ޕީޖީއަށް މިދިޔަ މަހު 214 މައްސަލަ

ޕީޖީ ޝަމީމާއި ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި--- ފޮޓޯ: އަދަދު

ޕީޖީ ޝަމީމާއި ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި--- ފޮޓޯ: އަދަދު

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕީޖީ އޮފީހުން އާއްމުކުރި ތަފާތު ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ އޮފީހަށް ތަހުގީގު އެކި އިދާރާތަކުން ޖުމްލަ 214 މައްސަލައިއެއްގައި ދައުވާކުރުމަށް ވަނީ ފޮނުވާފަ އެވެ.

އޭގެ ތެރެއިން 36 މައްސަލަ އެކި ސަބަބުތަކާހެދި ބަލައި ނުގަތުމަށް ނިންމާފަ ވާއިރު 70 މައްސަލައެއް އިތުރު މައުލޫމާތު ސާފުކުރަން ވަނީ އަނބުރާ ފޮނުވާލާފަ އެވެ. އަދި، ބަލައިގަތީ 60 މައްސަލަ އެވެ.

އެ މައްސަލަތަކުގެ ތެރެއިން ޑްރަގު ކޯޓުން މައްސަލަތައް ނިންމި ގޮތަށް ބަލާއިރު، މަސްތުވާތަކެތި ބޭނުންކުރުމުގެ 61 ދައުވާ އާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ހަ ދައުވާ އާއި މަސްތުވާތަކެތި މުއާމަލާތު ކުރުމުގެ ތިން ދައުވާގެ އިތުރުން މަސްތުވާތަކެތި ޕެޑްލްކުރުމުގެ ދެ ދައުވާއެއް މިދިޔަ މަހު ކޯޓުތަކަށް ހުށަހަޅާފައިވެ އެވެ.

އަދި ވައްކަން ކުރުމުގެ 20 ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ 14 ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ 14 ދައުވާ ކޯޓުތަަކަށް ހުށަހަޅާފައިވާ ކަމަށް ޕީޖީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޑްރަގް ކޯޓު ފިޔަވާ އެހެން ކޯޓުތަކުން ނިންމި މައްސަލަތަކުގެ ތެރެއިން 103 މައްސަލައިގައި ހުކުމް ކުރީ ކުށް ސާބިތުވާ ކަމަށެވެ. އެއީ ހުކުމްކުރި މައްސަލަތަކުގެ ތެރެއިން 76 ޕަސެންޓެވެ. އަދި، މިދިޔަ މަހު ހުކުމްކުރި މައްސަލަތަކުގެ ތެރެއިން 30 މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކޯޓުތަކުން ހުކުމްކުރިއިރު އެއީ ހުކުމްކުރި މައްސަލަތަކުގެ 22 ޕަސަންޓެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ދައުވާ ކުރި މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ކަނޑައަޅާފައިވެ އެވެ.

ޖިނާއީ ތަހުގީގު ނިންމައި ދައުވާކޮށްދޭން އިދާރާތަކުން ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން ފުލުހުން ވަނީ 202 މައްސަލަ ފޮނުވާފަ އެވެ. އޭސީސީއިން މިދިޔަ މަހު 10 މައްސަލަ ފޮނުވާފައި ވާއިރު، އެޗްއާރުސީއެމުން ފޮނުވާފައި ވަނީ ދެ މައްސަލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox