ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ އިމާރާތް ކުރުމަށް ބޭނުން ކުރާ ދަގަނޑުގެ އަގު ހެޔޮކޮށްފި އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ދަގަނޑުގެ އަގު 14 ޕަސެންޓާ ހަމައަށް ހެޔޮވާނެ ކަމަށެވެ.
އެސްޓީއޯއިން ބުނީ ވެއެތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނުއިރު ދަނގަނޑުގެ އަގުތަކަށް ވެސް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ބާޒާރުގައި އަގުތައް ކޮންޓްރޯލްކޮށް އެންމެ ކުޑައަގެއްގައި މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯއިން މެދުނުކެނޑި މަސައްކަތް ކޮށްފައިވާކަން ވެސް އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން ދުނިޔޭގެ ބާޒާރަށް އައި ލޮޅުންތަކާއެކު ސަޕްލައި ޗެއިނަށް ދިމާވި ދަތިތަކުން މިހާރު އަރައިގަނެވެމުންދާކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކާ އިމާރާތް ކުރުމަށް ބޭނުންކުރާ އެހެނިހެން ސާމާނުތަކުގެ އަގުތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ހެޔޮ ބަދަލުތަކެއް އަންނާނެ ކަަމަށެވެ.














