މިއަހަރު ހަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި ފަސް ބިލިއަން ރުފިޔާގެ ތަފްސީލު ހޯދަން ފާހެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މިއަހަރުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ހަރަދު ކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު އޭގެ ތަފްސީލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުށަހެޅުމުން ކޮމެޓީން އެ އިސްލާހު ފާސްނުކޮށް ދޫކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ބަޖެޓަށް ރިކޮމެންޑޭޝަންތައް ހުށަހަޅަން ދިން ފުރުސަތުގައި އެގޮތަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެވެ. މިއަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ ބައިގެ ތަފްސީލު ހޯދަން ބަޖެޓް ރިޕޯޓްގައި ހިމަނަން އޭނާ ދެ ހުށަހެޅުމެއް ހުށަހެޅުއްވި އެވެ.

އިބްރާހީމް ރަޝީދުގެ ފުރަތަމަ ހުށަހެޅުއްވުމަކީ މިއަހަރުގެ ބަޖެޓަށް އިތުރުކުރާ ބަައިގެ ތެރެއިން އޮފީސްތަކުގެ ހާއްސަ ބަޖެޓުން ކުންފުނިތަކަށް، ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ދޫކުރާ ބައިގެ ތަފްސީލު ދިނުމަށް ބަޖެޓް ރިޕޯޓްގައި ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމެނުމެވެ. އެ ފައިސާގެ ތެރެއިން އެކި ކުންފުނިތަކަށް ދޫކުރި އަދަދުތައް ވަކިވަކިން ހޯދަން ވެސް އެ ހުށަހެޅުމުގައި އޮތެވެ.

ދެ ވަނަ ހުށަހެޅުމަކީ މިއަހަރުގެ ބަޖެޓަށް އިތުރުކުރާ ފައިސާގެ އެކިއެކި ބައިތައް ވަކިވަކިން ތަފްސީލުކުރަން ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމެނުމެވެ.

އެ ދެ ހުށަހެޅުމަށް ވެސް ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ ދެ ހުށަހެޅުމަށް ވެސް ކޮމިޓީގައި ލިބުނީ އެންމެ ހަތަރު ވޯޓެވެ.

އެ ދެ ހުށަހެޅުން ވެސް ފާސްނުވުމުން، އިބްރާހީމް ރަޝީދު ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ނުރުހުން ފާޅުކުރެއްވި އެވެ. މިއަހަރަށް އިތުރުކުރާ 5.8 މިލިޔަން ރުފިޔާ އޭނާ ސިފަކުރެއްވީ "ހިލައިލާ ބަޖެޓް"ގެ ގޮތުގަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، ކޮމިޓީން ރޭ ފާސްކުރީ 160 މިލިޔަން ރުފިޔާ އިތުރުކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox