ނަރީޝްގެ ހާޒިރީ; ފައިސާ ދިން ދުވަސް ނުބުނާތީ ދިފާއަށް ބިރަކަށް ނުވި!

ރައީސް ޔާމީން އަދި ޑެޕިއުޓީ މޭޔަރު ނަރީޝް؛ ނަރީޝް ޝަރީއަތަށް ދިން ހެކިބަހާއި ދޮގުކުރަން ދައުލަތުން ހުށަހެޅި ހާޒިރީއާ ގުޅޭ ގޮތުން ވާހަކަ ދެއްކި

ރައީސް ޔާމީން އަދި ޑެޕިއުޓީ މޭޔަރު ނަރީޝް؛ ނަރީޝް ޝަރީއަތަށް ދިން ހެކިބަހާއި ދޮގުކުރަން ދައުލަތުން ހުށަހެޅި ހާޒިރީއާ ގުޅޭ ގޮތުން ވާހަކަ ދެއްކި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ވިދާޅުވެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ޝަރީއަތަށް ދެއްވި ހެކިބަސް ނަފީވާނެ ވަރުގެ ހެއްކަކަށް އޭނާ އަދާކުރި ވަޒީފާގެ ހާޒިރީ ނުވާ ކަމަށް ޔާމީންގެ ދިފާއީ ވަކީލުން މިއަދު ބުނެފި އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރެ އެވެ.

ނަމަވެސް ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ފޮނުއްވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމަށް ފޮނުވި ފައިސާއެއް ކަމަށާއި، އޭގެ ބަދަލުގައި އެ އަގަށްވާ ދިވެހި ރުފިޔާ ގަނޑުކޮށް ނޫޓުން ޔޫސުފް ނައީމާ ހަވާލުކޮށްފައިވާ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވެ އެވެ.

ނަރީޝްއަކީ އެ ކަން ސާބިތު ކުރުމަށް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ހެއްކެކެވެ. ޔޫސުފް ނައީމަށް 15 މިލިއަން ހަތަރު ލައްކަ ރުފިޔާ ހަވާލުކުރަން، ޔާމީންގެ ފަރާތްޕުޅުން ވަޑައިގަތް އެއް ބޭފުޅަކީ ނަރީޝް ކަމަށް އޭނާ ޝަރީއަތަށް ހެކިބަސް ދެއްވި އެވެ.

އެއީ ތަހުގީގު މަރުހަލާގައި ޔާމީންގެ ފަރާތްޕުޅުން ހަމާކޮށްފައިނުވާ ދިފާއެއް ކަމަށް ބުނެ، އެ ހެކިބަސް ދޮގު ކުރުމުގެ ބޭނުމުގައި ނަރީޝް އެ ދުވަސްވަރު ސިފައިންގޭގައި އަދާކުރި ވަޒީފާގެ ހާޒިރީ ދައުލަތުން ހުށަހެޅި އެވެ. އެއީ ސަލާން ބުނެފައިވާ ދުވަސްތަކާއި، ޗުއްޓީ ނެގި ދުވަސްތައް ހިމެނޭ ގޮތަށެވެ.

ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި ޔާމީންގެ ވަކީލުން ގެންދަވަނީ ދައުލަތުގެ ކޮންމެ ހެއްކަކަށް ރައްދު ދެއްވުމުގެ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކަވަމުންނެވެ. ޔާމީންގެ ވަކީލުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާ މިއީ ތިންވަނަ ދުވަހެވެ.

ހެނދުނުގެ ދަންފަޅީގައި ވެސް ދައުލަތުން ޝަރީއަތް ފެށި ފަހުން ހުށަހެޅި ބައެއް އާ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ފަހު، މެންދުރުގެ ދަންފަޅީގައި ޔާމީންގެ ވަކީލުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ނަރީޝްގެ ހާޒިރީއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ނަރީޝްގެ ހާޒިރީގައިވާ ގޮތުން އޭނާ ވަޒީފާއަށް އެކި ދުވަހު ނުކުމެފައިވަނީ އެކި ވަގުތު ކަމަށެވެ. ނަމަވެސް ފައިސާ ހަވާލުކުރަން ދެވުނު ދުވަހެއް ނަރީޝްގެ ހަނދާނުގައި ނެތް ކަމަށް ބުނެފައިވާތީ، ހުށަހެޅިފައިވާ ހާޒިރީއަކުން ހެކިބަސް ނަފީ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރަށް ނަރީޝް ސިފައިންގެ ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށްފައިވާ ލިޔުމެއް ވެސް ދައުލަތަށް ހުށަހަޅާފައިވެ އެވެ. އޭގައިވާ ގޮތުން ވަޒީފާއިން ވަކިކުރީ ސިޔާސީ މީހުނާ ގާތް ގުޅުމެއް ބާއްވާތީ އެވެ. ޔާމީންގެ ވަކީލުން ދެކޭ ގޮތުގައި، އެއިން ވެސް ނަރީޝްގެ ހެކިބަހަށް ލިބެނީ އިތުރު ބާރެކެވެ.

ދައުލަތުން ކުރާ ދައުވާގައިވާ ކަންކަން؛

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރައްވަ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox