މެމްބަރުން ވިދާޅުވަނީ މިއީ އުއްމީދީ ބަޖެޓެއް ކަމަށް!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަަލްސާގައި މެމްބަަރުން ބައިވެރިވެވަޑައިގަންނަވަނީ. ބަޖެޓް ބަހުސްގައި މިއަދު ވާހަކަދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ މިއީ އުއްމީދީ ބަޖެޓެއް ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަަލްސާގައި މެމްބަަރުން ބައިވެރިވެވަޑައިގަންނަވަނީ. ބަޖެޓް ބަހުސްގައި މިއަދު ވާހަކަދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ މިއީ އުއްމީދީ ބަޖެޓެއް ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެެޓަކީ ވަރަށް އުއްމީދީ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ބަޖެޓް ބަހުސްގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ އަންނަ އަހަރު ދުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކުގެ އިގުތިސާދު ކުރިއަރާނެކަމަށް ލަފާކުރަނީ ވަަަރަށް ކުޑަކޮށް ކަމަށާއި އެހެން ނަމަވެސް މި ބަޖެޓް ރަނގަޅަށް ތަންފީޒުކޮށްފި ނަމަ ރާއްޖޭގެ އިގުތިސާދު ހަތް ޕަސެންޓުން ކުރިއަށްދާނެ ކަމަށެވެ. ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 104 ޕަސެންޓަށް އަރައި، ރާއްޖޭގެ ރަސްމީ ރިޒާވް 106 މިލިޔަން ޑޮލަރުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބަޖެޓް ތަންފީޒުކޮށް ނިމޭ އިރު ވެސް 16 ޕަސެންޓަށް ވުރެ ޑެފިސިޓް ބޮޑުނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ހިކުމަތްތެރިކަމާ އެކު މިކަންކަން ކުރީމާ މިއަދު ޓޫރިޒަމް [ޓޫރިސްޓް އެރައިވަލް] 1.5 [މިލިޔަނު]ގައި ހުރެ މި އަންނަ އަހަރު 1.8 [މިލިޔަނުގައި] ހުންނަ އިރު އަޅުގަނޑަށް މާ ސާފުކޮށް، މާ ޔަގީންކަމާ އެކު އެނގޭ މި ސަރުކާރުން އިގުތިސާދު މެނޭޖްކުރާނެކަން،" ޝަރީފު ވިދާޅުވި އެވެ.

ހުޅުމާލެ ދާއިރާގެ އެމްޑިޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބަޖެޓް ތަންފީޒުކުރެވިއްޖެ ނަަމަ ރާއްޖެއަށް ކުރިއެރުން ލިބޭނެ ކަމަށާއި ރާއްޖެ ނުވެސް ދަރާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، މި ބަޖެޓް މިގޮތަށް ހިނގައިފި ކަމަށް ވެއްޖެއްޔާ ރާއްޖެއަށް ކުރިއެރުން ލިބޭނެ. އިރާދަކުރެއްވިއްޔާ ރާއްޖެ ނުދަރާނެ. އަޅުގަނޑުމެން އިރާދަކެރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް ހަމަ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާ އެކުގައި މަސައްކަތް ކޮށް އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށް ގެންދާނެ،" އަލީ ނިޔާޒު ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވީ ދިވެހި ރައްޔިތުންގެ ދިރިއުޅުން މިއަހަރަށް ވުރެ އަންނަ އަހަރު ރަނގަޅުކުރަން މި ބަޖެޓުން ބާރު އަޅައިދޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ބަޖެޓަށް ތާއީދުކުރައްވަނީ ރައްޔިތުންނަށް ލިބޭ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅަށް، މިހާރަށް ވުރެ ދެމެހެއްޓެނިވި ގޮތެއްގައި ލިބުމަށް ބަޖެޓުން ބާރު އަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޅި ޖުމްލަކޮށް މި ބަޖެޓުން އަޅުގަނޑަށް އުއްމީދު ލިއްބައިދޭ،" މީކާއީލް ވިދާޅުވި އެވެ.

މޭލޭގެ 5،000 އާއިލާއަށް ގޯތި ދޫކުރެވޭނެ ގޮތަށް ބަޖެޓްގައި ފައިސާ ހިމާނާފައިވާތީ މާލޭގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ މަރުހަބާ ވިދާޅުވި އެވެ.

"އިރާދަކެރެއްވިއްޔާ މިފަހަރު ނިމޭނީ ލިސްޓަކަށް، ގޯތި ލިބޭ މީހުންގެ ނަން އަރައިގެނެއް ނޫން. އިރާދަކުރެއްވިއްްޔާ އަންނަ އަހަރު މި މި ބަޖެޓް ފާސްވުމާ އެކު މާލޭގެ 5،000 އާއިލާ އަށް ގޯތީގެ ރަޖިސްޓްރީ ކަށަވަރުވާނެ ކަމަށް އަޅުގަނޑަށް ޔަގީން ކުރެވޭ،" މީކާއީލް ވިދާޅުވި އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅީ 42 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox