ހިނގަމުންދާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުމަށް ފަހު މިއަދު ރިޕޯޓު ފޮތް ދީ، ދަރިވަރުންނާއި ޓީޗަރުންގެ ޗުއްޓީ ފެށިއްޖެ އެވެ.
ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ދެ ހަފުތާގެ ޗުއްޓީއަށް ފަހު ދެ ވަނަ ޓާމުގެ ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު އެވެ.
ކޮވިޑް-19އާ ގުޅިގެން ސްކޫލްތަކުގެ ދިރާސީ އަހަރަށް ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މީގެ ކުރިން މި ދުވަސްވަރަކީ ދިރާސީ އަހަރު ނިމި ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރެވެ. މިހާރު ބޮޑު ޗުއްޓީ އަންނަނީ އަހަރުގެ މެދުތެރެއިން ޖޫން މަހުގެ ފަހު ކޮޅުން ފެށިގެންނެވެ.
މި ދިރާސީ އަހަރު ނިމޭނީ އަންނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. އާ ދިރާސީ އަހަރު ފެށޭނީ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހު އެވެ.












