އަމީރު ވިލިއަމް ހިމާޔަތް ކުރަން ޝާހީ އާއިލާއިން ދޮގުހެދި ކަމަށް ތުހުމަތުކޮށްފި

އަމީރު ހެރީ އަދި އަނބިކަނބަލުން މޭގަން.

އަމީރު ހެރީ އަދި އަނބިކަނބަލުން މޭގަން.

ލަންޑަން، އިނގިރޭސިވިލާތް (ޑިސެމްބަަރު 12) - އިނގިރޭސިވިލާތުގެ ވަލީ އަހުދު އަމީރު ވިލިއަމް ހިމާޔަތް ކުރަން ޝާހީ އާއިލާއިން ދޮގުހެދި ކަމަށް އަމީރު ހެރީ ތުހުމަތު ކުރައްވައިފި އެވެ.

ހެރީ އާއި އަނބިކަނބަލުން މޭގަން އުފެއްދެވި ޑޮކިޔުސީރީޒް ނެޓްފްލިކްސްގައި ދައްކަން ފަށާފައިވާ އިރު، މި ހަފުތާގައި އޭގެ ބާކީ ހުރި އެޕިސޯޑުތައް ނެރޭނެ އެވެ.

މިދިޔަ ހަފުތާގައި ނެރުނު ތިން އެޕިސޯޑުގައި ގިނައިން ފެނުނީ އިނގިރޭސި މީޑިއާއިން ހެރީ އާއި މޭގަންއާ މެދު އަމަލު ކުރި ގޮތާއި އޭގެ ސަބަބުން އެ މީހުންގެ ގުޅުމަށް ކުރި އަސަރުގެ ވާހަކަތަކެވެ.

މި ޑޮކިޔުމެންޓްރީއާ ގުޅިގެން ޝާހީ އާއިލާއަށް ވަނީ ޕްރެޝަރާ ކުރިމަތިވެފަ އެވެ. މިދިޔަ އަހަރު ހެރީ އާއި މޭގަން އޯޕްރާ ވިންފްރީއަށް ދެއްވި އިންޓަވިއުގައި ވެސް އާއިލާއަށް ގިނަ ތުހުމަތުތަކެއް ކުރެއްވި އެވެ.

އެކަމަކު ފުރަތަމަ އެޕިސޯޑުތަކުގައި ޝާހީ އާއިލާއާ ގުޅޭ ތުހުމަތުތަކެއް ފެންމަތިނުވެ އެވެ. އެހެން ނަމަވެސް ބާކީ ހުރި އެޕިސޯޑްތަކާ ގުޅޭ ޓްރެއިލާ އާއްމު ކުރުމާ އެކު މަންޒަރު ބަދަލުވާން އުޅޭ ކަމަށް ބެލެވެ އެވެ.

"ޝާހީ އާއިލާއިން އޮތީ އަޅުގަނޑުގެ ބޭބެ ހިމާޔަތް ކުރަން ދޮގުހަދަން ތައްޔާރަށް. އެކަމަކު އަޅުގަނޑުމެން ހިމާޔަތް ކުރަން ތެދު ހާމަކުރާކަށް ތައްޔާރެއް ނޫން،" ޓްރެއިލާގައި ހެރީ ވިދާޅުވި އެވެ.

"އަޅުގަނޑު އެއްލާލީ ވަލު ހިޔަޅުތަކާ ދިމާލަށް. އެ މީހުން އަޅުގަނޑު ކާން ދިނީ އެ ހިޔަޅުތަކަށް،" މޭގަން ވިދާޅުވި އެވެ.

ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން ބުނީ ޑޮކިޔުސީރީޒްއާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނާނެ ކަމަށެވެ. ނެޓްފްލިކްސުން ބުނީ ތުހުމަތުތަކަށް ރައްދު ދޭން ފުރުސަތު ދިނުމުން، ޝާހީ އާއިލާއިން ވާހަކަދައްކަން ބޭނުން ނުވި ކަމަށެވެ.

އެހެން ނަމަވެސް ޝާހީ އާއިލާއާ ގުޅުން ހުރި މަސްދަރަކުން ބުނީ ޝާހީ ގަނޑުވަރު އަދި އަމީރު ވިލިއަމްގެ މަންދޫބުންނާ ވެސް ގުޅާފައި ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox