ފެއިލްކޮށްލި ބޮޑު ހަމަލާގެ ތަހުގީގަށް ބޭރުގެ އެހީ ލިބޭ: ސީޕީ

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ހަމީދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: އާއިމް ޒަމީރު/އަދަދު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ހަމީދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: އާއިމް ޒަމީރު/އަދަދު

މިދިޔަ މަހުގެ 11 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ގުޅިގެން ފެށި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ފެއިލްކޮށްލި ހަމަލާގެ ތަހުގީގަށް ބޭރުގެ ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މި އޮޕަރޭޝަނާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ހަމީދު ވިދާޅުވީ ތަހުގީގު ކުރެވެމުންދާ މިންވަރަކުން މައްސަލައިގެ ތަފުސީލުތައް ފުލުހުން ހާމަ ކުރާނެ ކަމަށެވެ.

އަދި މިއީ މިހާތަނަށް ރާއްޖޭގައި ދޭން އުޅުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާކަންވެސް ހަމީދު ފާހަގަ ކުރެއްވި އެވެ.

"[މި އޮޕަރޭޝަނަކީ] ބަޔަކު މީހުން ހަމަލާއެއް ދޭން ރާވަމުން ދިޔަ ކަން އެނގިގެން އެކަން ހުއްޓުވަން އެޅި ފިޔަވަޅެއް،" ހަމީދު ވިދާޅުވި އެވެ.

އޭނާ މީގެ ކުރިން ނޫސްވެރިންނަށް ވިދާޅުވެފައިވަނީ މި ހަމަލާ ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ފުރަތަމަ ލިބުނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.

މި ހަމަލާ ހުއްޓުވަން، އައްޑޫ، މާލެ އަދި ކ. ގުރައިދޫއިން 14 މީހަކު ހައްޔަރުކުރި މި އޮޕަރޭޝަނުގައި ސަލާމަތީ ބާރުތަކުން ވަނީ އެމީހުން ބޭނުންކުރަމުން ގެންދިޔަ ގިނަ އަދަދެއްގެ ތަކެތި ވެސް އަތުލައިގަނެފަ އެވެ.

މީގެ ތެރޭގައި ގޮވާތަކެތި ހެދުމަށް ބޭނުންކުރާ ކެމިކަލްތަކެއް ފެނިފައިވާ ކަަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ހަމީދު ވިދާޅުވި ގޮތުގައި މިހާރު އެ ތަކެތީގެ ފޮރެންސިކް ތަހުލީލުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އާންމުކޮށް ތަހުގީގުތަކަށް އެހީތެރިވާ ބޭރު ގައުމުތަކުގެ ޓީމުތަކުން ރާއްޖެ އައިސް ތަހުގީގު ޓީމަށް އެހީތެރިވަމުން ދަނީ،" ހަމީދު ވިދާޅުވި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެންމެން މިހާރު ތިބީ ކޯޓުން ބަންދުގެ މުއްދަތު ޖަހާފަ އެވެ. އޭގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox