އާރަށް މަޝްރޫއު ބަޔާންކޮށްފައިވާ ޝީޓުގައި ފާހަގައެއް ނެތުން؛ ޔާމީންގެ ރުހުން ނެތް ކަމަށް ނެގި ދިފާއު!

ރައީސް އަބްދުﷲ ޔާމީން؛ އާރަށް ކުއްޔަށް ދޫކުރަން ހުއްދަ ދިން ކަމަށް ބުނާ ޝީޓްގައި ފާހަގައެއް ނެތުމުން ދިފާއީ ނުކުތާއެއް ގޮތަށް ފާހަގަކޮށްފި - ފޮޓޯ: އާއިމް ޒަމީރު | އަދަދު

ރައީސް އަބްދުﷲ ޔާމީން؛ އާރަށް ކުއްޔަށް ދޫކުރަން ހުއްދަ ދިން ކަމަށް ބުނާ ޝީޓްގައި ފާހަގައެއް ނެތުމުން ދިފާއީ ނުކުތާއެއް ގޮތަށް ފާހަގަކޮށްފި - ފޮޓޯ: އާއިމް ޒަމީރު | އަދަދު

ވ. އާރަށް ކުއްޔަށް ދޭން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރުހުން ދެއްވާފައިވާ ނުވާ ކަމަށާއި، އިކޮނޮމިކް ޔޫތު ކައންސިލްގެ ނިންމުންތަކަށް ޔާމީން ރުހުން ދެއްވި ކަމަށް ދައުލަތުން ބުުނާ ލިޔުމުގައި ވެސް އެ މަޝްރޫއުގެ ގޮޅީގައި ފާހަގައެއް ޖައްސަވާފައި ނެތް ކަމަށް ޔާމީންގެ ވަކީލުން މިއަދު ބުނެފި އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރެ އެވެ.

ޓޫރިޒަމްގެ ބޭނުމަށް އާރަށް ދޫކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީއާ ހަވާލުކޮށް، ޓޫޖީ ނަމުގައި ޔޫސުފް ނައީމް އުފައްދަވާ ކުންފުންޏަކަށް ރަށް ހަވާލުކުރުމާއި، އޭގެ ފައިސާގެ މުއާމަލާތްތައް ހިންގީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

ދައުލަތުން ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުރުމަށް ހުށަހެޅި ކިތާބީ އެއް ހެއްކަކީ "އީޔައިސީ" ނަމުގައި އޭރު އުފައްދާފައި އޮތް ޔާމީންގެ ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީން އެ ކަން ފާސްކުރި ޖަލްސާގެ ޔައުމިއްޔާއެކެވެ.

އެ ޔައުމިއްޔާއަކީ ސައްހަ ނޫން ލިޔުމެއް ކަން ސާބިތު ކުރަން ޔާމީން ހުށަހެޅި ހެކިންގެ ހެކިބަސް ދޮގު ކުރަން ވެސް ދައުލަތުން އިތުރު ލިޔެކިއުންތަކެއް އާ ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އަދި ޝަރީއަތަށް އެ ހެކިތައް ބަލައިގަތުމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވި އެވެ.

ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި ޔާމީންގެ ވަކީލުން ގެންދަވަނީ ދައުލަތުގެ ކޮންމެ ހެއްކަކަށް ރައްދު ދެއްވުމުގެ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކަވަމުންނެވެ. ޔާމީންގެ ވަކީލުންގެ ވާހަކަ ގެންދަވާ ތިންވަނަ ދުވަހުގެ ފުރަތަމަ ދަންފަޅީގައި ރައްދު ދެއްވަމުން ގެންދެވީ އެ އާ ހެއްކަށެވެ.

ޔާމީންގެ ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ ދައުލަތުން ހުށަހެޅި ޝީޓްގައި ތިން މަޝްރޫއެއް ބަޔާންކޮށްފައިވާ ކަމަށެވެ. އެ ޝީޓަކީ އީޔައިސީގެ ނިންމުމަށް ޔާމީންގެ ރުހުން ދެއްވި ކަމަށް ބުނާ ޝީޓަށްވާއިރު، އެ ޝީޓު އޮތް ގޮތް ޝިޔާޒު ވިދާޅުވެ ދެއްވި އެވެ.

އެގޮތުން، ފުރަތަމަ ބަޔާންކޮށްފައިވާ ދެ މަޝްރޫއުގެ ގޮޅީގައި ރަނގަޅު ފާހަގައެއް ޖަހާފައިވާއިރު އާރަށުގެ މަޝްރޫއު ބަޔާންކޮށްފައިވަނީ ތިންވަނަ ގޮޅީގަ އެވެ. އެ ގޮޅީގައި ރަނގަޅު ފާހަގައެއް ނެތް ކަމަށާއި އެއިން އަންގައިދެނީ އާރަށް ކުއްޔަށް ދޫކުރުމަށް ޔާމީން ރުހުން ދެއްވާފައި ނެތް ކަމަށް ވަކީލު ވިދާޅުވި އެވެ.

ދައުލަތުން ހުށަހެޅި ޝީޓުގައި ވެސް ޔާމީންގެ ރުހުން ނެތް ކަން އެނގެން އޮތް އިރު، ޔާމީންގެ ވަކީލުން އަދިވެސް ވަކާލާތު ކުރެއްވީ، އެ ޔައުމިއްޔާތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ޔާމީންގެ މައްޗަށް ދައުވާ ކުރުމަށް ދައުލަތުން ދެން ހުށަހަޅާފައިވާ ކިތާބީ ހެކިތަކަކީ އެ ރަށް ކުއްޔަށް ދޫކުރުމަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކެވެ.

އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއަށް ދިނުމަށް ސޮއިކުރި "އެގްރިމެންޓް ފޮ ލީޒް" އާއި އެމްއެމްޕީއާރުސީއާއި ޓޫޖީއާ ދެމެދު ސޮއިކުރި "ސޭލް އެންޑް ޕާޗޭސް އެގްރިމެންޓް" އާއި "އެސްއޭ އައިލެންޑް ރިސޯޓް" އަށް އެ ރިސޯޓްގެ ހިއްސާ ވިއްކަން ޓޫޖީއާ އެކު ވެފައިވާ އެއްބަސްވުން ވެސް ހިމެނެ އެވެ.

މިއިން އެއްވެސް އެއްބަސްވުމެއްގައި ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގައި ހިމެނޭ ވާގިއާތަކަށް ބާރުދޭ އެއްވެސް ކަމެއް ނެތް ކަމަށް ޔާމީންގެ ވަކީލު ޝިޔާޒު ވިދާޅުވި އެވެ. އެގޮތުން، މައި ދެ ވާގިއާ، ރިޝްވަތު ގަބޫލު ކުރުމާއި އެ ފައިސާ ބަލައިގަތުމާއި ފައިސާ ލޯންޑަ ކުރި ކަން ސާބިތުވާ ހެއްކެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox