ދިގު ވާހަކަ: ކެތްކުރާނަން

ދިގު ވާހަކަ: ކެތްކުރާނަން

ތިން ވަނަ ބަޔާ ގުޅޭ

އަހަރެން ހީކުރީ އަހަރެންގެ ސުވާލުތަށް ރިޔާޒުގެ ބައްޕައަށް އެނގުނީ ކަމަށެވެ.

"ކުރީގައި އުފަންވާ ކޮންމެ ކުއްޖެއްގެ ބޯމަތިން ވެސް އެއްލާނެ ކާށްޓެއް. އެކާށިން ރުއްފަޅަންދެން އެ އޮތްތަނެއްގައި ބާއްވަން ޖެހޭނެ. ދެން ރުއްފަޅާ ބޮޑުވަންވީމަ އެ ވީ ވަލަށް ގެންގޮސް އިންދަން. އެ ރުކަށް ކިޔާނީ އެ ކުއްޖެއްގެ ނަމާ ގުޅުވައިގެން އޭނާގެ ބޯމަތިން އެއްލި ރުކޭ. އެއީ ވެސް ވަރަށް ކުރީގެ ސަގާފަތެއް. އެކަމަކު މިހާރު އެކަމެއް ނެތް." ރިޔާޒުގެ ބޮޑުބޭބެ އަހަންނަށް ހިއްސާކުރި އެވެ.

ބަދަލުގައި އަހަރެން ހިނިތުންވެލީމެވެ. އެމީހުން ވެސް އަހަންނާ ދިމާ ބަލައިލަމުން ހިނިތުންވެލި އެވެ. ބައްޕަގެ އިޝާރާތަށް ރިޔާޒު ގޮސް ގޮނޑީގައި އިށީނެވެ. އޭނާ އިށީނދެލުމަށްފަހު އަހަންނާ ދިމާ ބަލައިލަމުން ހިނިތުންވެލި އެވެ. އެއަށްފަހު، އަހަންނަށް އިޝާރާތްކުރި އެވެ. ކާށި ކޮބައިތޯ އަހަންނަށް ހޯދައިލެވުނެވެ. ކާށި އޮތީ ބައްޕަގެ އަތުގަ އެވެ. ކާށި ހިފައިގެން އައިސް އަހަންނަށް ދިއްކޮށްލި އެވެ.

"އޭނާގެ ބޯމަތިން އެއްލާ." ބައްޕަ ބުނެލި އެވެ.

އަހަންނަށް ކާށީގައި ހިފައިލެވުނެވެ. އެއީ ބަރު ކާށްޓެކެވެ. މި ހުރިހާ އިރު ރިޔާޒު ހިފައިގެން އެ ހުރީ އެ ބަރު ކާށީގަ އެވެ. އަނގައިން ބަހެއް ވެސް ނުބުނެ އޭނާ އެހައި ގިނައިރު ވަންދެން އެކާށި އުފުލުމުގެ ފަހަތުގައި ވެސް ކޮންމެ ވެސް ހިކުމަތެއް އޮންނާނެ އެވެ. ކޮންމެ ވެސް ޤަބޫލުކުރުމެއް އޮންނާނެ އެވެ.

ކާށި ނަގައި އަތަށް ހެޔޮވަރު ކޮށްލީމެވެ. އަހަންނަށް މިހާ ބަރު ކާށްޓެއް ރިޔާޒުގެ ބޯމަތިން އެއްލިދާނެ ބާވަ އެވެ. ޝައްކުމަތީ ހުރެ އަހަރެން މަސައްކަތްކުރީމެވެ. ދެ އަތުން ކާށީގައި ހިފައި ކޮނޑާ ހަމައަށް ހިއްލައިލީމެވެ.

"ބޯމަތިން އެއްލޭތޯ ބަލާ. އެހެންނޫނީ ގޯސްވާނެ." ރިޔާޒުގެ ބައްޕަ ބުނެލި އެވެ.

"ނޭއްލިއްޖެ ނަމަ؟" އަހަންނަށް އަހައިލެވުނެވެ.

"ކާވެނީގެ މާތްކަން ގެއްލުނީކަމަށް ނިންމާނެ. ކާވެނި ވަރަށް އަވަހަށް ރޫޅޭނެކަމަށް. ބަރަކާތް ނެތްކަމަށް،" ރިޔާޒު ބައްޕަ ވައި އަޑުން ބުނެލި އެވެ. "އެކަމަކު އެއީ ޤަބޫލުކުރުމެއް. އަސްލެއް ނޫން. ޙަޤީޤަތެއް ނޫން. ބައްޕަ ޤަބޫލެއް ނުކުރަން."

ނަސީބަކުން އަހަރެންގެ ވިސްނުމާ އެއް ތިލަފަތަކުން ކިރޭ ވިސްނުމެއް އާއިލާގައި ހުރި ކަން ޔަޤީންވި އެވެ. އެހެންވެ ނަފުސަށް ލިބުނު ހިތްހަމަ ޖެހުމާއެކު ހިތަށް ލުއިކަމެއް ލިބުނެވެ.

"ވަރަށް ބަރު." އަހަންނަށް ބުނެލެވުނެވެ.

"ހިތްވަރުކޮށްފަ އެއްލާ." ބައްޕަގެ ހިތްވަރުގެ ބަސްތަކާއެކު އަހަންނަށް އެކަމާ ކުރިމަތިލާން ކެރުނެވެ.

އޭރު ރިޔާޒު އިނީ އަހަންނާ ފުރަގަސްދީގެން ގޮނޑީގައި އިށީނދެ އެވެ. އަހަރެން ކާށި އެއްލާން މި ޖެހެނީ އޭނާއަށް އަހަރެންގެ ހަރަކާތްތައް ނުފެންނާނެހެން އޭނާގެ ކުރިމައްޗަށް ވެއްޓޭ ގޮތަށެވެ. އަހަންނަށް ކާށި އެއްލޭ ގޮތަކުން ރިޔާޒުގެ ބޮލުގައި ކާށިން ޖެހިދާނެ އެވެ. ނޫނީ އޭނާގެ ބުރަކަށީގައި ކާށިން ޖެހިދާނެ އެވެ. މާ ބާރަށް ކާށި އެއްލިއްޖެ ނަމަ ކުރިމަތީގައި ހުރި ކުޑަދޮރަށް އަމާޒުވެދާނެ އެވެ. މިކަން ކުރެވެން މިއޮތީ ވަރަށް ހުސިޔާރުވެގެންނެވެ. އަނެއްކާ މިއީވާ ކާށްޓެކެވެ. ކާށި އެއްލަން މި ޖެހެނީ އެއް އަތުންނެވެ.

ދުޢާމަތީގައި ހުރެ އަހަރެން ކާށި އެއްލީމެވެ. އޭރު އަހަންނަށް ހުރެވުނީ ލޯ މަރައިގެންނެވެ. ވާނެ ގޮތެއް ނޭނގޭތީ އެވެ. ލޯ ހުޅުވާލެވުނީ ކާށި ބިންމަތީގައި ޖެހުނު އަޑަށެވެ. ދެ ލޯ ބޮޑުކޮށްލެވުނެވެ. ކާށި އޮތީ ރިޔާޒު އިށީނދެއިން ގޮނޑި ކައިރީގަ އެވެ. ފަހަތުގަ އެވެ. އަހަންނަށް ބާރަށް ނޭއްލުނީ އެވެ. ރިޔާޒުގެ ބޯމަތިން ހުރަސް ވާވަރަށް ކާށި ނޭއްލުނީ އެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތައް ދުވެގަތެވެ. ވަށައިގެންވާ މާހައުލަށް ބަލައިލެވުނެވެ. ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ނަޒަރު ހިންގައިލެވުނެވެ.

ރިޔާޒުގެ މަންމަ މޫނު ހަދައިލި އެވެ. ދޮންތަގެ މޫނުމަތިން ފެނުނީ ހަމަ އެފަދަ މަންޒަރެކެވެ. ކާފައާއި ބޮޑުބޭބެ މޫނުގައި އަތްއަޅައިލި އެވެ. ދެން ތިބީ ދޮންބޭބެއާއި ތިއްތިބޭބެގެ ދެމަފަރިންނެވެ. އެމީހުން ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލި އެވެ.

"އަދި އެއްފަހަރު އެއްލާ." ހިތްވަރު ދިނުމުގެ ރާގުގައި ރިޔާޒުގެ ބައްޕަ ބުނެލި އެވެ.

"ރަނގަޅުވާނެތަ؟" އަހަންނަށް އަހައިލެވުނެވެ.

"ދެން އޮތް ގޮތަކީ އެއީ،" ރިޔާޒުގެ ބައްޕަ ވާހަކަދެއްކީ ވައި އަޑުންނެވެ. "މި އެންމެންގެ ހިތްހަމަ ޖައްސުވަން ޖެހޭނެ. އެހެންވީމަ. އެހެން ނޫންނަމަ ތިޔައީ އެއްވެސް ކަމެއް ނޫން. މާނައެއް ނެތް ބޭކާރު ކަމެއް."

އަހަރެން އަވަސްއަވަހަށް ގުދުވެލަމުން ކާށި ނަގައި ކުރިން ހުރި ތަނަށް ގޮސް ލޯމަރައިލީމެވެ. ގައިގަ ހުރި ބާރެއް ލުމަށްފަހު ކާށި އެއްލީމެވެ. ކާށި ގޮސް ބިމުގައި ޖެހުނު އަޑަށް ލޯ ހުޅުވާލީމެވެ. ނަސީބު ދިމާވީ ރަނގަޅަށެވެ. ކާށި އޮތީ ރިޔާޒުގެ ކުރިމަތީގަ އެވެ.

"އެ ކާށި ނަގައިފަ އެހެރެ މުށިގަނޑުގައި އިންދާ. އެހައި ހިސާބުން ދެން ނިމުނީ. ވަރަށް ވިސްނައިގެން އުޅޭތި. ކޮންމެ ކަމެއް ދިމާވިޔަސް މިކަމާ ގުޅުވައިގެން އެއްޗެހި ބުނާނެ. އަޅައިނުލާތި." އަހަރެންގެ ކޮނޑުގައި އަތް ބާއްވާލަމުން ރިޔާޒުގެ ބައްޕަ ބުނެލި އެވެ.

އަހަންނަށް ބަލައިލެވުނީ ވަށައިގެންވާ މާހައުލަށެވެ. އޭރު އެންމެން ގެއަށް ވަންނަނީ އެވެ. ކޮންމެ މީހެއްގެ މޫނުމަތިން ކުރިން ފެނުނު އުފާވެރިކަމުގެ ކުލަތައް އޭރު ވަނީ ބަދަލުވެފަ އެވެ. މޮޅިވެރިކަން މޫނުމަތިން އަތްގަދަކޮށްފަ އެވެ.

ކޮންމެ އަކަސް އަހަންނަށް މި ކުރެވުނީ މުޅީން އައު ތަޖުރިބާތަކެކެވެ. ކުރިން ދުވަހަކު ވެސް ކޮށްފައި ނުވާ ކަންކަމެވެ. ކައިވެނި މައްޗަށް ދިޔުމޭ ކިޔާ އަޑު ކުރިން އަހަމެވެ. ނަމަވެސް މިއީ މިހާ ބިރުވެރި ކަމެއްކަން އަހަންނަކަށް ނުވިސްނެ އެވެ. ބައެއް ރަށްރަށުގެ ވީޑިއޯތައް އަހަރެން ބެލީމެވެ. އެކަމަކު މި ރަށުގައި މި ކަން މި ކުރީ މުޅީން އެހެން ގޮތަކަށެވެ. އަމުދުން ކާށްޓާ ގުޅުވައިގެން މި ޖެހި ސަކަރާތަކީ މާ ބިރުވެރި ކަމެކެވެ. މިކަމެއްގެ ސަބަބުން އެންމެ ފަހަރަކުން އެންމެންގެ ހިތުގައި އަހަންނާ މެދު ނުރުހުން އުފެދިއްޖެ އެވެ.

"އެނގޭތަ ދޮންބެގެ ބޯމަތިން ވެސް ކާށްޓެއް ނޭއްލުނޭ ދޮންބެދައްތައަކަށް." އަހަރެން ބަދިގެއަށް ވަދެ ކޮފީތަށްޓެއް ގިރަން ހުއްޓާ ދޮންބެ ދައްތަ އައިސް އަހަރެންގެ ގާތުގައި ހުރި ގޮނޑީގައި އިށީނދެލި އެވެ.

"ދެން ކިހިނެއްވީ؟" އަހަންނަށް އަހައިލެވުނެވެ.

"ވަރަށް ސަކަރާތްވި. ނަސީބަކުން ދޮންބެއަކީ އެކަން ގަބޫލުކުރާ މީހެއް ނޫންވީމަ މައްސަލައެއް ދިމާނުވޭ. އެކަމަކު މަންމަމެން ކާފަމެން ތިބެނީ އަދިވެސް ފާޑަކަށް." ދޮންބެތައްދަ، ކިޔައިދިނެވެ.

"އެހެންތަ؟ ރިޔާ ވެސް ހިޔެއް ނުވޭ ޤަބޫލުކުރާހެން." އަހަންނަށް ހިނިތުންވެލެވުނެވެ.

"އާން. އެއީތާ ނަސީބަކީ! އެކަމަކު މަންމަމެން ހީކުރަނީ އަހަރުމެންނަށް ކިޑެއް ނުލިބެނީ އެހެންވެކަމަށް." ދޮންބެދައްތަ ވަރަށް މާޔޫސީ ރާގެއްގައި ބުނެލި އެވެ.

"އެހެންތަ؟" އަހަންނަށް ބުނާނެ އެއްޗެއް ވެސް ނުވިސްނުނެވެ.

"އެކަމަކު އަހަރުމެން ޕްލޭން އޮތީ ޓޫ އިޔަރސް ފަހުން ކިޑަކަށް ޓްރައިކުރަން ވެސް. އަދި މިވީ ފައިވް މަންތުސް. އަދި ކިޑެއް ނުލިބިގެން އުޅޭ ވަރެއް ވެސް ނޫނެއްނު ދޯ. ދެން މަންމަމެން ޤަބޫލުކޮށްފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް."

ކޮފީތަށި ހިފައިގެން އަހަރެން އިށީނދެލީމެވެ. ދޮންބެދައްތަގެ ވާހަކައިގައި ބައިވެރިވެލާ ހިތްވާތީ އެވެ.

"ނިޒޫ ވާނެ ހިތްވަރުކޮށްލަން. ފުރަތަމަ ދުވަސްކޮޅު ވަރަށް އުނދަގޫވެދާނެ. ފަހުން އޯކޭ ވާނެ. ކަމެއް ދަމެއް ގޯސްވަންޏާ އަހަންނާ ޝެއަރކޮށްލާތި. މަންމަމެންގެ މިޒާޖު ކުޑަކޮށް ތަފާތު ވާނެ. އަސްލު ހަގީގަތަކީ މަންމައަކީ ވަރަށް ރަނގަޅު މީހެއް. ދަރިންނަށް ވަރަށް އޯގާތެރި ވެސް މީހެއް،" ދޮންބެދައްތަ އަހަރެންގެ އަތުގައި ހިފައިލި އެވެ. "މައްސަލައަކީ މި ގަބޫލުކުރާ ގަބޫލުކުރުންތަކެއް. އެކަމާ ހެދި ކަންކަން ބަދަލުވަމުންދަނީ."

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox