ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް މާޓިން ރެއިޒާ ރާއްޖެ ވަޑައިގެންފި އެވެ.
މިއީ އެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން މާޓިން ރެއިޒާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އޭނާ ރާއްޖެ ވަޑައިގަތީ މިއަދު ހަވީރު 4:00 ޖަހާކަށް ހާއިރެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ފިނޭންސް މިނިސްޓްރީ އާއި ވޯލްޑް ބޭންކް މޯލްޑިވްސްގެ އިސް ބޭފުޅުންނެވެ.
ރާއްޖެ ވަޑައިގެން މާޓިން ރެއިޒާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގައި ހުރި ވޯލްޑް ބޭންކްގެ ކްލައިންޓުންނާއި ޕާޓްނަރުންނާ ބައްދަލު ކުރައްވައި ރާއްޖޭގެ ތަރައްގީއަށް އޮތް އިތުރު އާ ފުރުސަތުތަކެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.












