ދިގު ވާހަކަ: ކެތްކުރާނަން

ދިގު ވާހަކަ: ކެތްކުރާނަން

އަހަންނަކީ ރިޔާޒުގެ އަލަތު އަނބިމީހާ އެވެ. ކާވެންޏަށް އަދި މިވީ ހަފުތާއެކެވެ. އަހަރުމެންގެ ކާވެނީގެ ގޮށް ޖަހައިލެވުނީ މާލޭގަ އެވެ. ނަމަވެސް ރިޔާޒު ބޭނުންވީ ދިރިއުޅުން އޭނާގެ ރަށަށް ބަދަލުކުރާށެވެ.

މައްސަލަތައް ފުނި ޖެހެން ފެށުނީ އެހައި ހިސާބުންނެވެ. އަހަންނަކީ އުތުރުގެ ރަށަކަށް ނިސްބަތްވާ މީހަކަށް ވެފައި ރިޔާޒަކީ ހައްދުންމަތީގެ މީހަކަށް ވުމަކީ ހުރިހާ މައްސަލައެއްގެ ފެށުމެވެ. ނަމަވެސް، އެއީ އަހަރުމެން އަމިއްލައަށް ލިބިގަތް ކަންކަމެއް ނޫނެވެ. މައްސަލައަކީ ޒަމާނުއްސުރެ މީހުން ގަބޫލުކުރަމުން އައި ގޮތެވެ. މީހުން ދެކެމުން އައި ގޮތެވެ. ގައިގެ ކުލައާއި ސިފަ އަޅާ ކިޔުމެވެ. ފެންވަރުގެ ގޮތުން އަހަރުމެން ދަށްވުމެވެ. ނަމަވެސް، އެއީ މުޅީން ކުށް ހީތަކެވެ. އަސްލެއް ނެތް ވާހަކަތަކެވެ.

އަހަރުމެންނަކީ ދިވެހިންނެވެ. މުސްލިމުންނެވެ. އަހަރުމެންގެ ދީނަކީ ހަމަހަމަކަމަށް ގޮވާލި ދީނެވެ. ތަފާތުކުރުންތައް ނެތްކަން ހާމަކޮށްދިން ދީނެވެ. ނަސްލީ ތަފާތުކުރުންތައް ނައްތައިލި ދީނެވެ. އެހެންވީމާ މި ޤައުމު ހިނގަންވާނީ އިސްލާމީ ރިވެތި އުސޫލުތަކުންނެވެ. އުތުރެއް ދެކުނެއް އެކަމުގައި ނޯންނާނެ އެވެ. ހަމުގެ ކުލައެއް ފަގީރުކަމެއް މުއްސަނދިކަމެއް އޮވެގެން ނުވާނެ އެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަކުން އެ ފަރަގެއް ނުފެނެ އެވެ. ވީއިރު މީހުން މި ގެންގުޅެނީ ކޮން ނަސްލީ ފަރަގު ކުރުންތަކެއް ހެއްޔެވެ؟ ކޮން ނަސްލީ އަރައިރުން ތަކެއް ހެއްޔެވެ؟ މިވަރުން ދާނަމަ މި ނިކަތިލުންތައް މިގައުމަށް ފާވެ ހަރުފަތަކެއް ފަދައިން މަގުމަތީގައި ނުދުވާނެ ހެއްޔެވެ؟

Advertisement

"އަހަންނަކަށް އެހެން ކިޔާ އަޑެއް ނީވޭ. ތި ނިޒޫއަށް ހީވާ އެއްޗެއް. ގައިމު ވެސް މިގޭ މީހަކު ތި ކަހަލަ ވާހަކައެއް ނުބުނާނެ. ބުނި އަޑެއް ނާހަން." އާއިލާގެ މެންބަރުންގެ ދިފާއުގައި ރިޔާޒު ތެދުވި އެވެ.

"އަހަންނަށް އެތައް ފަހަރަކު އިވިއްޖެ. ބުނާން ވެސް ބުނެފި. އަހަރުމެން ރަށު މީހުންނަކީ މިވެނި ކަހަލަ ބަޔެކޭ. ލައިގެން އުޅެނީ މިވެނި ކަހަލަ އެއްޗެއްސޭ. އަތްފައިގައި ގަހަނާއެއް ނުހުރެޔޭ، ފަގީރޭ ނިކަމެއްޗޭ."

ސީދާ އެހެން ބުނި މީހާގެ ނަން ބުނަން އަހަރެން ދެކޮޅު ހެދީމެވެ. މަސްލަހަތަށް ޓަކަ އެވެ. އާއިލީ ހަމަނުޖެހުމެއް އުފެދިދާނެ ކަމަކަށް އެކަން ވެދާނެތީ އެވެ. މައްސަލަތައް ފެށެނީ އަހަރެންގެ ފުށުންނޭ ބުނެފާނެތީ އެވެ.

"އެއީ ހުސް މަޖާކަންނޭނގެ. ދެން އެކަމާ އަޅައިނުލައި،" ރަށަށް ދާން ފުރަން މަތިންދާ ބޯޓަށް އަރައި ހަމަޖެހިލައި ޝީޓުބެލްޓު އަޅުވަމުން ރިޔާޒު ބުނެލި އެވެ. "އަދި ހަނދާން ނެތިފަ މިހުރީ ވެސް. ތިހެން ބުނީމަ ކުއްލިއަކަށް މި ހަނދާންވީ. އަހަރުމެންގެ ރަށު މީހުންގެ ހުންނާނެ ސަގާފީ ގަބޫލުކުރުން ތަކެއް އިނގޭ. ނިޒޫ ޖެހޭނެ އެކަންކަމަށް ހޭނެން. އަވަހަށް އެކަންކަން ދަސްކޮށްލަން. އެހެން ނޫނީ މީހުން ކުދި ކިޔާނެ. ފާޑު ކިޔާނެ. މީހުންގެ އަނގަޔަށް ވެއްޓިއްޖެ ނަމަ ދިރިއުޅުން އޮޔާލާނެ. ބޮއްސުންލާނެ. އަހަރުމެން ކިތައްމެ ލޯބި ވިޔަސް އެކަންތައް ވެދާނެ އަހަރުމެންގެ ދިރިއުޅުމަށް ވިހަލާނެ ހަރުފައަކަށް."

ބޯޓުގައި އިން އިރު ވެސް އަހަންނަށް ވިސްނެމުން ދިޔައީ ރިޔާޒު އެދެއްކި ވާހަކަ އަށެވެ. ހިތަށް އަރަމުން ދިޔައީ މި ކުރިމަތި ލެވެނީ އިމްތިހާނަކާ ކަމެވެ. ކުރިން ދަސްކޮށްފައި ނުވާ ފިލާވަޅުތަކަކުން ކުރިމަތިވާ އިމްތިހާނަކާ ކަމެވެ.

"ކޮންކަމެއްތަ؟ ބުނީމައެއްނު އެނގޭނީ ވެސް؟" އަހަންނަށް ނީނދެވިގެން އަހައިލެވުނެވެ.

"ދެން ހުރިހާ ކަމެއް ވެސް. ކައިވެނިކޮށްގެން ގެއަށް ގެންދެވޭ އަންހެން މީހާ ގެއަށް ވައްދާނީ ވެސް އެކަމަށް ހާއްސަ ރަސްމިއްޔާތެއްގައި ގޭގެ އެންމެ ދޮށީ ފިރިހެން މީހާ ލައްވާ. މިސާލަކަށް ބައްޕަ ނެތް ނަމަ ބޮޑުބޭބެ." ރިޔާޒު ހިނިތުންވެލިއެވެ.

"އެ ކޮންކަމެއް؟ މި އިންޑިޔާތަ؟" އަހަންނަށް އެކަން ބަލައި ނުގަނެވުނެވެ.

"ދެން އެއީ އަހަރުމެންގެ ރަށު މީހުންގެ ސަގާފަތް. އާދަކާދަ. އެއަށް އެއްޗެއް ބުނެފިނަމަ ގޯސްވާނީ." ރިޔާޒު އަހަރެންގެ އަތުގައި ހިފައިލި އެވެ.

އޭރު އަހަރުމެން ގޮވައިގެން ބޯޓު ވައިތެރެއަށް އުދުހި ގަންނަނީ އެވެ. އަހަންނަށް ބާރުބާރަށް ރިޔާޒުގެ އަތުގައި ހިފައިލެވުނެވެ. އޭނާގެ މުލައްދަނޑީގައި އޮޅުލައިގަނެވުނެވެ. އަހަންނަކީ އަބަދުވެސް މަތިން ދަތުރުކުރާން ބިރުގަންނަ މީހެކެވެ. ޖެހިލުންވާ މީހަކީމެވެ. ބޯޓު ވައިގެ ތެރެއަށް އުދުހެން ފެށުމަށްފަހު ޖައްސަންދެން އަހަންނަށް އުޅެވޭނީ ފާޑަކަށެވެ. ހީވާނީ ނޭވާ ހާސްވާހެންނެވެ. މީހާ ކުޑަވަމުން ގޮސް ވެލިފުކަކަށް ވާން އުޅޭހެންނެވެ. ނޫނީ ބޮލުގައި ބޮޑު ބަރެއް ބާއްވައިގެން އިނދެވޭހެންނެވެ. އެކަން ރިޔާޒަށް ވެސް އެނގޭނެ އެވެ. އޭނާ އިނީ އެކަމަށް ތައްޔާރު ވެގެންނެވެ. އެހެންވެ އޭނާގެ ކޮނޑުގައި އަހަރެންގެ ބޯ އަޅައިލަން ފުރުސަތު ފަހިކޮށްދިނެވެ. އިސާހިތަކު އަހަންނަށް ނިދުނެވެ. ނިދުނީއެއް ނޫނެވެ. ބޭހުގެ ބާރުން ނިންދަވާލީ އެވެ. އާއެކެވެ. އަހަރެން ބޯޓަށް އެރުމުގެ ކުރިން ނިދާ ބޭހެއްގެ އެއްބައި ކައިލީމެވެ.

ހޭލެވުނީ ރިޔާޒު ދެފަހަރަކު މޫނުގައި ޖަހައިލުމުންނެވެ. އޭރު ވެސް ހުރީ ނިންޖަށް ބަރުވެފަ އެވެ. ލޯ ހުޅުވާލެވުނީ ގަދަކަމުންނެވެ. ބޯޓުން ފައިބަންވީ ކަމަށް ރިޔާޒު ބުންޏެވެ. ދެފަހަރަކު އެހެން ބުނި އިރު ވެސް އަހަންނަށް އިނދެވުނީ އެވެ. އޭރު ބޯޓުގައި ނުފައިބެ ތިބީ އަހަރުމެން ދެމީހުން އެކަންޏެވެ. އަހަރެންގެ އަތަށް ރިޔާޒު ދަމައިލި އެވެ. އަހަންނަށް ތެދުވެވުނީ ގަދަކަމުންނެވެ.

ދެން އޮތީ އަހަރެން އެންމެ ބިރުގަންނަ ކަމެވެ. ކަނޑުމަގުން ދަތުރު ކުރުމެވެ. ރިޔާޒުމެންގެ ރަށަށް ދެވޭނީ އެއަރޕޯޓު އޮންނަ ރަށުން ވިއްސަކަށް މިނެޓުގެ ދަތުރަކަށް ފަހުގަ އެވެ. އެވެސް ސްޕީޑު ލޯންޗުގަ އެވެ. ރަށުގެ ޖެޓީއާ ހަމައަށް ދެވުނު އިރު ވެސް އަހަރެން ހަމައަކަށް ނޭޅެ އެވެ. ޖެޓީއަށް އެރި އިރަށް މޫނުގައި ބީހެމުން ދިޔަ ވައިރޯޅިތަކުގެ ސަބަބުން ކޮންމެ ވެސް ވަރެއްގެ ތާޒާކަމެއް ލިބެމުން ދިޔަ އެވެ.

"މާބޮޑަށް ހާސް ނުވެބަލަ. ލޯންޗަށް އަރައިފަ އޮށޯވެލާނީ. ހޭލާއިރު ރަށަށް ދެވޭނެ." އަހަރެންގެ އަތުގައި ހިފައި ލޯންޗަށް އަރުވަމުން ރިޔާޒު ބުނެލި އެވެ.

އަހަރެން ކަންތައް ކުރީ ރިޔާޒު ބޭނުންވި ގޮތަށެވެ. ހޭލެވުނީ ލޯންޗު މަޑުކޮށްލީމަ އެވެ. އަހަންނަށް ތެދުވެވުނީ ވެސް ރިޔާޒު ގޮވާލީމަ އެވެ. ދެން އޮތީ އިމްތިހާނެވެ. އަލަށް ކުރިމަތިލާން ޖެހޭނީ ކިހާވަރެއްގެ ކަމެއް ކަން އަންދާޒާކޮށްލަން ވެސް ނޭނގެ އެވެ.

ރިޔާޒުމެންގެ ރަށަށް އަހަންނަށް މި އާދެވުނީ ވެސް އަލަށެވެ. އެ ސަރަހައްދުގެ އެއްވެސް ރަށަކަށް އަހަރެން ކުރިން ނުދަމެވެ. ދަތުރެއް ނުކުރަމެވެ. އެއީ އުތުރުގެ އަންހެނުން ބަލިކަށްޓޭ އެ ބުނާ ސަބަބުން ސަބަބަކަށް ވެސް ވެދާނެ އެވެ. އެންމެ މީހެއްގެ ފުށުން ފެންނަ ކަމަކީ މުޅި އެންމެންނަށް އާއްމުކުރެވޭނެ ކަމެއް ހެއްޔެވެ؟

އެހެންވެގެން ނުވާނެ އެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި އޮންނަނީ އެ ސަގާފަތެވެ. އެ އާދަކާދަ އެވެ. ރަށެއްގެ ދެތިން މީހަކު ކުރާ ކަމެއް މަޖާވެގެން އެކަންތައް މުޅި އާބާދީއަށް އާއްމުކޮށް މައްލަވަ ކުރުމެވެ. ރަށެއްގެ ބަޔަކަށް އޮޅިގެން ކުރާ ކަމަކަށް ޖޯކުޖަހައި އެ ރަށުގެ ސިއްކައަކަށް އެކަން ހެދުމެވެ. އެއީ ކިހާ ނާތަހުޒީބު ކަމެއް ހެއްޔެވެ؟ ކިހާ ބޮޑު ގަނާކުރުމެއް ހެއްޔެވެ؟ ނަމަވެސް އެއީ ދިވެހިންގެ ވިސްނުމުގައި ގޯސްކަމެއް ނޫނެވެ. ހަޑިކަމެއް ނޫނެވެ. އެއީ މުނިފޫހިފިލުވުމަށް ބޭނުންކުރާ އާލާތެކެވެ. ވަސީލަތެކެވެ. އަނެއް ބަޔަކު ދަށްކޮށްލަން ބޭނުންކުރާ ހަތިޔާރެކެވެ. ޒާތީ ތައަސުބަށް ފެންދޭން ގެންގުޅޭ ކަންވާރެކެވެ.

އަހަންނަކީ މިކަން ކަމަށް ދެކޮޅު ހަދާ މީހަކަސް ވަކި ފަރުދެއްގެ ހައިސިއްޔަތުން އަގެއް ނެތް މީހެކެވެ. ދައްކާ ވާހަކައިގައި ބުރައެއް ނެތް މީހެކެވެ. އެހެންވެ އަހަންނަށް ވެސް ޖެހޭނީ އެ ކަހަލަ ވާހަކަތައް ހަޖަމުކޮށްލާށެވެ. އެއްމިޔަކަނުން ހީނލައިގެން އެ ވާހަކަތަކުގައި ބައްދައިގެން ދެފައި ތަގުޑި ކޮށްލައިގެން އޮވެ ނިދައިލާށެވެ. ދިވެއްސަކަށްވީތީ އެވެ. ނިކަމެތި މަސްވެރިއެއްގެ ދަރިއަކަށް ވީތީ އެވެ. މަތީ މަގާމެއް ލިބިފައި ނުވާތީ އެވެ. ސިޔާސީ ކުޅިވަރަށް ހޭނުލާތީ އެވެ.

ކޮންމެ ގޮތެއްވީ ނަމަވެސް ކޮންމެ ބަޔެއްގެ މެދުގައި ވެސް ތަފާތު ތަކެއް ހުންނާނެ އެވެ. ގަބޫލުކުރުންތަކާއި ސަގާފަތާއި އާދަކާދައިގައި ވެސް ތަފާތުތަކެއް ހުންނާނެ އެވެ. ކޮންމެ ރަށަކީ ވަކި ޖަމާއަތެކެވެ. ކޮންމެ ޖަމާއަތެއްގައި ވަކި ހަމަތަކެއް، ވަކި އުސޫލުތަކެއް ހުންނާނެ އެވެ. އެކަން އަހަރެން ކިޔަވަނީ ހަމަ އެކަނި އަކުރުތަކަކުންނެވެ. ފޮތްތަކުންނެވެ. މިކަމުގައި ތަޖުރިބާ މަދުވާނެ އެވެ. ނަމަވެސް، މި ފަހަރު މި އޮތީ ޢަމަލީ ތަޖުރިބާ އެވެ.

ރިޔާޒުމެންގެ ރަށުގެ ފާލަން މައްޗަށް ފޭބެވުމާއެކު އަހަންނަށް ބަލައިލެވުނީ ވަށައިގެންވާ މާހައުލަށެވެ. ފެނުނީ ފިޔާތޮށި މާތަކެއް ފަދައިން ފޮޅިފައިވާ ހިނިތުންވުން ތަކެކެވެ. ހީވީ ދަތްއުނގުޅާ ބޭހުގެ އިޝްތިހާރެއް ހެންނެވެ. ކޮންމެ މީހަކު ވެސް ދަތްޕިލަ އަތަށް ލައިގެން ތިބި ކަހަލަ އެވެ. އަހަންނަށް ފުން ނަޒަރަކުން ބަލައިލެވުނެވެ. އެންމެން ތިބީ ކިލައިކުލައިގެ ފިޔާތޮށި ބުރުގާ އަޅައިގެން އިސްކޮޅާ ހަމައަށް އަންނަ ކަޅު ހެދުމުގަ އެވެ. ހީވަނީ ޔުނީފޯމެއް ލައިގެން ތިބިހެންނެވެ. އެ ހެދުމުގައި އެކަނި ވެސް ސާޅީހަކަށް އަންހެނުން ތިބޭނެ އެވެ. ރަށަށް ދާއިރު، އެ ކުލައިގެ ބުރުގާއެއް އަހަންނަށްދީ ކަޅު ހެދުމެއް ލާން ރިޔާޒު އެ ބުނީ މިހެންވެތާއޭ ހިތަށް އެރި އެވެ. ހިތާ ދެކޮޅަށް ނަމަވެސް އެކަން ކުރެވުނީތީ މިއަދު އަހަރެން އުފާކުރަމެވެ. ހިތްހަމަ ޖެހެވުނެވެ. އެހެންވެ، ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އިމްތިހާނުގެ ފުރަތަމަ ސުވާލުން ފާސްވެވިއްޖެ ކަމުގެ އިހުސާސްކުރެވުނެވެ.

އަހަރެންގެ ފައިގައި އެއްޗެއް ޖެހުނުހެން ހީވުމުން ސިހިފައި ބަލައިލެވުނެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox