އަންނަ އަހަރު ސިޔާސީ މަގާމުތައް ވެސް މުސާރަ ހަރަދު ވެސް އިތުރު

ރައީސުލްޖުމްހުރީއްޔާގެ އޮފީސް: އަންނަ އަހަރު ވެސް ސިޔާސީ މަގާމުތައް އެންމެ ގިނައީ ރައީސް އޮފީހުގައި. -އަދަދު ފައިލް ފޮޓޯ

ރައީސުލްޖުމްހުރީއްޔާގެ އޮފީސް: އަންނަ އަހަރު ވެސް ސިޔާސީ މަގާމުތައް އެންމެ ގިނައީ ރައީސް އޮފީހުގައި. -އަދަދު ފައިލް ފޮޓޯ

މި އަހަރާ އަޅާބަލާއިރު، އަންނަ އަހަރު ސިޔާސީ މަގާމުތަކާއި އެކަމަށް ދައުލަތުން ކުރާ ހޭދަ ވެސް އިތުރުވާނެ ކަމަށް 2023 އަށް ސަރުކާރުން ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބުނެފި އެވެ.

މި އަހަރަށް ސަރުކާރުން ބަޖެޓުކުރީ 1،045 ސިޔާސީ މަގާމަކަށް 407.6 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު ފޫއްބަދަން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ހިމަނާފައިވާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު، އަންނަ އަހަރު ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ވަނީ 1،068 އަށް އިތުރުވެފަ އެވެ.

މަގާމުތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު، މާބޮޑު ތަނެއް އިތުރުވެފައިނުވި ނަމަވެސް، މުސާރައަށް ކުރާ ހޭދަ އިތުރެވެ. މިގޮތުން، އަންނަ އަހަރު ސިޔާސީ މަގާމުތަކުގެ މުސާރައަށް ކުރާ ހޭދަ 452.9 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، ގާތްގަނޑަކަށް 45 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ވަކިވަކި އޮފީސްތަކަށް ބަލާއިރު، އަންނަ އަހަރު ވެސް އެންމެ ގިނަ ސިޔާސީ މަގާމުތައް ބަޖެޓުކޮށްފައިވަނީ ރައީސް އޮފީސް އަށެވެ. އެ އޮފީހުގައި 410 ސިޔާސީ މަގާމު ހިމަނާފައިވާއިރު، އެ މަގާމުތަކުގެ މުސާރައަށް 110.85 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ.

ދެވަނަ އަށް ސިޔާސީ މަގާމު އެންމެ ގިނައީ ހެލްތު މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި 140 ސިޔާސީ މަގާމަކަށް 33.87 މިލިއަން ރުފިޔާ އަންނަ އަހަރު ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޖުމްލަ 108 ސިޔާސީ މަގާމާއެކު ފޮރިން މިނިސްޓްރީ ލިސްޓުގެ ތިންވަނައިގަ އޮތް ނަމަވެސް، އެންމެ ބޮޑު ހޭދައެއް ކުރަނީ އެ މަގާމުތަކަށެވެ. ރާއްޖޭން ބޭރުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކަށް ވެސް އޭގެ ތެރެއިން ގިނަ މަގާމުތަކެއް ކަނޑައަޅާނެއިރު، އެކަމަށް 165.19 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހަޅާފައިމިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ.

މިގޮތުން، އަންނަ އަހަރު މުވައްޒަފުންގެ މުސާރައިގެ ހަރަދަށް އެކަނި ޖުމްލަ 10.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މީގެ ތެރޭގައި އެންމެ ގިނައީ ސިވިލް ސާވިސް މުވައްޒަފުންނެވެ. މިގޮތުން، އަންނަ އަހަރު 26،061 ސިވިލް ސާވަންޓުންނަށް 5.13 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox