މާލެ ފެހި؛ ގަސްހައްދަން ބޭނުންވާ ސާމާނު ވެސް ލިބޭނެ

މާލެ ސިޓީ ކައުންސިލުން ހުޅުވި ގަސް ފިހާރަ "މާލެ ފެހި"؛ ގަސްހައްދަން ބޭނުންވާ ސާމާނުވެސް މިތަނުން ލިބޭނެ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ހުޅުވި ގަސް ފިހާރަ "މާލެ ފެހި"؛ ގަސްހައްދަން ބޭނުންވާ ސާމާނުވެސް މިތަނުން ލިބޭނެ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގެ "އެއް ލައްކަ ގަސް" ޕްރޮގްރާމުގެ ދަށުން މާލޭގައި ގަސް ފިހާރައެއް ހުޅުވައިފި އެވެ.

"މާލެ ފެހި"ގެ ނަމުގައި ހުޅުވި މި ފިހާރާގައި 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ވެސް ލިބެން ހުންނާނެ އެވެ. ރޭ ކާނިވާ ސަރަހައްދުގައި މި އައުޓްލެޓް ހުޅުވައި ދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މުއިއްޒު ވިދާޅުވީ މާލެ ފެހި އައުޓްލެޓަކީ މާލެ ސިޓީގެ އެއްލައްކަ ގަސް ޕްރޮގްރާމުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށެވެ. އޭނާ ވިދާޅުވީ 'މާލެ ފެހި' އަކީ ދެމެހެއްޓިނިވި، ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި، އޭގެ ތެރެއިން އާންމުންނަށް ގަސް ގަނެވޭ ގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ.

"މީގެ ސަބަބުން އަމއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތު ލިބިގެން ދާނެ," މާލެ ފެހިއާއެކު އެއްލައްކަ ގަސް ޕްރޮގްރާމު އިތުރަށް ފުޅާވެގެންދާނެ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް އެކި ފަރާތްތަކުން ގަސްތައް ގަތުމަށް އެދެމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ސިޓީ ކައުންސިލަށް ވެސް އާމްދަނީއެއް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެއްލައްކަ ގަސް ޕްރޮގްރާމުގެ ދަށުން މާލެ ސިޓީގެ މައިޒާންތަކާއި ޕާކުތައް ފެހި ކުރުމުގެ ގޮތުން ގަސް އިންދުމާއި ވިނަ އިންދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމަށް އަތޮޅު ކައުންސިލްތަކުގެ އެހީތެރިކަން ވެސް ލިބިގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ މާލެ ސިޓީ ޒީނަތްތެރިކޮށް ފެހި ކުރުމުގެ ގޮތުން ކުރިއަށްދާ މަޝްރޫއެއް ކަމުން މިއީ މާލޭގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުން ވެސް ބަލައިގަންނާނެ ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލަކީ ގަސް އިންދާ ފެހިކުރާ ބައެއް ކަމަށާއި، ގަސް ކަނޑާ، ގަސްތަކާއި ދުރު ބައެއް ނޫން ކަމަށެވެ. އަދި މާލެ ސިޓީއަކީ ގްރީން ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox