ޝާހީ އާއިލާއާ ދުރަށް ޖެހެން އުޅުމުން ވިލިއަމް ކޯފާވެވަޑައިގެންނެވި: ހެރީ

އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިނގިރޭސި ވިލާތުގެ އަމީރު ހެރީ އާއި އަނބިކަނބަލުން މޭގަންގެ މުސްތަގުބަލާ މެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ބޭބޭފުޅު އަދި ވަލީ އަހުދު އަމީރު ވިލިއަމް ކޯފާވެވަޑައިގެން ހަޅޭއްލެއްވެވި ކަމަށް ހެރީ ތުހުމަތު ކުރައްވައިފި އެވެ.

ނެޓްފްލިކްސްގައި ޕްރިމިއާ ކުރި ސީރީޒް "ހެރީ އެންޑް މޭގަން"ގެ އެޕިސޯޑެއްގައި ހެރީ ވިދާޅުވީ ޝާހީ އާއިލާއާ ދުރަށް ޖެހުމަށް ނިންމެވީ އެމަނިކުފާނު ކަމަށާއި އެއީ މޭގަންގެ ނިންމެވުމެއް ނޫން ކަމަށެވެ.

ހެރީ އާއި މޭގަންގެ މުސްތަގްބަލާ ގުޅޭ އާއިލީ ބައްދަލުވުން އޮތީ 2020 ވަނަ އަހަރު ސާންޑްރިގްހަމްގަ އެވެ. ހެރީ ވިދާޅުވީ ފުރަތަމަ ހުށަހެޅުއްވީ ކޮންމެވެސް ވަރަކަށް ޝާހީ ކަންކަމުގައި އުޅުމަށް ކަމަށެވެ. އެހެން ނަމަވެސް ޝާހީ އާއިލާއިން އެ ހުށަހެޅުން ގަބޫލެއް ނުކުރި އެވެ.

ހެރީ ވިދާޅުވީ ބައްޕާފުޅު އަދި މިހާރުގެ ރަސްގެފާނު ޗާލްސް އެ ބައްދަލުވުމުގައި ދެއްކެވީ "ހަގީގަތެއް ނެތް ވާހަކަތަކެއް" ކަމަށެވެ. އޭރު މާމާފުޅު އަދި ދާދި ފަހުން އަވަހާރަވި ރާނީ އެލިޒަބަތު މަންޒަރު ބަލަން އިންނެވި ކަމަށް ވިދާޅުވި އެވެ.

ހެރީގެ ތުހުމަތުތަކާ ގުޅޭ ގޮތުން ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން ވަކި އެއްޗެއް ނުބުނެ އެވެ.

ޑޮކިޔުސީރީޒްގެ އެންމެ ފަހު އެޕިސޯޑުގައި ހެރީ އާއި މޭގަން ގެނެސްދެއްވީ ޝާހީ އާއިލާއާ ދުރަށް ޖެހުމަށް ނިންމެވި ސަބަބުތަކެވެ. އެގޮތުން ޝާހީ އާއިލާގެ އެއްބާރުލުން ނުލިބުމާއި މޭގަންއާ ގުޅޭ ގޮތުން އިނގިރޭސި މީޑިއާއިން ދޮގު ހަބަރު ފެތުރި ކަމަށް ފާހަގަކުރެއްވި އެވެ.

ހަ އެޕިސޯޑް ހިމެނޭ "ހެރީ އެންޑް މޭގަން" ސީރީޒްގެ ފަހުން ތިން ބައި ނެރުނީ ބުރާސްފަތި ދުވަހު އެވެ. އެ ސީރީޒްގެ މަންޒަރުތައް ޝޫޓުކުރީ މިދިޔަ ސެޕްޓެމްބަރު މަހު ރާނީ އެލިޒަބަތު އަވަހާރަވުމުގެ ކުރިންނެވެ. ހެރީ ލިޔުއްވި ފޮތް "ސްޕެއާ" ނެރުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox