މާލޭގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ޕާކިން ޒޯން އަދި ފައްތިޔާ ފީ ބޮޑުކުރަން ސިޓީ ކައުންސިލުން ނިންމައިފި

ވިޔަފާރިތަކަށް ދޫކޮށްފައިވާ ޕާކިން ޒޯން އަދި ފައްތިޔާ ފީ ބޮޑުކުރަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ވިޔަފާރިތަކަށް ދޫކޮށްފައިވާ ޕާކިން ޒޯން އަދި ފައްތިޔާ ފީ ބޮޑުކުރަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގެ ފަޅުގައި އަޅާ އުޅަނދުފަހަރުން ނަގަމުން އަންނަ ފީ އާއި ވިޔަފާރިތަކަށް އެއްގަމު އުޅަނދުތައް ޕާކުކުރުމަށް ދޫކުރަމުން އަންނަ ޕާކިން ޒޯންތަކުން ނަގާ ފީ ބޮޑުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ވިޔަފާރިތަކަށް ދޫކޮށްފައިވާ ޕާކިން ޒޯންތަކުން ނަގާ ފީ ބޮޑުކުރުމަށް ނިންމާފައި ވަނީ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 78 ވަނަ ޖަލްސާގަ އެވެ. ޖަލްސާގައި ނިންމާފައި ވަނީ ވިޔަފާރިތަކަށް ދޫކޮށްފައިވާ ޒޯންތަކުން ނަގާ ފީ 1500 އިން 3000 ރުފިޔާއަށް އިތުރު ކުރުމަށެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕާކިން ޒޯންތައް ދޫކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ބޭންކުތައް ވެސް ހިމެނޭ ކަމަށާއި، އެހެން ކަމުން މި ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ކުންފުނިތަކުގެ ތެރޭގައި ބޭންކްތަކާއި، އެކި ކަހަކަ ކުންފުނިތައް ހިމެނޭނެ. އެހެންވީމަ އެ އަގު ބޮޑުކުރުމަކީ އަޅުގަނޑު ހިތުން ރަނގަޅު އުސޫލަކަށް ވާނެ," މޭޔަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ފައްތިޔަލުގައި އަޅާ އުޅަނދުތަކުން ނަގާ ފީތަކަށް ގެނައި ބަދަލުތައް

މިމަހުގެ އެއްވަނަ ދުވަހު ފާސްކޮށްފައިވާ މާލެ އަދި ވިލިމާލެ ފަޅުން އުޅަނދުފަހަރު އެޅުމަށް ފައްތިޔާ ދޫކުރާ އުސޫލުގައިވާ ގޮތުން އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަޅުގައި އަޅާ އުޅަނދުތަކުން ނަގާ އަގު ބޮޑުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެކި ކަންކަމާއި ގުޅިގެން ނަގަމުން އަންނަ ޖޫރިމަނާތައް ވެސް މިހާރު ހުރި އަގަށްވުރެ ބޮޑުކުރުމަށް ނިންމާފައި ވެއެވެ.

އެގޮތުން، މާލޭ ހުޅަނގު ބަނދަރު ދާއިމީ ފަޅުހުއްދަ މިހާރު ނަގަމުން އަންނަނީ އުޅަނދުގެ ދިގުމިނަށް ކޮންމެ މީޓަރަކުން އެއް ރުފިޔާ އެވެ. މި ބަދަލާ އެކު އަމިއްލަ އުޅަނދުތަކުން ކޮންމެ މީޓަރަކަށް ނެގޭ އަގު ތިން ރުފިޔާއަށް އަދި ކުންފުނިތަކުގެ އުޅަނދެއް ނަމަ އުޅަނދުގެ ދިގުމިނުން ކޮންމެ މީޓަރަކަށް ފަސް ރުފިޔާ ނަގާ ގޮތަށް ވަނީ ނިންމާފަ އެވެ.

ގްރީން ޒޯންގެ ލަގުޒަރީީ އުޅަނދުތަކުން ނަގާ ފައްތިޔާ ފީ ތިން ރުފިޔާއިން 10 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައި ވެއެވެ. ކުންފުނިތަކުގެ އުޅަނދުތަކުން ނަގާ މި އަގު 20 ރުފިޔާއަށް ވަނީ އިތުރުކޮށްފަ އެވެ.

މާލެ ދެކުނު ފަރާތު އެއްގަމުތޮށިކައިރިން ފައްތިޔާ ފީގެ ގޮތުގާ މިހާރު ނަގަމުން އަންނަނީ އުޅަނދުގެ ދިގުމިނުން ކޮންމެ މީޓަރަކަށް ތިން ރުފިޔާ އެވެ. މި ބަދަލާ އެކު އާންމު އުޅަނދުތަކުން އަށް ރުފިޔާ އަދި ކުންފުނިތަކުގެ އުޅަނދުތަކުން 10 ރުފިޔާ ނެގުުމަށް ނިންމާފައި ވެއެވެ.

މީގެ އިތުރުން އެކި ބޭނުންތަކުގައި ޖެޓީއަށް ވަންނަ އެއްގަމު އުޅަނދުފަހަރުތަކުން ޖެޓީއަށް ވަނުމަށް ނަގާ ހުއްދައިގެ ގޮތުގާ މިހާރު ނަގަމުން އަންނަ 10 ރުފިޔާ 20 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައި ވެއެވެ.

ޖޫރިމަނާއަށް ގެނައި ބައެއް ބަދަލުތައް

ފަޅު ހުއްދަ ހަމަވުމައް ފަހު ކުރެވޭ ޖޫރިމަނާގެ ގޮތުގައި މިހާރު ނަގަނީ 250 ރުފިޔާ ނަމަވެސް މި ޖޫރިމަނާ އުސޫލަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ކުރާނީ އުޅަނދުގެ ބޮޑުމިނަށް ބަލާ ކޮންމެ މީޓަރަކުން 50 ރުފިޔާ ޗާޖުކުރާ ގޮތަށެވެ.

ސްޓިކާ ގެއްލުމުން އަލުން އާކުރުމަށް މީގެ ކުރިން ނަގަމުން އައި 10 ރުފިޔާ 100 ރުފިޔާއަށް އިތުރުވާނެ އެވެ. ގަވައިދާ ހިލާފްވެގެން ފުރަތަމަ ފަހަރަށް ޖަހާ ސްޓިކާއަށް މިހާރު 250 ރުފިޔާ ނަގަމުން އައި ނަމަވެސް އުސޫލަށް ބަދަލު ގެންނަ މުއްދަތުން ފެށިގެން ފުރަތަމަ ފަހަރު ނަމަވެސް 750 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox