ހުލާސާކޮށް އިއްޔެ: އެފްކޮންސްގެ ސާވޭ ބަލައިނުގަންނާނެ ކަމަށް އީޕީއޭއިން ބުނުން

ހުލާސާކޮށް އިއްޔެ: އެފްކޮންސްގެ ސާވޭ ބަލައިނުގަންނާނެ ކަމަށް އީޕީއޭއިން ބުނުން

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ، ލިބުނު ގެއްލުންތައް ވަޒަން ކުރުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހެދި ސާވޭ ގަބޫލުނުކޮށް، އެ ކުންފުނިން އަމިއްލައަށް ސާވޭ ކުރިއަސް އެ ގަބޫލު ނުކުރާނެ ކަމަށް އީޕީއޭއިން ބުނީ އިއްޔެ އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް އިއްޔެ "އަދަދު" އަށް ވިދާޅުވީ މިފަދަ ހާދިސާތަކުގައި ޝާމިލުވާ ކުންފުނިތަކަށް އަމިއްލައަށް ސާވޭ ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. ނަމަވެސް އަމިއްލައަށް ސާވޭކޮށްގެން، މަރުހަލާ ދިގުދަންމާލާކަށް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވަޒަންކޮށް، ޖޫރިމަނާ ކުރުމުގައި ބަލާނީ އިންޝުއަރެންސްއާ ގުޅިގެން އީޕީއޭއިން ހަދާ ސާވޭއަށް ކަމަށް ނައީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެފްކޮންސްއިން އަމިއްލައަށް ސާވޭ ކުރި ނަމަވެސް, އެ ސާވޭ އީޕީއޭއިން ގަބޫލު ކުރަން ނުޖެހޭ ކަމަށެވެ.

ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތައް ހޯދުމަށް އީޕީއޭއިން ހެދި ސާވޭ އެފްކޮންސްއަށް ކަމުނުދިޔަ ސަބަބެއް ސާފެއް ނުވެ އެވެ. އީޕީއޭގެ ސާވޭ ކަމުނުގޮސްގެން އެފްކޮންސްއިން އަމިއްލައަށް ސާވޭ ހެދުމަށް އެދުމުން، އީޕީއޭއިން ވަނީ އެ ކުންފުނިން ސާވޭ ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމު ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ. ފަރަށް ލިބުނު ގެއްލުންތައް ސާވޭކުރިއިރު، ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފަ އެވެ.

ފަރަށް ލިބުނު ގެއްލުންތައް ދަނެގަތުމަށް އީޕީއޭއިން ހެދި ސާވޭ ކަމުނުގޮސްގެން އަލުން ސާވޭ ހެދުމަށް އެދުމުން އެ ފުރުސަތު ދިން އިރު، ވަކި ގައުމެއްގެ ކުންފުންޏަކަށްވީތީ ވަކި ގޮތަކަށް އަމަލު ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މާލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއްކޮށްގެން ސަރުކާރުން ހިންގާ ޕްރޮޖެކްޓެވެ. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރައްޔިތުންގެ މަޖިލީހުގެ ގޯތި ތެރޭގައި ފާޅުގައި (މެމްބަރުންތަކެއް ނުވަތަ މެމްބަރަކު) މަސްތުވާތަކެތި ބޭނުންކުރާ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަަރީފު ތުހުމަތުކުރެއްވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ތުހުމަތުތައް ދޮގުކުރެއްވީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަކުރުމަށް މަގުފަހިކޮށްދިން ކަމަށް ތުހުމަތުކޮށް، އޭރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އައިޝަތު އާޒިމާ ޝުކޫރަށް ކުރާ ދައުވާގައި އޭނައާ ދެކޮޅަށް ދައުލަތުން ހެއްކެއް ގޮތުގައި ހުށަހަޅާފައިވާ ޔާމީންގެ ނަން ބަލައިނުގަތުމަށް އެދުނީ އިއްޔެ އެވެ.
  • ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި ހާދިސާގެ މަންޒަރު ދުށް ބައެއް މީހުންގެ ހެކިބަސް ޝަރީއަތަށް ދިނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން ވިދާޅުވީ:

ޗައިނާ-ދިވެހިރާއްޖެ ގުޅުން ވެފައި މިވަނީ، ތަފާތު ނިޒާމުތަކާއި ސަގާފަތްތައް އޮންނަ ގައުމުތަކުގެ ދެމެދުގައި އެކުވެރިކަމާ އެކު މުއާމަލާތްތަކާއި ދެފަރާތަށް ފައިދާކުރަނިވި ގޮތަކަށް ގުޅުން ބޭއްވުމުގެ ރަނގަޅު މިސާލަކަށް،

ދުވަހުގެ ފޮޓޯ

މާލޭ ހުޅަނގު ފަރާތު ނެރުން ތެޔޮ ބޯޓެއް ވަންނަން މަސައްކަތްކުރަނީ. މި ދުވަސްވަރަކީ ވައިގަދަވެ ކަނޑުތައް ގަދަ ދުވަސްވަރެއް. މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެފައިވާއިރު ކަނޑުމަތީގައި ހަރަކާތްތެރިވާއިރު އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މާލޭ ހުޅަނގު ފަރާތު ނެރުން ތެޔޮ ބޯޓެއް ވަންނަން މަސައްކަތްކުރަނީ. މި ދުވަސްވަރަކީ ވައިގަދަވެ ކަނޑުތައް ގަދަ ދުވަސްވަރެއް. މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެފައިވާއިރު ކަނޑުމަތީގައި ހަރަކާތްތެރިވާއިރު އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލޭ ހުޅަނގު ފަރާތު ނެރުން ތެޔޮ ބޯޓެއް ވަންނަން މަސައްކަތްކުރަނީ. މި ދުވަސްވަރަކީ ވައިގަދަވެ ކަނޑުތައް ގަދަ ދުވަސްވަރެއް. މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެފައިވާއިރު ކަނޑުމަތީގައި ހަރަކާތްތެރިވާއިރު އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox