ކުރު ވާހަކަ: ކަރުނަވީ އާލަމުން

ކުރު ވާހަކަ: ކަރުނަވީ އާލަމުން

ކުއްލިއަކަށް އިވެންފެށީ ބަޔަކު ހަޅޭއްލަވާ އަޑެވެ. ހޯބޯލަވާ އަޑެވެ. އެކަކަށްވުރެ އަނެކަކު ބާރަށް ހަޅޭއްލެވޭތޯ އުޅޭ ކަހަލަ އެވެ. އަންހެން އަޑުގެ މައްޗަށް އިރުއިރުކޮޅަށް ގަދަވަނީ ފިރިހެނެއްގެ އަޑެކެވެ. އަޑުއިވޭ ދިމާއަށް މީހުން ދުވަން ފެށި އެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެއް ބަޔަކު ދުވަމުން ދަނީ އެވެ. އަނެއް ބަޔަކު ދެ ފިޔަވަޅު އެއްކުރަނީ އެވެ. ވީ ކީއްކަމެއް އެކަކަށް ވެސް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ ދެ މީހަކު އަޑުގަދަކުރާ ކަމެވެ. ހަޅޭއްލަވާ ކަމެވެ. އެ އަޑުތަކުގެ ރާގު ހުރި ގޮތުން އެއީ ކޮންމެ ކަމަކާ ކުރެވޭ ޒުވާބެއްކަން އެނގެ އެވެ. ހިތުގެ އުދާސްތަކުން ނުކުންނަ ލަފުޒުތަކެއްކަން ދޭހަވެ އެވެ.

ކޯޅިކޯޅިއަށް މީހުން މަގަށް ޖަމާވަމުންދެ އެވެ. ދެ މީހުން، ތިން މީހުން ތުން ގުޅުވައިގެން ކޮންމެ ވެސް އޮލަ ވާހަކައެއް ދައްކަ އެވެ. ކިޔަނީ ކީކޭ ކަމެއް ނޭނގެ އެވެ. ދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގެ އެވެ. ދައްކާ ވާހަކައެއް ދައްކަނީ ސިއްރުންނެވެ. އެހެން ބަޔަކަށް ނޭނގޭ ގޮތަށެވެ. މޫނުމަތިން ފެންނަނީ ހައިރާންކަމެވެ.

ގިނައީ ކުޅިބަލާން އެއްވާ މީހުންނެވެ. އާގަމަޔަށް އެއްވާ މީހުންނެވެ. ކޮންމެ މީހަކު ވެސް ސުވާލެއް މޫނުގައި އެލުވައިގެން ކަޅި ހުއްޓައިލައިގެން ތިބެނީ އެވެ. އެއް ދިމާއަކަށެވެ. އެންމެން ބަލަނީ ވެސް އެއްކަހަލަ ގޮތަކަށެވެ. ވެގެން އުޅޭގޮތް ސާފު ނުވާތީ އެވެ.

ވީރާނާވެފައިވާ ނޫކުލައިގެ ލަކުޑި ދޮރުން އެ މީހުންނަށް އާކަމެއް ފެންނަނީ ހެއްޔެވެ؟ އަރިވެ ދަބަރަށް ގޮސްފައިވާ އެ ދޮރުގެ ތަޅުން އެ މީހުންނަށް ކަމެއް ދޭހަވަނީ ހެއްޔެވެ؟ ފޫޓެއްހާ މިންވަރަށް ތިރިން ބިނދި އެތެރެއަށް ލެނބިފައިވާ އެ ދޮރާށީގައިވާ ދޮރާށީގެ ދޮރުން އާކަމެއް ފެންނަނީ ހެއްޔެވެ؟ ނޫނެކެވެ. އެއީ ކުރިން ވެސް އެ ދޮރާށި ހުރި ގޮތެވެ. އިއްޔެ ވެސް މިއަދު ވެސް އެދޮރު ހުރި ގޮތެވެ. އާ އެއްވެސް ކަމެއް ނެތެވެ. ދޮރާށީގެ މަތީގައި ކަޅުކުލައިގެ ފިލާ ކޮޅެއްގައި ހުދުކުލައިގެ އަކުރުން ފެނިފައިވާ ނަންބޯޑު ވެސް އޮތީ އިހު އޮތް ގޮތަށެވެ. ހިރަފުސްއަރާ ކަޅުވެފައިވާ އެ ނަންބޯޑުގައި އޮތް ތިން އަކުރަށް ނުބަލާ އެކަކު ވެސް ނެތެވެ. އެ ނަމުން އެހެން މާނައެއް ދޭހަވަނީ ހެއްޔެވެ؟ ނޫނީ އެއީ މަޝްހޫރު ގެޔަކީ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އެނގޭނީ އެ މީހަކަށްތާ އެވެ.

"ދޯޅަނބުގޭގަ ކޮން ސަކަރާތެއް ޖަހާ އަޑެއް؟" އެންމެ އިހުގެ ރެލީ ބައިސްކަލުގެ ބުރައްކަތް ފިތައިލަމުން އިވުނު ކުރަކި އަޑާއެކު ދަތްތަކަށް ވީގޮތުން ބައިސްކަލުގައި އިން އިބްރާހިމާ ދިމާއަށް އެންމެން އެކުގައި ބަލައިލި އެވެ.

އާމިނާއަށް ވެސް ބަލައިލެވުނީ އެހެންވީމަ އެވެ. ނަމަވެސް އާމިނާގެ ހިތުގައި ޖެހި ވިންދުގެ އަޑު ހުރީ އެހެން މީހުންގެ ވިންދާ ތަފާތުކޮށެވެ.

"ޖަވާބު ނޭނގޭ ސުވާލަކީތީ!" ތުރުތުރުލާ އަޑަކުން އާމިނާ އަވަސް ޖަވާބެއް ދިނެވެ.

އިބްރާހިމް ބައިސްކަލުގެ ހަރުޖައްސާލަމުން މަގުގެ އެއްފަރާތުގައި ބައިސްކަލު ބަހައްޓައިލި އެވެ. އޭނާގެ ފަތްމަދު ބޮލުން ދިހުން ކުލަ އަރަމުން ދިޔައީ ނިތްމަތި ފޮރުވާލުމަށް ކާށިތެޔޮލައި ތަތްކޮށްލައިފައި ހުރި އިސްތަށިގަނޑުންނެވެ. އޭނާގެ ރަސްމީ ހަރަކާތާއެކު ކަނާއަތުން ފިރުމައިލުމަށްފަހު އާމިނާގެ މޫނަށް އޭނާ ބަލައިލި އެވެ. އާމިނާ ވެސް ލުއި ގޮތަކަށް ހިނިތުންވެލި އެވެ. އިބްރާހިމްގެ ޝަހުސިއްޔަތު ދައްކުވައިދޭ ގަދީމީ މަތިމަހުގައި ކަނާއަތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލިން ފިރުމައިލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. އެ ހަރާކަތުން އާމިނާގެ ހިތަށް އުފާވެރި އިހުސާސެއް ކުރުވި އެވެ. އެކަން އިބްރާހިމަށް ރަނގަޅަށް އެނގުނެވެ.

އިބްރާހިމް ހިނގައިގަތީ ދޯޅަނބުގެއާ ދިމާއަށެވެ. އެއާއެކު އެންމެން ބަލާން ފެށީ އިބްރާހިމާ ދިމާއަށެވެ. އޭނާގެ ފަރި ފޮނި ހިނގުމަށެވެ. އެހައި ހިސާބުން އެންމެންގެ މޫނަށް ހިނިތުންވުން ވެރިވި އެވެ. މޫނުގައި ހުރި ރޫތަށް ފިލި އެވެ. އިބްރާހިމް އެ ދިޔަ ގޮތަށް ގޮސް ހުއްޓިލީ ދޯޅަނބުގޭ ދޮރާށި ކައިރިއަށެވެ. އޭނާގެ ހަރަކާތްތަކުގެ ވަޒަން ހަމަކޮށްލަމުން އަނެއްކާ ވެސް ކަޅުކަން ގަދަ މަތިމަހުގައި ދެ އިނގިލިން ފިރުމައިލި އެވެ. އެއަށްފަހު އާމިނާގެ މޫނަށް ބަލައިލި އެވެ. އާމިނާގެ ނޭވާ އަވަސްވި އެވެ. ވިންދުތަކުގައި ތޫފާނެއް އުފެދިގަތެވެ. އެކަން އޭނާގެ ދޮންދޮން ކޮލަށް ވެރިވަމުން ދިޔަ ޖަންބު ކުލައިން ފާހަގަވެ އެވެ.

ވާނީ ވެސް އެހެންތާ އެވެ. އިބްރާހިމަކީ އާމިނާގެ ނަންބަރެކެވެ. ސިއްރު ނަންބަރެކެވެ. އޭނާގެ ހިތުގައި ވިކައިލި މީހެކެވެ. އިބްރާހިމްގެ ހިނގުމުގައި އެ ހުންނަ ޗާލާކީ ގޮތާއި ހަރަކާތްތަކުގައި އެ ހުންނަ ފަރިކަމަކީ އާމިނާގެ ހިތަށް އުފާވެރިކަން ގެނުވައިދޭ ކަންކަމެވެ. ނަމަވެސް އާމިނާގެ ހިތުގައި އޮތް ސިއްރު އޮތީ ފެށުނު އިރު ވެސް އޮތްގޮތަށެވެ. ބަދަލެއް ނައިސް ރަނގަޅަށް ބަނދެލެވިފަ އެވެ. އާމިނާ ނުބުންޏަސް އިބްރާހިމަށް އޮތީ އާމިނާގެ ހަރަކާތްތަކުގެ މާނަ އެނގިފަ އެވެ. ދޭހަވެފަ އެވެ. އޭނާގެ ކަތި ނަޒަރާއި ބުނެލާ ބަސްބަހުން އެކަން ތަރުޖަމާ ކުރެވިފަ އެވެ. އިބްރާހިމް ބޭނުންވަނީ އާމިނާގެ ދުލުން އެ ވާހަކަ ބުނުވާށެވެ. އެކަން ކާމިޔާބުގެ މަންޒިލަށް އަދި ނުދަނީ އެވެ. ވަގުތު ނުޖެހެނީ ކަމަށް އިބްރާހިމް ގަބޫލުކުރެ އެވެ. އެހެންވެ އާމިނާ ފެންނަ ކޮންމެ ތަނަކުން އިބްރާހިމްގެ ހަރަކާތްތަކުގެ ވަޒަން ބަދަލުކޮށްލަނީ އެހެންވީމަ އެވެ. އޭނާގެ ޝަހުސިއްޔަތުގެ ފާޓު އާމިނާއަށް ދައްކައިލަން ބޭނުންވަނީ އެހެންވީމަ އެވެ.

ދޯޅަނބުގެއަކީ އިބްރާހިމާ ދުރުތާ ތިމާގެ މީހަކު އުޅޭ ގެ އެވެ. އެގޭ ހަދީޖާއަކީ އިރެއްގައި ޕަރީއަކަސް މިއަދު މުސްކުޅިއެކެވެ. ގައިބާރު ދެރަވެ ނިކަމެތި ވެފައިވާ މަޔެކެވެ. ދެ ފިރިހެން ކުދިންނާއި ތިން އަންހެން ކުދީން އުފަންކުރި އިރަށް ހުވަފަތްވެފައިވާ އެކަނިވެރި މަޔެކެވެ. އެ ފަސް ކުދިން ވެސް އުޅެނީ ދޯޅަނބުގޭގަ އެވެ. ހަދީޖާގެ ބަލިހާލު ބޮޑުވެ ގިނަ ދުވަސް ދުވަހު އޮންނަނީ އަމިއްލައަށް އެނދުމަތިވެފަ އެވެ. ގޭތެރެ ބަލަހައްޓަނީ ތިން އަންހެން ދަރީންނެވެ. ހަދީޖާގެ ޒިންމާނަގަނީ ފަތީލާ އެވެ. ފަތީލާއަށް ނުވިކަމަކީ ހަދީޖާއަށް ވެސް ނުވިކަމެވެ. ހަގުދަރި ވިސާމަށް ސަމާލުކަން ނުދެވުމެވެ.

އިވެމުން އެދަނީ ވިސާމާއި ފަތީލާގެ އަޑެވެ. ކޮންމެ ވެސް ކަމެއްގައި ދެމީހުން ދެބަސްވާ އަޑެވެ. އާއިލީ މައްސަލަގަނޑެއްގެ ތެރެއަށް އެކަކު ވެސް ވަންނަން ބޭނުން ނުވާތީ އެންމެން ތިބީ ދުރުގައި ކުޅި ބަލާށެވެ. ނަމަވެސް އެކަމަށް ބޯކޮށްޕައިލަން އެ ދަނީ އިބްރާހިމެވެ. އޭނާއަށް އެކަން މުހިއްމުވާ ސަބަބަކަށް އޮތީ ހަމައެކަނި ތިމާގެ ބަޔަކަށް ވާތީއެއް ނޫނެވެ. ހަދީޖާއަކީ އޭނާގެ މަންމައާ ދެބެންގެ ދެދަރި މީހަކަށް ވާތީއެއް ވެސް ނޫނެވެ. އިބްރާހިމްގެ ސިކުނޑީގައި ހުޅުވެމުން ދިޔައީ އެހެން ފަސްލެކެވެ. އެހެން ބާބެކެވެ. ގަނޑަކަށް ފަހު ގަނޑެއް އުކެމުން އެ ދަނީ އެ ބާބުންނެވެ.

އިބްރާހިމްގެ ގަދަ ފިޔާތޮށި ކުލައިގެ ގަޔަށްބާރު ފާޓުލޫނުގެ ދެ ފަރާތުގައި ހިފައި ހިއްލައިލި އެވެ. ބައިމަތި ފުޅާ އެ ހަށިގަނޑަށް ގަދަކަމުން މަހައިލައިފައިވާ ކިރުގަރުދިޔަ ކުލައިގެ ގަމީހާއި އެ ފަޓުލޫނުގެ ކުލައިގެ ސަބަބުން އިބްރާހިމް ފެންނަނީ ދިއްލޭ ކޮލާލެއް ހެންނެވެ. އޭނާ ތައްޔާރުވަމުން އެދަނީ ދޯޅަނބުގެއަށް ވަންނަންކަން އެންމެންނަށް ވިސްނެ އެވެ. އިބްރާހިމް މަޑުމަޑުން ދޮރާށި ހުޅުވާލަން ތަޅުގައި އަތް ޖައްސާލި އެވެ.

ކުއްލިއަކަށް އިބްރާހިމް އެއްލިގެން ދިޔަ އެވެ. އެއާއެކު މީހަކު ދޮރާށިން ބޭރަށް ނުކުތެވެ. ހަޅޭއްފަޅޭއް ލަވަމުންނެވެ. ހީވީ ބިރެއް ފެނިގެން ނުކުތް ހެންނެވެ. ވީ ވެސް އެހެންނެވެ. އެއީ ވިސާމެވެ. ވިސާމުގެ އަޑާއެކު އެންމެން ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ވިސާމުގެ މުޅި މޫނުގައި ވަނީ ލެޔެވެ. ބޮލުގެ ހަތަރު ފަރާތުން މޫނަށް ލޭ އޮހެމުން ދިޔަ އެވެ. ވިސާމު ނުކުތްބާރު މީނާއެކު އިބްރާހިމް އެއްލިގެން ދިޔަ އެވެ. އޭނާ ގޮސް ލައްވީ ދޮރު ކަންޏަށެވެ. ހަމަ އެ ބާރު މިނުގައި އިބްރާހިމް ތެދުވި އެވެ. އޭނާ އުޅުނީ ވިސާމާ ދިމާއަށް ދާށެވެ. ވިސާމަށް އެހީވާށެވެ.

"މަށެއް ނޫނޭ. މަށަށް އެނގޭ ފަތީލާއަކީ މަގޭ ލޭކަން. އެއީ މަގޭ ދައްތަކަން. މަށެއް ނުކުރާނަން. މަށެއް ނުޖަހާނަން." ވިސާމު ރޮމުން ގިސްލަމުން އަޑުގެ ނެތްތަނަށް ހަޅޭއްލަވާގަތެވެ.

އިބްރާހިމް އަތް އެޅީ ވިސާމުގެ ބޮލުގަ އެވެ. އޭނާގެ ބޮލަށް ލިބިފައިވާ ޒަހަމުތަކާއެކު ލޭ އަންނާތީ އެކަން ހުއްޓުވޭތޯ އެވެ. ދެވަނަ ސިކުންތުގައި ވިސާމު ދޮރާށިން އެތެރެއަށް ވަނެވެ. ވިސާމުގެ ފަހަތުން އިބްރާހިމް ވެސް ވަނެވެ. އޭނާގެ ބޮލުގައި އަތްއަޅައި އޮބައިލައިގެން ހުރެ އެވެ.

އެހައި ހިސާބުން ގޭތެރެއިން އިވެމުން ދިޔަ އަޑުފައްގަނޑު ދެ ގުނަވި އެވެ. އެއްވެ ތިބި އެއްމެންގެ ލޯތައް ބޮޑުވި އެވެ. އާމިނާގެ ހިތަށް ކެތް ނުވެގެން އަތުގައި އޮތް ފޯނު ނަގައި ހިލޭ ގުޅޭ ނަންބަރަކަށް ގުޅައިލި އެވެ.

ކުއްލިއަކަށް ދޮރޯށި ހުޅުވާލައިފައި ދެ މީހުން އެކުގައި ނުކުތެވެ. ބޮލުގައި އަތް އަޅައިގެން ތިބެއެވެ. އާމިނާއަށް ބަލައިލެވުނީ އިބްރާހިމާ ދިމާއަށެވެ. އޭނާގެ ކިރުގަރުދިޔަ ކުލައިގެ ގަމީހާއި ފިޔާތޮށިކުލައިގެ ފަޓުލޫނު ކަޅިވެފައިވަނީ ރަތްލެއިންނެވެ. އާމިނާއަށް ކެތް ނުވެގެން ދުއްވާގަނެވުނެވެ. އިބްރާހިމާ ދިމާއަށެވެ. އޭރު އިބްރާހިމް ދުވަމުން ދުވަމުން ބައިސްކަލާ ދިމާއަށް އަންނަނީ އެވެ. ވަކި ހިސާބަކުން އިބްރާހިމް ބިން މައްޗަށް ވެއްޓުނެވެ. އޭނާގެ ހޭވެރިކަން ނެތުނީ އެވެ. ހޭ ހުސްވީ އެވެ. އާމިނާ ގޮސް އިބްރާހިމް ނަގައި އުނގަންލި އެވެ. އިބްރާހިމްގެ މޫނުގައި ފިރުމަމުން ގޮވަމުން ދިޔަ އެވެ.

އެވަގުތު ފުލުހުންގެ ޖިޕު އެތަނަށް މަޑުކޮށްލި އެވެ. މީހުންގަނޑު އެއްވެ ކަންވީ ގޮތް ކިޔައިދިނެވެ. އާމިނާއަށް އުޅެވުނީ އިބްރާހިމަށް ހޭހަން ކޮށްދެވޭތޯ އެވެ. އޭނާގެ މޫނުގައި ދެއަތުން ފިރުމަމުން ރޮމުން ގިސްލަމުން ގޮވަން އިނދެވުނީ އެވެ. އިރުކޮޅަކުން އިބުރާހިމް ލޯ ހުޅުވާލި އެވެ. އޭނާއަށް ހަމަލާ ދިނީ ފަތީލާކަމަށް ބުންޏެވެ. ވިސާމާއެކު އެތެރެއަށް ވަނުމުން އޭނާގެ އެކުވެރިއެއް ކަމަށް ހީކޮށް ހަމަލާ ދިނީ ކަމަށް ބުންޏެވެ. އާމިނާގެ ހިތުގައި ފެވުނީ އެހެން ސުވާލެކެވެ. ފަތީލާއަކީ އެހައި ނުލަފާ މީހަކީ ހެއްޔެވެ؟ އޭނާގެ ހިތުން އިންސާނިއްޔަތުކަން ގެއްލުނީ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ދިނީ އަވައްޓެރިއެއް ކަމަށްވާ އާރިފާ އެވެ.

"ފަތީލާގެ ހަގު މަންޖެއަށް ނުކުރާކަމެއް އެ ސޮރު ނެތް. މަ ނަމަވެސް ރުޅި އަންނާނެ. ކޮންޓްރޯލު ނައްޓާނެ،" އާރިފާ ފުން ނޭވާއެއް ބޭރުކޮށްލި އެވެ. "އެކަމަކު އަމިއްލައަށް ހުކުމް ތަންފީޒުކުރާކަށް ނުވާނެ. ކުށްވެރިންނަށް އަދަބު ދޭނީ އެކަމަށް ކަނޑައަޅައިފައި ހުންނަ މުއައްސަސާތަކުން."

"މަދުން ނަމަވެސް މިކަހަލަ ކަންކަން އެބަ މެދުވެރިވޭ. މި ކަމުގެ ސަބަބުން ކުށެއް ނެތް މީހުންނަށް އެތައް ގެއްލުމެއް އެބަދެވޭ. ޖަޒުބާތުގައި ޖެހިގެން ވެސް މީހާ ހަމަހޭ ގެއްލޭވަރު ވެގެން ނުވާނެ،" އާމިނާއަށް ރޮވުނެވެ. "ފަތީލާގެ ސަބަބުން މިއަދު ފުނޑުފުނޑުމިވީ އަހަރެންގެ ހިތް."

"ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ." އިބްރާހިމް ދެ ލޯ ބޮޑުވި އެވެ.

"އާނ! އަހަރެންގެ ހިތް. އިބްރާހިމަކީ އަހަރެން ހިތް. މި ހިތުގެ ވިންދު." އާމިނާ ހިނިތުންވެލި އެވެ.

އޭނާގެ ހިތުގައި ފޮރުވިފައިވާ ލޯބި ހާމަވެ އެކަން އިއުލާން ވެގެންދިޔަ އެވެ. ކަރުނަވީ އާލަމަކުން ލޯބި ކުރިލާ ހެދެން ފެށި އެވެ.

"މީ ކަރުނަވީ އަލާމުން ލިބުނު ލޯބިތަ؟" އިބްރާހިމް ބޮލުގައި އަތްއަޅައިގެން ތެދެވެ ހިނގައިގަތީ އާމިނާގެ ގެއާ ދިމާއަށެވެ.

އާމިނާ ހިނިތުންވެލި އެވެ. އިބްރާހިމް އަތުލަފިކޮށްލައިގެން ކުރިއަށް ހިނގައިގަންނަނީ އެވެ. ބަރުގޮނުގެ އަޑު އިވުމާއެކު އެ ދެ މީހުން ބަލައިލީ ފަހަތަށެވެ. އެއީ ފަތީލާ ހައްޔަރުކޮށްގެން ފުލުހުންގެ ނައްޓައިލި އަޑެވެ. - ނިމުނީ

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox