އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާއި ދިމާކޮށް އެސްޓީއޯއިން ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.
ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގައި ގިނަ ޑިސްކައުންޓުތަކާއި ބޮޑެތި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ހާއްސަ އިވެންޓެއްގައި މި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.
އެސްޓީއޯއިން ވިއްކާ ސެމްސަންގް އަދި ފިލިޕްސް ބްރޭންޑުގެ ޓީވީތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ގަންނަ ކޮންމެ ޓީވީއަކަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓުގެ އިތުރުން ޓީވީ ހަރުކުރާ ބްރެކެޓެއް ހިލޭ ލިބޭނެ އެވެ. އަދި ފިލިޕްސް ބްރޭންޑުގެ 50 އިންޗީ (މޮޑެލް 50PUT8115/98) ގެ ކޮންމެ ޓީވީއަކާ އެކު ހިލޭ ސައުންޑްސްޕީކާ ބާ އެއް ލިބިގެންދާނެ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ލިބޭ ގްރޭންޑު އިނާމު ތަކުގެ ތެރޭގައި އެއްވަނައަށް އައިފޯނު 14 ޕްރޯ މެކްސް އެއް، ދެވަނައަށް ވިއާރާ އެކު ޕީއެސް ފައިވް އެއް، ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15000 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ނޮވެމްބަރު 30 ގެ ކުރިން އެސްޓީއޯ އިން 500 ރުފިޔާއަށް ވުރެ ބޮޑުކޮށް ކުރާ ކޮންމެ ވިޔަފާރިއަކާ އެކު ލިބޭ ކޫޕަނަކުންނެވެ. ޕްރޮމޯޝަން ކުރިއަށްދާ ދުވަސްވަރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ އެކި ގޭމުތައްވެސް ކުރިއަށްދާނެ އެވެ.












