އިސްރާފުތައް ކުޑަކޮށްގެން ހަރަދުން ތިން ބިލިއަން ރުފިޔާ ސަލާމަތް ކުރަނީ

އާސަންދައިގެ ހިދުމަތް ލިބޭ ބޭސް ފިހާރައެއް: އާސަންދައިން ކުރާ ހޭދަ ކުޑަކުރަން ސަރުކާރުން ވަނީ ރާވާފައި. -ފައިލް ފޮޓޯ: އަދަދު

އާސަންދައިގެ ހިދުމަތް ލިބޭ ބޭސް ފިހާރައެއް: އާސަންދައިން ކުރާ ހޭދަ ކުޑަކުރަން ސަރުކާރުން ވަނީ ރާވާފައި. -ފައިލް ފޮޓޯ: އަދަދު

ދައުލަތުން ކުރާ ހަރަދުތަކުން ވަމުންދާ އިސްރާފުތައް ކުޑަކޮށްގެން، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުން ތިން ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އަންދާޒާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި 42.6 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގައި، 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ހިލޭ އެހީ ހިމެނޭހެން 2023 ގައި 32.098 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓު ދެކޮޅު ޖައްސަނީ އާމްދަނީ އިތުރުކުރަން ޓެކްސް ބޮޑުކުރުމާއެކު ހަރަދު ކުޑަކުރުމުގެ ވަރުގަދަ ފިޔަވަޅުތަކަކާއެކު އެވެ.

އެގޮތުން، ދައުލަތުގެ ރިކަރަންޓު ހަރަދު އާމްދަނީން ފޫބެއްދޭނެ ގޮތަށް އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައިވާއިރު، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ސަލާމަތް ކުރަން ވަނީ އަމާޒުހިފައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓުގައި، ހަރަދަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި، ތެލަށްދެވޭ ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި، އާސަންދަ އާއި ބޭސްގަތުމަށްކުރާ ހަރަދުކުޑަކުރުން ހިމެނެ އެވެ.

ފިނޭންސުން އަންދާޒާކުރާ ގޮތުގައި، ތެލުގެ ސަބްސިޑީ ދިނުމުގެ އުސޫލަށް ގެންނަ ބަދަލުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަންނަ އަހަރު ސަލާމަތް ކުރެވޭނެ އެވެ. އާސަންދައަށް ކުރޭ ހޭދަ ކުޑަކުރަން ސިޔާސަތުގެ ބަދަލުން 460 މިލިއަން ރުފިޔާ ކުޑަކުރެވޭއިރު، ޕޭ ހާމަނައިޒޭޝަން ނުވަތަ މުސާރަ އެއް ހަމަކޮށްގެން 1.5 ބިލިއަން ރުފިޔާ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ހަރަދު ކުޑަކުރެވޭ މިންވަރު

  • ތެލުގެ ސަބްސިޑީ - 1.003 ބިލިއަން ރުފިޔާ
  • އާސަންދަ - 460.70 މިލިއަން ރުފިޔާ
  • ޕޭ ހާމަނައިޒޭޝަން - 1.506 ބިލިއަން ރުފިޔާ
  • ކަރަންޓު ސަބްސިޑީ - 150.21 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންސިއުމަބަލްސް - 166.41 މިލިއަން ރުފިޔާ

ފިނޭންސުން އަންދާޒާކުރާ ގޮތުގައި، މި ފިޔަވަޅުތަކާއެކު އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު ހުންނާނީ 8.459 ބިލިއަން ރުފިޔާގަ އެވެ.

ނަމަވެސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނޭޅިއްޖެނަމަ، އެ އަދަދު 14.459 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓު 2023 ކުރުކޮށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހަޅާފައިމިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ. އެގޮތުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ނިންމައި، އެކަމަށް 493.2 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ސަބްސިޑީ ސިޔާސަތަށް ގެންނަ ބަދަލާ އެކު އާސަންދައަށް ކުރާ އިސްރާފާއި ދައުލަތުން ދޭ އެހެން ސަބްސިޑީތަކުން ސަލާމަތްކުރެވޭ ފައިސާއާ އެކު ހަރަދުތައް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު، ރައީސްގެ ވައުދުތައް ފުއްދުމަށް ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.427 ބިލިއަން ރުފިޔާ ދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ހިލޭ އެހީ ހިމެނޭހެން 2023 ގައި 32.098 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެކްސް ރޭޓުތައް ބޮޑުކުރުމާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން 3.6 ބިލިއަނުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި އަންނަ އަހަރު 23.539 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.352 ބިލިއަން ލިބޭނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox