ހުލާސާކޮށް އިއްޔެ: ވިޔަފާރިވެރިޔާގެ ކުއްލި މަރު

Dec 17, 2022, 2:18 AM
ކްސިޑެންޓުގައި ނިޔާވި ފުވައްމުލަކު ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ ނުވަތަ އޭނާ މަޝްހޫރުވެފައިވާ ނަމުން ނަމަ ޖަމްބޯ މޫސާ.

ކްސިޑެންޓުގައި ނިޔާވި ފުވައްމުލަކު ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ ނުވަތަ އޭނާ މަޝްހޫރުވެފައިވާ ނަމުން ނަމަ ޖަމްބޯ މޫސާ.

ހުޅުމާލެއަށް ދާ ބްރިޖުގެ ޓްރެފިކް ލައިޓު ކައިރީގައި އިއްޔެ މެންދުރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ ފުވައްމުލަކު ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ ނުވަތަ އޭނާ މަޝްހޫރުވެފައިވާ ނަމުން ނަމަ ޖަމްބޯ މޫސާ އެވެ.

އުމުރުން 54 އަހަރުގެ އިސްމާއީލް އަކީ ޖަމްބޯ ފޯވަޑިންގެ ނަމުގައި ތައިލޭންޑާއި ބައެއް އެހެން ގައުމުތަކުން ރާއްޖެއަށް މުދާ ގެނެސްދޭ ކުންފުންޏެއް ހިންގި މީހެކެވެ. ތައިލެންޑްގެ މީހަކާ ކައިވެނިކޮށް ދަރިން ވެސް ލިބިފައިވާ އިސްމާއީލް ދިރިއުޅެނީ އެ ގައުމުގަ އެވެ. ތައިލެންޑުގައި އޭނާ ފިހާރައެއް ވެސް ހިންގަ އެވެ.

"އިއްސެ ރާއްޖެ އައީ ވިއްސަކަށް އަހަރު ދުވަހު ތައިލެންޑުގައި ހުރުމަށް ފަހު ދާދި ފަހުން. ރާއްޖެއަށް ވަރަށް ގިނަ މުދާ އޭނަ ފޮނުވަމުންދާނެ. ވިޔަފާރިވެރިންނާ ވަރަށް ގާތް ހިތްހެޔޮ މީހެއް އެއީ. އިއްޔެ [ބުރާސްފަތި ދުވަސް] ވެސް އަހަރެންނާ އޭނާ ބައްދަލުވެ ސައިބޮއެ ހެދިން،" އިސްމާއިލްގެ ގާތް އެކުވެރިޔަކު ބުންޏެވެ.

އިސްމާއީލް ދުއްވަން އިން ސައިކަލާއި ކާރެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި އޭނާގެ އޭނާ އަޅައިގެން ހުރި ހެލްމެޓު ބައެއް ބުރައިގެން ގޮސްފައިވާއިރު، ބޮލުން ފޭބި ލޭތައް މަގުމައްޗަށް އެޅިފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދަރުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އާންމުންގެ އެހީތެރިކަމާއެކު އިސްމާއީލް ހޮސްޕިޓަލަށް ގެންދަނީ އެ ސަރަހައްދުގައި މަޑުކުރި ކާރަކަށް އަރުވައިގެންނެވެ.

އޭނާ ނިޔާވީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މުހިންމު ބައެއް ހަބަރު

  • ތިލަމާލޭ ބްރިޖު އެޅުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅީފަޅުގައި ހަދާފައިވާ އެކަމޮޑޭޝަން ބްލޮކްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތް އެކޮށް އަނދައި ހުލުވެ، 70 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށް އެމްއެންޑީއެފުން ބުނީ އިއްޔެ އެވެ.
  • ގިރާވަރު ފަޅު ހިއްކައިގެން ތަރައްގީ ކުރާ މީހުން ދިރިއުޅޭ ސިޓީއަށް ހަރަދު ކުރާ ފަރާތްތަކަށް ވެސް ކްރޮސްސަބްސިޑީގެ އުސޫލުގެ ދަށުން ބިން، ރަށް ނުވަތަ ފަޅު ދެވޭނެ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި ކަމަށް ރިޕޯޓްކުރީ އިއްޔެ އެވެ.
  • މެމްބަރުން ހަމަނުވެގެން ދިވެހި ރައްޔިތުންގެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ ކޯޓަށް ދިޔުމަށް ނިންމާފައިވާ ކަމަށާއި ޖޭޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ޕާޓީން ބުނިކަމަށް ރިޕޯޓުކުރީ އިއްޔެ އެވެ.
  • ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ މައްސަލައިގައި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރި މަސައްކަތް ބަލައިގަންނަ ކަމަށް އާއިލާއިން ބުނީ އިއްޔެ އެވެ.
  • މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ދުވަހުގެ ކޮޓޭޝަން

ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ މައްސަލައިގައި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރި މަސައްކަތް ބަލައިގަންނަ ކަމަށް ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒު ބުންޏެވެ.

ކޮމިޝަނުން މަސައްކަތްތަކއެއް ކުރާކަން ފާހަގަ ކުރެވޭ. ތިން މީހަކު ހައްޔަރުފިތާ މިހާރު ވެސް އެ މައްސަލައިގައި. އެއީ ވަރަށް ބިޮޑު ހިތްހަމަޖެހުމެއް. ދެން ވެސް ހައްޔަރު ކުރަމުން ގެންދާނެ ކަމަށް އިއްޔެ ކޮމިޝަނުން ބުނި. އެކަން ވެސް ފާހަގަ ކުރަން އަޅުގަނޑުމެން،"

ދުވަހުގެ ފޮޓޯ

ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ރޭ ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް ޓީރެކްސް ބާސްކެޓްބޯލް
ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ރޭ ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް ޓީރެކްސް ބާސްކެޓްބޯލް

ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި އިއްޔެ ރޭ ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް އާއި ޓީރެކްސް ބާސްކެޓްބޯލް ބައްދަލުކުރި މެޗްގެ ތެރެއިން. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީރެކްސް ބާސްކެޓްބޯލް އިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox