17 އަހަރުގެ ތެރޭގައި ފެނަށް ޖެހުނު ރަށްތަކަށް ފެން ފޯރުކޮށްދޭން 85 މިލިއަން ރުފިޔާ

އަތޮޅު ތެރެއަށް ގެންދަން ބޯޓަކަށް ފެން ބަރު ކުރުމުގައި މީހަކު ހަރަކާތްތެރިވަނީ. -އަދަދު ފައިލް ފޮޓޯ

އަތޮޅު ތެރެއަށް ގެންދަން ބޯޓަކަށް ފެން ބަރު ކުރުމުގައި މީހަކު ހަރަކާތްތެރިވަނީ. -އަދަދު ފައިލް ފޮޓޯ

ފާއިތުވި 17 އަހަރު ދުވަހުގެ ތެރޭގައި، ހޫނު މޫސުމުގައި ފެނުގެ ދަތިކަން ކުރިމަތިވި ރަށްތަކަށް ފެން ފޯރުކޮށް ދިނުމަށް ދައުލަތުން 85 މިލިއަނަށް ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ހޫނު މޫސުމުގައި ރަށްރަށުގައި ބޯފެނުގެ ދަތިކަން އާދަޔާހިލާފަށް ބޮޑުވެ، ރާއްޖޭގެ ގިނަ ބަޔަކަށް ގިނަގުނަ ދަތިތަކާ ކުރިމަތިލާންޖެހެ އެވެ. އަދި މިކަމުގެ ސަބަބުން ދަނޑުވެރިކަން ކުރާ ރަށްރަށުގައި ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދަނޑުވެރިންނަށް މާލީ ބޮޑެތި ގެއްލުންތައް ވަމުންދެ އެވެ.

ހަމައެއާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވިއްސާރަ މޫސުން އަންދާޒާ ކުރަން ދަތިވެ އަދި ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިޔުމުގެ ސަބަބުން ބިމުގެ ފެންފަށަލަ ތަޣައްޔަރުވެ ގުދުރަތީގޮތުން ލިބެންހުންނަ ސާފު ބޯފެން ހޯދަން ގިނަ ރަށްރަށުގައި ވަނީ ދަތިވެފަ އެވެ.

ޑިޒާސްޓާ މެނޭޖުމަންޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2005 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، ފެނުގެ ދަތިކަން ކުރިމަތިވި ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް ސަރުކާރުތަކުން ވަނީ ޖުމްލަ 85.2 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މިގޮތުން، އެކަމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ 2019 ވަނަ އަހަރެވެ. އެ އަހަރު ރަށްތަކަށް ފެން ފޯރުކޮށް ދިނުމަށް 11 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

ފެން ފޯރުކޮށްދިނުމަށްޓަކައި ދައުލަތުން ކޮންމެ އަހަރަކު ބޮޑު ހަރަދެއް ކުރާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ބޯ ފެން ފޯރުކޮށްދިނުމަށް ސަރުކާރުން ހަރަދުކޮށްފައިވާ މިންވަރު، 2021 ވަނަ އަހަރާ އަޅައިބަލާއިރު 122.2 ޕަސަންޓު އިތުރުވެފައިވެ އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފެން ފޯރުކޮށް ދިނުމަށް 9.6 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މިކަން ހައްލުކުރުމަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވޭއިރު، ބައެއް ރަށްރަށުގައި ވާރޭ ފެން ރައްކާކުރުމުގެ އިންތިޒާމު ހަމަޖެއްސުންވެސް ހިމެނެ އެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ ވައުދު ފުއްދުމަށްޓަކައި މި މަސައްކަތާ ގުޅޭ އުމްރާނީ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ބުނެފައިވެ އެވެ.

ގުދުރަތީ ހާދިސާތަކަށް ވެސް ބޮޑު ހޭދައެއް

ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ކާރިސާތަކާއި އެކާރިސާތަކުން އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ގެއްލުންވާ މިންވަރު ދަނީ ބޮޑުވަމުންނެވެ.

މީގެ އިތުރުން، ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމަކީ ވެސް ގިނަ ރަށްތަކަށް ދިމާވެފައިވާ މައްސަލަ އެވެ. އެގޮތުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، އިމާރާތްތަކާއި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެ އެވެ.

މިގޮތުން، މިއަހަރު މިފަދަ 16 ހާދިސާއެއް ދިމާވެފައިވާއިރު، އެކާރިސާތަކާ ގުޅިގެން ދައުލަތުގެ ބަޖެޓުން 1.6 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހަރަދުކޮށްފަ އެވެ. އަދި މިއަހަރަކީ އެހެން އަހަރުތަކާ ހިލާފަށް ގުދުރަތީ ކާރިސާތައް ގިނަ އަހަރެއްކަމަށް ސަރުކާރުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox