ވިދި ވިދިގެން 3 އަހަރު އެއް މައްސަލައެއް؛ ގަވައިދާ އެއްގޮތަށް މަޖިލީހުން ހަރުމުދާ ނުބަލަހައްޓައި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށް ރައްޔިތުންގެ މަޖިލީހުން ހަރުމުދަލުގެ ރަޖިސްޓްރީ ބަލަހައްޓަމުން ނުދާ މައްސަލަ މިދިޔަ އަހަރު ވެސް ހައްލުކޮށްފައިނުވާ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

މަޖިލީހުގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހުގެ އިދާރާގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައިވާ ބައެއް ތަކެތީގައި އިންވެންޓަރީ ކޯޑު ނަންބަރާއި މުދަލުގެ އަގުފަދަ މައުލޫމާތު ފުރިހަމަކޮށް ބަލަހައްޓާފައިނުވާ ކަމަށެވެ.

"...މާލިއްޔަތު ގަވައިދާ އެއްގޮތަށް ހަރުމުދަލުގެ ކަންކަން ބަލަހައްޓަމުންނުދާ ނަމަ، ތަނުގައި ހުންނަ ހަރުމުދާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ތަކެއްޗަށް ވާނުވާ ނޭނގި ގެއްލުމުގެ ފުރުސަތު ބޮޑުވުމާއި، މިލްކިއްޔާތުގެ ބަޔާނުގައި ހިމަނާފައިވާ ހަރުމުދަލުގެ އަދަދަކީ ފުރިހަމަ އަދި ސައްހަ އަދަދަކަށް ނުވާނެކަން ފާހަގަކުރަމެވެ،" ރިޕޯޓުގައި ބުންޏެވެ.

އޮޑިޓު އޮފީހުން އިތުރަށް ބުނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީ ބަލަހައްޓަމުންނުދާ މައްސަލަ، 2018 އަދި 2019 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާނޭ ކަމަށެވެ.

ނަމަވެސް، 2020 ވަނަ އަހަރުގެ ނިޔަލަށް ވެސް އެ މައްސަލަ ހައްލުކުރަން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، މަޖިލީހުގެ އިމާރާތުގެ ބޮޑެތި މަރާމާތުތަކެއް ކުރަން 2019 ވަނަ އަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމުގައި ގަވައިދާ ހިލާފަށް ކޮށްފައިވާ ގިނަ ކަންކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox