އޭޝިއަން ލެވަލްގައި ރާއްޖޭގެ ހޭންޑްބޯޅަ ރެފްރީންނަށް ބޮޑު ފުރުސަތެއް

Dec 10, 2022, 8:13 AM
އޭޝިއަން ބީޗް ހޭންޑްބޯޅަ ރެފްރީ ބެޖު ހާސިލްކުރި ރާއްޖޭގެ ދެ ރެފްރީންކަމަށްވާ އަބްދުﷲ ސަމީހު (ކ) އާއި އަބޫބަކުރު އަލީ (ވ)

އޭޝިއަން ބީޗް ހޭންޑްބޯޅަ ރެފްރީ ބެޖު ހާސިލްކުރި ރާއްޖޭގެ ދެ ރެފްރީންކަމަށްވާ އަބްދުﷲ ސަމީހު (ކ) އާއި އަބޫބަކުރު އަލީ (ވ)

އޭޝިއަން ބީޗް ހޭންޑްބޯޅަ ރެފްރީސްގެ މުހިންމު ކޯހެއްގައި ބައިވެރިވެ، ރަނގަޅު ލެވަލެއްގެ ތަމްރީންތަކެއް ރާއްޖޭގެ ދެ ރެފްރީން ކަމަށްވާ އަބްދުﷲ ސަމީހު އާއި އަބޫބަކުރު އަލީ ހާސިލްކޮށްފި އެވެ.

ސަމީހު އާއި އަބޫބަކުރު އޭޝިއާގެ ސަރަހައްދުގެ ބީޗް ހޭންޑްބޯޅަ ރެފްރީގެ މި ކޯހުން މުހިންމު ކަންތައްތަކެއް ހާސިލްކުރިއެވެ. މިދިޔަ މަހުގެ 15-19 ތައިލެންޑުގެ ވެރިރަށް ބެންގްކޮކްގައި ކުރިއަށް ދިޔަ ކޮންޓިނެންޓަލް ބީޗް ހޭންޑް ބޯލް ރެފްރީ ކޯހުގައި ބައިވެރިވެ، ސަމީހު އާއި އަބޫބަކުރަށް ކެރިއަރުގައި ކުރިއަށްދާން އިތުރު ފުރުސަތު ފަހިވާނެ އެވެ.

އޭޝިއަން ހޭންޑްބޯޅަ ފެޑަރޭޝަން (އޭއެޗްއެފް) އިން ކުރިއަށްގެންދިޔަ މި ކޯހުގައި ރާއްޖޭގެ އިތުރުން އިރާން، ސައުދީ އަރަބިއްޔާ، ކޮރެއާ، ސިންގަޕޫރު، ތައިލެންޑް، ކުވެއިތު، ބަހްރެއިންގެ އިތުރުން ފިލިޕީންސްގެ ރެފްރީންވެސް ބައިވެރިވި އެވެ.

އަބްދުﷲ ސަމީހު އާއި އަބޫބަކުރު އަލީ އަށް ކޮންޓިނެންޓަލް ބީޗް ހޭންޑް ބޯލް ރެފްރީ ކޯހުން ފުރުސަތު ދިނީ ހޭންޑްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.

ސަމީހު އަކީ މި ވަގުތު ރާއްޖޭގައި ތިބި ރެފްރީންތަކުގެ ތެރެއިން އެންމެ ސީނިއާ އަދި އެންމެ ތަޖުރިބާކާރު އެއް ރެފްރީ އެވެ. ހދ. ކުޅުދުއްފުށީގެ އަބޫބަކުރު އަލީ އަކީ މިވަގުތު އަތޮޅުތަކުގައި ތިބި ރެފްރީންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ރެފްރީ އެވެ.

ތިއަރީ އާއި ޕްރެކްޓިކަލް ބައިވެސް ހިމެނޭ ގޮތަށް ކުރިއަށްދިޔަ ކޯހުގައި ހަތަރު ޓެސްޓެއް ސާމިހު އާއި އަބޫބަކުރު ވަނީ ފުރިހަމަކޮށްފަ އެވެ. އެއީ ރޫލް ޓެސްޓާއި، އޯޕަން ރޫލް ބުކް ޓެސްޓާއި، ފިޓްނަސް ޓެސްޓުގެ އިތުރުން ވީޑިއޯ ޓެސްޓެކެވެ.

ރާއްޖޭގެ ދެ ރެފްރީންކަމަށްވާ ސަމީހު އަދި އަބޫބަކުރު، ކޮންޓިނެންޓަލް ބީޗް ހޭންޑް ބޯލް ރެފްރީ ކޯހުގެ ބައިވެރިންނާއިއެކު
ރާއްޖޭގެ ދެ ރެފްރީންކަމަށްވާ ސަމީހު އަދި އަބޫބަކުރު، ކޮންޓިނެންޓަލް ބީޗް ހޭންޑް ބޯލް ރެފްރީ ކޯހުގެ ބައިވެރިންނާއިއެކު

ރާއްޖޭގެ ދެ ރެފްރީންކަމަށްވާ ސަމީހު އަދި އަބޫބަކުރު، ކޮންޓިނެންޓަލް ބީޗް ހޭންޑް ބޯލް ރެފްރީ ކޯހުގެ ބައިވެރިންނާއިއެކު

މި ލިބުނު ފުރުސަތާ އެކު އޭޝިއާ ސަރަހައްދުގައި ބާއްވާ ބީޗް ހޭންޑްބޯޅަ މުބާރާތްތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު މި ދެ ރެފްރީންނަށް ލިބޭނެ އެވެ. އަދި ރާއްޖޭގައި ބީޗް ރެފްރީން ތަމްރީންކުރުމަށް އޭއެޗްއެފް އެޕްރޫވްޑް ލައިސެންސެއް ވެސް ސާމިހު އާއި އަބޫބަކުރު އަލީ އަށް ލިބޭނެ އެވެ.

އޭއެޗްއެފްގެ ބީޗް ހޭންޑްބޯޅަ ރެފްރީ ކޯހުގައި ދެން، ސާމިހު އާއި އަބޫބަކުރުގެ ފިޒިކަލް އަދި ތިއަރީ އިވެލުއޭޝަންތަކެއް އޭއެޗްއެފްއިން ކުރިއަށް އޮތް ހަތަރު އަހަރު ހަދާނެ އެވެ. އޭގެ ފަހުން ދުނިޔޭގެ ބީޗް ހޭންޑްބޯޅަ ރެފްރީގެ އެކި ލެވެލްތައް ފުރިހަމަކުރުމުގެ ފުރުސަތު މި ދެ ބައިވެރިންނަށް ލިބޭނެ އެވެ.

ހޭންޑްބޯޅަ އަކީ މި ވަގުތު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެ ކުޅިވަރެވެ. އެ ގޮތުން އަތޮޅުތަކުގައި ވެސް އެކި ފެންވަރުގައި ހޭންޑްބޯޅަ މުބާރާތްތައް ބާއްވަމުން އަންނައިރު، މާލޭގައި ސްކޫލްތަކުގެ އެކި ގްރޭޑްތަކުން ފެށިގެން ސަރުކާރު އޮފީސް ކުންފުނިތަކުން ވެސް ހޭންޑްބޯޅައިގެ ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނަކަން ފާހަގަކޮށްލަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox