރާތަކީ މުނާޒުއާ ވަރަށް ގާތް އަދި މުނާޒް ސީރިއާގައި ހުރެގެން އެމީހުންނާ ބައިވެރިވެ ހަނގުރާމަ ކުރުމަށް ސީރިއާއަށް ދާން ރެކްރޫޓު ފަރާތެއް ކަން ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޔާމީނު ވަނީ މިސްބާހުގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ވެސް ނިންމާފަ އެވެ. އެގޮތުން، އެމަނިކުފާނަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށްވާއިރު މިސްބާހު ދެއްކެވި ވާހަކަތަކަކީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލްކުރުމަށް ދެއްކެވި ވާހަކަތަކެއް ކަމަށް ޔާމީންގެ ވަކީލުން ބުނެފައި ވެއެވެ.

ބައެއް މުހިންމު ހަބަރުތައް

  • ގެއްލިވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ބެއްލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ދާދިފަހުން އާންމުކުރި، ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މަރާ ގުޅޭ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ބުނިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މަސްވެރިންގެ ޝަކުވަތަކަށް އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
  • ރައްޔިތުން ވަނީ މި ސަރުކާރު ބަލައިގެންފައި ކަމަށާއި އެހެންވެ, ރާއްޖޭގެ ތަރައްގީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ސަރުކާރާ އެކު ރައްޔިތުން ތިބުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ދުވަހުގެ ފޮޓޯ

ޕީޕީއެމްއިން އިއްޔެ ރޭ ކާނިވާ ސަރަހައްދުގައި "ފެލާލައިފި" ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ފުލުހުންނާއި، ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޕީޕީއެމްއިން އިއްޔެ ރޭ ކާނިވާ ސަރަހައްދުގައި "ފެލާލައިފި" ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ފުލުހުންނާއި، ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕީޕީއެމްއިން އިއްޔެ ރޭ ކާނިވާ ސަރަހައްދުގައި "ފެލާލައިފި" ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ފުލުހުންނާއި، ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox