އާރްޓީއައި ރިޕޯޓު: މައުލޫމާތު ފުރިހަމައަށް ހާމަކުރީ އެންމެ ހަތަރު އިދާރާއެއް

އާރްޓީއައި ރިޕޯޓު: މައުލޫމާތު ފުރިހަމައަށް ހާމަކުރީ އެންމެ ހަތަރު އިދާރާއެއް

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތުތައް ފުރިހަމައަށް ހާމަކުރަނނީ ދައުލަތުގެ އެންމެ ހަތަރު އިދާރާކަން ދިރާސާއަކުން ހާމަވެއްޖެ އެވެ.

ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހިފަހައްޓާކަން އެނގުނީ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އަދި ޒިންމާދާރު ޕްރޮޖެކްޓް ގުޅިގެން ދައުލަތުގެ ޖުމްލަ 73 އިދާރާއެއްގެ މައުލޫމާތު ހޯދުމަށް ހިންގި އެސެސްމެންޓަކުންނެވެ.

އާރްޓީއައި ގާނޫނުގެ ދަށުން މައުލޫމާތު އާންމު ކުރި ހަތަރު އިދާރާއަކީ އެލެކްޝަންސް ކޮމިޝަނާއި ޓެކްސް އެޕީލް ޓްރައިބިއުނަލާއި އިންފޮމޭޝަން ކޮމިޝަނާސް އޮފީސް އަދި ޕެންޝަން އޮފީހެވެ.

ޒިންމާދާރު ޕްރޮޖެކްޓަކީ އަމިއްލަ ފަރުދެއް ކަމަށްވާ އައިމަން ލަތީފް އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

އާރްޓީއައި ރިޕޯޓު އާންމުކުރުމަށް މިއަދު ބޭއްވުނު ހަފުލާގައި އައިމަން ވަނީ ތިން ބުރެއްގެ މަތިން ކުރިން ބުނި 73 އިދާރާއަކުން މައުލޫމާތު ހޯދުމަށް އެދުނު އެދުމަށް އެ އިދާރާތަކުން ޖަވާބު ލިބުނު މިންވަރާއި އެކަމަށް ހޭދަވި މުއްދަތުގެ ތަފުސީލު ހިއްސާކޮށްފަ އެވެ.

އެގޮތުން ނޮވެމްބަރު 2021، ފެބްރުއަރީ، 2022، އަދި އޭޕްރިލް، 2022، ގައި އެ އިދާރާތަކަށް ވަނީ އާރްޓީއައި ރިކުއެސްޓުތަކެއް ފޮނުވާފައި ކަމަށް އޭނާ ބުންޏެވެ. މައުލޫމާތު ހޯދުމަށް އެދުނު ކޮންމެ ބުރަކުވެސް އެދުނީ މައުލޫމާތު ދިނުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާ އަކުންނެވެ.

އެ ޕްރޮޖްކްޓުގެ ދަށުން އިދާރާތަކުން މައުލޫމާތަށް އެދުމުގެ އިތުރުން ކޮންމެ އިދާރާއަކަށް ވެސް ވަނީ ހާއްސަ ގައިޑެއް ހުށަހަޅާފަ އެވެ. އެ ގައިޑުގައި އެ އިދާރާތަކުން މައުލޫމާތު ދެމުންދާ މިންވަރާއި، މައުލޫމާތު ދިނުން މަދު ދާއިރާތަކާއި މައުލޫމާތު ދިނުން ރަނގަޅު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފަ އެވެ.

އެ ރިޕޯޓަށް ފުރަތަމަ ރިވިއުއެއް ނޮވެމްބަރު، 2022، ގައި ހަދާފައިވާއިރު އެ ރިވިއުއިން ދައްކާގޮތުން އެދުމާއި އެއްގޮތަށް މައުލޫމާތު ފޯރުކޮށްދިނީ 30.9 އިދާރާ އެވެ. ނަމަވެސް މި އަހަރުގެ ޖޫން މަހު ހެދުނު ދެ ވަނަ ރިވިއުއިން ދެއްކި ގޮތުން އެ ޕަސެންޓޭޖް ވަނީ 47.6 އަށް އުފުލިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox