ރީބްރޯޑްކާސްޓަރުންގެ މެދުގައި ތަފާތުކުރުން ނައްތާލުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

މެންބަރު ޝިޔާމް؛ ރީބްރޯޑުކާސްޓަރުންގެ މެދުގައި ތަފާތުކުރުން ނައްތާލުމަށް ގޮވާލާ އިދިކޮޅުން ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެންބަރު ޝިޔާމް؛ ރީބްރޯޑުކާސްޓަރުންގެ މެދުގައި ތަފާތުކުރުން ނައްތާލުމަށް ގޮވާލާ އިދިކޮޅުން ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބްރޯޑްކާސްޓަރުންގެ މެދުގައި ހުރި ތަފާތުކުރުންތައް ނައްތާލައި ވާދަވެރި އިންސާފުވެރި މާހައުލެއް ބިނާކުުރުމަށް ދިމާވާ ހުރަސްތައް މަޖިލީހުގެ އިންކުއަރީއަކުން ދެނެގަނެ އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ގޮވާލުމަށް އިދިކޮޅުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގެ ބަދަލުގައި "ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކެއްގައި" ޖެހި، މީޑިއާނެޓަށް މާލީ މަންފާތަކެއް ހޯދުމަށް މަސައްކަތް ކުރަމުން ދާކަމުގެ ތުހުމަތު ކޮށްފަ އެވެ.

"....ވަކި ފަރާތްތަކަކަކަށް ކަނޑައެޅިގެން ނުހައްގު ނާޖާއިޒް މަންފާތައް ލިބޭނެ ފަދައިން ގާނޫނުން އެ ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހަދާފައިވާ ރީބްރޯޑްކާސްޓުކުރުމުގެ ގަވައިދަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލުތަކާއި ބްރޯޑްކާސްޓުކުރުމުގެ ގާނޫނާ ކަނޑައެޅިގެން ހިލާފު ގަވައިދެއް،" ގަރާރުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ދިރާގުން ކޭބަލް ޓީވީގެ ހިދުމަތް ދޭން ފެށުމުން މީޑީއާނެޓަށް ކުރިމަތިވި ވާދަވެރިކަން ނައްތާލުމަށް ވެސް އެ ގަވައިދުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކޮށް، ރިސޯޓުތަކުގައި ވެސް މީޑިއާނެޓު މެދުވެރިކޮށް ނޫނީ ހިދުމަތް ނުދެވޭނެ ގޮތަށް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ "ވަކި ބަޔަކަށް ނާޖާއިޒް ފައިދާ" ލިބޭނެ ކަމެއް ކަމުގައި ބަޔާންކޮށްފައިވެ އެވެ.

ގަރާރުގައި ވަނީ ކުރިއަށް އޮތް ފީފާ ވޯލްޑު ކަޕު ދައުލަތުގެ މީޑިއާއިން ބެލޭނެ ކަން ގިނަ ރައްޔިތުން ކަށަވަރު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ވީއިރު، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހިދުމަތް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި އޮތުމަށް ވިޔަފާރީގެ ހަމަހަމަ ފުރުސަތުތަކެއް އޮތުން މުހިންމު ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox