ސްޓެލްކޯގެ ބޮޑު އަމާޒު: މާލެ އަތޮޅު ފަޅަކާއި ހަތް ރަށެއްގައި ފެހި ހަކަތައިގެ ބިޔަ މަޝްރޫއެއް!

ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ޖަލްސާގައި އަލިމަސް ޔޫބިލްގެ ލޯގޯ ނައިބު ރައީސް އިފުތިތާހުކޮށް ދެއްވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ޖަލްސާގައި އަލިމަސް ޔޫބިލްގެ ލޯގޯ ނައިބު ރައީސް އިފުތިތާހުކޮށް ދެއްވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެންމެ އަށް ކިލޯވޮޓްގެ ކުޑަކުޑަ ޖަނަރޭޓަރު ސެޓަކުން މާލެއަށް ކަރަންޓު ދޭން ފެށިއިރު، އެ އަލިކަން ވެގެން ދިޔައީ އަޖައިބަކަށެވެ. މީގެ 73 އަހަރު ކުރިން، ޑިސެމްބަރު 20، 1949 ގައި ފެށި މި ހިދުމަތް ބިޔަވެ 125 މެގަވޮޓްގެ ކަރަންޓު އުފައްދުމުގެ ގާބިލްކަން މިހާރު ސްޓެލްކޯގައި އެބަ ހުއްޓެވެ. ކަރަންޓް ދޭން ފެށުމުގެ އަލިމަސް ޔޫބިލް ކުރިއަށް އޮތްއިރު ދެން އޮތް އަމާޒު މާބޮޑެވެ.

އެއީ މާލެ އަތޮޅުގެ ފަޅެއްގައި އަދި ހަތް ރަށެއްގައި ފެހި ހަކަތަ ނުވަތަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއެއް ފެށުމެވެ.

ސްޓެލްކޯގެ އަހަރީ ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ޖަލްސާގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ މާލެ އަތޮޅުގެ ހަތަރު ރަށަކާއި މާލޭން ދެކުނުގެ ތިން ރަށަކާއި އެ ރަށްތަކުގެ ކައިރީގައިވާ ރިސޯޓުތަކަށް ބޭނުންވާ މިންވަރަށް ފެހި ހަކަތަ އުފެއްދުމުގެ ގާބިލްކަން އެ ކުންފުނީގައި 2024 ގެ ނިޔަލަށް ގާއިމުކުރަން މަސައްކަތްކުރާ ކަމަށެވެ.

"އެ އިންތިޒާމުތައް ރާވަމުން ދިރާސާ ކުރަމުން މިދަނީ،" ޝަރީފު ވިދާޅުވި އެވެ.

ސްޓެލްކޯގެ ތާރީހުގައި ވެސް އެންމެ ބޮޑު މަޝްރޫއުއަކަށް ވެގެންދާނީ، މިހާރުގެ މެނޭޖުމެންޓުން ރާވަމުން އަންނަ، 150 މެގަވޮޓްގެ ފެހި ހަކަތައިގެ މަޝްރޫއު އެވެ. މާލެ އަތޮޅުގެ ފަޅެއްގައި ހިންގާ އެ މަޝްރޫއު މިހާރު އޮތީ ރޭވުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެ އާ މަޝްރޫއުތަކާއެކު ސްޓެލްކޯގެ އަމާޒަކީ 2025 ގެ ނިޔަލަށް މާލޭ ސަރަހައްދުގެ ހަކަތައިގެ 30 ނުވަތަ 40 ޕަސެންޓް ފެހި ހަކަތައަށް ބަދަލުކުރުމެވެ.

ކުނިން ކަރަންޓު އުފެއްދުމަށް ތިލަފުށީގައި މަސައްކަތް ފަށާފައި ވާއިރު، ސަރުކާރުގެ އެ މަޝްރޫއުން އުފައްދާ ކަރަންޓުން 10 މެގަވޮޓްގެ ހަކަތަ ގަތުމަށްޓަކައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މި ސަރުކާރުގެ އަމާޒަކީ ޖައްވަށް ކާބަން ބޭރުކުރާ މިންވަރާ އެއްވަރަށް އެ ގޭސްތައް ސާފު ވާނެ ގޮތްތައް 2030 ގެ ނިޔަލަށް ގާއިމުކުރުމެވެ. އެކަމަށްޓަކައި ތެލުން ހަކަތަ އުފެއްދުމުގެ ބަދަލުގައި އިޔާދަކުރަނިވި ހަކަތައް އުފެއްދުމުގެ ގިނަ މަޝްރޫއުތަކެއް ވަނީ ފަށައިފަ އެވެ.

ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 75 އަހަރު ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ރޭ ވަނީ އަލިމަސް ޔޫބިލްގެ ލޯގާ އާންމުކޮށްފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 75 އަހަރު ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ރޭ ވަނީ އަލިމަސް ޔޫބިލްގެ ލޯގާ އާންމުކޮށްފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 75 އަހަރު ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ރޭ ވަނީ އަލިމަސް ޔޫބިލްގެ ލޯގާ އާންމުކޮށްފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހުނަރުވެރި އާ ޖީލެއް އުފެއްދުން

ހަކަތައިގެ ދާއިރާއިން މީހުން ބިނާކުރަން ސްޓެލްކޯއިން އަބަދުވެސް މަސައްކަތްކުރެ އެވެ. ދިވެހިން ތަމްރީނުކުރުމަށާއި މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކޮންމެ އަހަރު ހަތް މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ސްޓެލްކޯގެ އަމާޒު ‘ފެހި ހަކަތަ’ އަށް ބަދަލު ކުރާއިރު، އެ ޓެކްނޮލޮޖީއަށް އަހުލުވެރި ހުނަރުވެރިން ބޭނުންވާނެ އެވެ. އެހެންވެ ބިދޭސީން އެތެރެކުރުމުގެ ބަދަލުގައި ބޭނުންވަނީ އާ ޖީލަކަށް ވެސް ތަމްރީނުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެ އަމާޒު ހާސިލުކުރުމަށްޓަކައި މަތީ ސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން އަންހެން ދަރިވަރަކާއި ފިރިހެން ދަރިވަރަކަށް، ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމު ދިނުމަށް އަންނަ އަހަރު ފޮނުވަން މަޝްވަރާކުރަމުންދާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މީގެ އިތުރުން އަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް އަމާޒުކޮށްގެން ހަކަތައިގެ ސައިންސް ފެއާއެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ އިންޖީނުގެގޭގެ އެތެރެ.
މާލޭގެ އިންޖީނުގެގޭގެ އެތެރެ.

މާލޭގެ އިންޖީނުގެގޭގެ އެތެރެ.

ރަށު ތަރައްގީގައި ބައިވެރިވުން އިތުރުކުރުން

ސްޓެލްކޯގެ އިޖުތިމާއި ޒިންމާގެ ގޮތުގައި ކޮންމެ އަހަރަކު ފަސް މިލިއަން އާއި ހަ މިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ހޭދަކުރެ އެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރު 20 މިލިއަން ރުފިޔާ ހަރަދުކުރެވުނު ކަމަށް ޝަރީފު ވިދާޅުވި އެވެ.

"މިއީ ސްޓެލްކޯގެ ފަރާތުން ރައްޔިތުން ސްޓެލްކޯއަށް ކަރަންޓުގެ އަގުގެ ގޮތުގައި ދައްކާ ފައިސާއިން އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ސްޓެލްކޯއިން ހިލޭ ކޮށްދޭ ހަރަދުތަކެއް،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށް ތަރައްގީކުރުމުގައި އަދި އިޖުތިމާއީ ކަންކަން ކުރިއެރުވުމުގައި ސްޓެލްކޯއަކީ ބައިވެރިއެއްކަން ފާހަގަ ކުރަމުން ޝަރީފު ވިދާޅުވީ 2023 އިން ފެށިގެން އެ ކުންފުނިން ސަރުކާރުގެ ތަރައްގީގެ މަޝްރޫއު ހިންގުމުގައި އަދި ކައުންސިލްތަކުން ރަށްރަށް ތަރައްގީކުރުމުގައި ހިންގާ ކަންކަމުގައި މިހާރަށް ވުރެ ބޮޑަށް ބައިވެރިވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox