ދައުލަތުގެ ހެއްކަކަށް ޔާމީން ހުށަހަޅާތީ އާޒިމާގެ އިއުތިރާޒު

އާޒިމާ ޝަކޫރު މިއަދު ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ވަޑައިގެން

އާޒިމާ ޝަކޫރު މިއަދު ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ވަޑައިގެން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަކުރުމަށް މަގުފަހިކޮށްދިން ކަމަށް ތުހުމަތުކޮށް، އޭރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އައިޝަތު އާޒިމާ ޝުކޫރަށް ކުރާ ދައުވާގައި އޭނައާ ދެކޮޅަށް ދައުލަތުން ހެއްކެއް ގޮތުގައި ހުށަހަޅާފައިވާ ޔާމީންގެ ނަން ބަލައިނުގަތުމަށް އެދިއްޖެ އެވެ.

ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަގާމު ވެސް ފުރުއްވި އާޒިމާ ޝުކޫރަށް ކުރާ މި ދައުވާއަށް ހަތަރު އަހަރު ވެގެން ދިޔައިރު، ޝަރީއަތް އަދި އޮތީ ޝަރީއަތުގެ ކުރީގެ މަރުހަލާގަ އެވެ. މިއަދު ކުރިއަށް ގެންދިޔައީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށެވެ.

ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނެތް އިރު، އާޒިމާގެ ފަރާތުން ހަތަރު ހުށަހެޅުމެއް ހުށަހަޅާން ނިންމާފައިވެ އެވެ. އޭގެ ތެރެއިން މިއަދު ހުށަހެޅީ ދެ ހުށަހެޅުމެކެވެ.

Advertisement

އެއިން އެއް ހުށަހެޅުމަކީ ދައުލަތުން އާޒިމާއާ ދެކޮޅަށް ހެކިބަސް ދިނުމަށް ހުށަހަޅާފައިވާ ޝަފައީ ހެކިން ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

އާޒިމާގެ ގާނޫނީ ވަކީލު ފަޒްނާ އަހުމަދު ވިދާޅުވީ އާޒިމާއަށް ކުރާ ތުހުމަތުގެ މައިގަނޑު ކުށް ދައުލަތުން ނިސްބަތް ކުރަނީ ޔާމީނަށް ކަމަށެވެ. ނަމަވެސް ޔާމީނަށް އެ ކުށުގައި އުފުލާފައިވާ ދައުވާ ދައުލަތަށް ސާބިތުނުކޮށްދެވޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރަށް ކުށުގެ މައިގަނޑު އަމަލު ހިންގި ކަމަށް ތުހުމަތު އޮތް މީހަކަށް، އޭގައި ބައިވެރިވާ އެހެން މީހަކާ ދެކޮޅަށް ހެކިބަސް ދިނުމަކީ ޝަރުއީ އަދި ގާނޫނީ ހަމައަކުން ބަލާނަމަ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފަޒްނާ ވިދާޅުވި އެވެ.

ޔާމީންގެ އިތުރަށް، ދެން ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ބަލައިގަތުމަށް އާޒިމާ އިއުތިރާޒްކުރައްވާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ.

ލުތުފީ ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް އެދޭ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، އޭނައަށް ބިރު ދައްކާ ބަޔަކު އިންޒާރު ދެމުންދާ ކަމާއި، އެ ކަމާ ހުރެ ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް އޭނާ ބުނެފައިވާތީ އެއީ ޝަރީއަތަށް މިނިވަން އަދި އަދުލުވެރި ހެކިބަހެއް ދެވޭނެ މީހެއް ކަމަށް ނުބެލެވުމެވެ.

ޝަރީފް ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް އެދޭ ސަބަބެއްގެ ގޮތުގައި އާޒިމާގެ ވަކީލު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް އޭނާ ދޮގު ބަޔާން ދީފައި އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރާތީވެ، އޭނާއަށް ވެސް އަދުލުވެރި ހެކިބަހެއް ދެވޭނެ ކަމާ މެދު ސުވާލު އުފެދޭތީ ކަމުގަ އެވެ.

ދައުލަތުން ރައްދުގެ ލިޔުން ހުށަހެޅީ ދެ މަސް ފަހުން، ބޮޑު ބަހުސަކަށް

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި އޮންނަ ގޮތުން، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް އެއް ހަސްމަކުން ހުށަހަޅާތާ ދެ ދުވަސް ތެރޭގައި އަނެއް ހަސްމަކުން އޭގެ ޖަވާބު ލިޔުމުން ހުށަހަޅަން ޖެހޭނެ އެވެ.

އާޒިމާގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ލިޔުމުން ކޯޓަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގަ އެވެ. ނަމަވެސް އޭގެ ރައްދު ލިޔުމުން ދައުލަތުން ހުށަހަޅާފައިވަނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

އާޒިމާގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ދެވަނަ ހުށަހެޅުން ހުށަހެޅުމާއެކު، ޝަރީއަތުގެ ސަމާލު ކަމަށް މި ކަން ގެނައީ ވެސް އާޒިމާ އެވެ. ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް އޮތް އާޒިމާ ވިދާޅުވީ މުއްދަތު ފަހަނަ އަޅާ ދިޔަ ފަހުން ހުށަހެޅުމުން ދައުލަތުން ދީފައިވާ ރައްދު ޝަރީއަތުން ބަލައިގަނެގެން ނުވާނެ ކަމަށެވެ.

އޭގެ ޖަވާބުގައި ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ އެ ގަވާއިދުގައި "އަނގަ ބަހުން" ވެސް ރައްދު ދެވޭނެ ކަމަށް އެބަ އޮތް ކަމަށާއި، މުއްދަތެއް ލިޔެފައިވަނީ ލިޔުމުން ރައްދު ހުށަހެޅުމަށް ކަމަށެވެ. އެހެންވެ އަދިވެސް އެ ފުރުސަތު ދައުލަތަށް ބަންދު ނުވާ ކަމަށެވެ.

އޭގެ ރައްދުގައި އާޒިމާ ވިދާޅުވީ ދައުލަތުން ވެސް މުއްދަތުގެ ފަހުން ލިޔުން ހުށަހެޅިކަމަށް އެއްބަސްވާތީ ދެން އެ ލިޔުންތައް ޝަރީއަތަށް ބަލައިގަނެވިގެން ނުވާނެ ކަމަށެވެ. އަދި އަނގަ ބަހުން ރައްދު ދެވޭނެ ކަމަށް އޮތް މާއްދާގެ ތަރުޖަމާއަކީ ލިޔުމުން ހުށަހެޅި ހުށަހެޅުން ޝަރީއަތުގައި އަނގަ ބަހުން ދިނުމަށް ކަމަށެވެ.

އާޒިމާގެ ވަކީލު އަލީ ސައީދު ވެސް ވިދާޅުވީ ގަވާއިދުގެ ދަށުން އާންމުކޮށް ކޯޓުން އަމަލުކޮށްފައިވާ އުސޫލަކީ ވެސް ލިޔުމުން ހުށަހެޅުން ކަމަށާއި އެ ކަމަށް ވަކި ހާއްސަ ފޯމެއް ވެސް އޮންނަ ކަމަށެވެ. އަދި ލިޔުމުން ހުށަހެޅުމަށް ފަހު، ފަހުން ޝަރީއަތުގައި އަނގަބަހުން ފާހަގަކުރުމަކީ އަބަދުވެސް އަމަލުކުރާ ގޮތް ކަމަށެވެ.

އެ ކަމާ މެދު ގޮތެއް ނިންމުމަށް ގާޒީ ކުޑަ ވަގުތުކޮޅަކަށް ޝަރީއަތް މެދުކަނޑާލި އެވެ. ޝަރީއަތް މެދުކަނޑާލުމަށް ފަހު، އިދާރީ މޭޒުން ސާފުކުރިއިރު އެ ލިޔުންތައް ކޯޓުގެ އިދާރާއިން ބަލައިގަތީ އިދާރީ އޮޅުމަކުން ކަން ސާފުވި އެވެ. އެހެންވެ ދައުލަތުގެ ލިޔުންތައް ބަލައިނުގަންނަން ގާޒީ ނިންމެވި އެވެ.

ނަމަވެސް އެ ހުށަހެޅުންތަކާ މެދު އަނގަ ބަހުން ރައްދު ދިނުމަށް ދައުލަތަށް ފުރުސަތު ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އާޒިމާގެ ދެ ވަކީލުން ބައިވެރިވާން ޖެހޭ އެހެން ޝަރީއަތެއްގެ ވަގުތު ޖެހޭތީވެ، ޝަރީއަތުގެ ދެން އޮތް ބައި އެހެން ދުވަހަކުން ކުރިއަށް ގެންދިއުމަށް ދެން އެދުނެވެ. އެ ކަމަށް ދައުލަތުން ވެސް އިއުތިރާޒު ނުކުރާތީ، އެހެން ދުވަހަކުން ނިމުނު ހިސާބުން ފަށައިގެން ކުރިއަށް ގެންދާ ގޮތަށް މިއަދުގެ އަޑުއެހުން ނިންމައިލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox