ރާއްޖޭގައި ސާނަވީ ތައުލީމު ކުރިއަރުވަން ވޯލްޑްބޭންކްގެ ނުވަ މިލިއަން ޑޮލަރުގެ މަޝްރޫއެއް

ތައުލީމީ އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުން ބައިވެރިވަނީ. ރާއްޖޭގައި ސާނަވީ ތައުލީމުކުރިއަރުވަން ވޯލްޑްބޭންކްގެ އެހީގައި ބޮޑު މަޝްރޫއުއެއް ފަށަން ވަނީ ނިންމާފައި. ފޮޓޯ: މިރާޝް ނާޒިމް/އަދަދު

ތައުލީމީ އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުން ބައިވެރިވަނީ. ރާއްޖޭގައި ސާނަވީ ތައުލީމުކުރިއަރުވަން ވޯލްޑްބޭންކްގެ އެހީގައި ބޮޑު މަޝްރޫއުއެއް ފަށަން ވަނީ ނިންމާފައި. ފޮޓޯ: މިރާޝް ނާޒިމް/އަދަދު

ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމުގެ ފެންވަރު ރަނގަޅުކޮށް، ނެރޭ ނަތީޖާ ރަނގަޅުކުރަން ހިންގާ ބޮޑު މަޝްރޫއަކަށް އެހީ އާއި ލޯނު ހިމެނޭ ގޮތުން ޖުމްލަ ނުވަ މިލިޔަން ޑޮލަރު (138.7 މިލިޔަން ރުފިޔާ) ދޫކުރަން ވޯލްޑް ބޭންކްގެ އެގްޒެކެޓިވް ބޯޑުން މިއަދު ފާސްކޮށްފި އެވެ.

ވޯލްޑް ބޭންކުން މިއަދު ބުނީ "މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ގެ ނަމުގައި ކުުރިއަށް ގެންދާ އެ މަޝްރޫއަށް އެ ބޭންކުން އެހީގެ ގޮތުގައި 4.5 މިލިޔަން ޑޮލަރު އަދި ލޯނުގެ ގޮތުގައި 4.5 މިލިޔަން ޑޮލަރު ދިނުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ އެ މަޝްރޫއަށް ލޯނުގެ ގޮތުގައި ދޫކުރާ 4.5 މިލިޔަން ޑޮލަރު ދޫކުރާނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދޭން ހާއްސަކޮށްފައިވާ ގޮފި "އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެެސޯސިއޭޝަން" (އައިޑީއޭ) އިންނެވެ.

ޖުމްލަ 10 މިލިޔަން ޑޮލަރު (154 މިލިޔަން ރުފިޔާ) ހަަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަށް ދިވެހި ސަރުކާރުން ހަރަދުކުރާނީ އެއް މިލިޔަން ޑޮލަރު (15.4 މިލިޔަން ރުފިޔާ) އެވެ.

އެ މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި އިނގިރޭސި އަދި ހިސާބު މާއްދާ ހިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމާއި ހުނަރު ދަސްކޮށްދިނުން ފަދަ އިގުތިސާދީ ގޮތުން މުހިއްމު ދާއިރާތަކުގެ ފެންވަރު މަތިކުުރުން ހިމެނެ އެވެ. ވޯލްޑް ބޭންކުން ބުނީ ސާނަވީ ތައުލީމުގައި އެ މާއްދާތަކުން ހޯދާ ނަތީޖާ ރަނގަޅުކުރެވިއްޖެ ނަމަ މަތީ ސާނަވީ ތައުލީމުގެ ފުރުސަތު ލިބޭ ކުދިންގެ އަދަދު އިތުރުވާނެ ކަމަށެވެ.

ހަކަތަ އިގުތިސާދުކުރަން ބާރު އެޅުމާއި ކުނިމަދުކުރުން ފަދަ ތިމާވެއްޓަށް ރަނގަޅު ކަންތައްތައް ތަންފީޒުކުރަން، އެ މަޝްރޫއުގައި ސްކޫލްތަކަށް ބާރު އަޅާނެ އެވެ. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ޓެކްނޮލޮޖީގެ އެހެން ވަސީލަތްތައް ސްކޫލްތަކުގައި އިތުރުކުރުމަކީ ވެސް އެ މަޝްރޫއުގައި ހިމެނޭ މަސައްކަތެކެވެ.

"...އުގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް، މުދައްރިސުންގެ ހުނަރު ވެސް މިހާރަށް ވުރެ ހަރުދަނާކުރެވިގެންދާނެ. އަދި ހާއްސަ ޕްރޮގްރާމްތައް ހިންގައިގެން ސްކޫލް ޕްރިންސިޕަލުންނާއި މެނޭޖްމަންޓް އޮފިޝަލުންނާއި ޓީޗަރުންގެ ހުނަރު ވެސް ރަނގަޅުކުރެވޭނެ،" މަޝްރޫއާ ބެހޭ ގޮތުން ވޯލްޑްބޭންކުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ އަތޮޅުތަކުގައި ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު ރަނގަޅުކުރަން ހާއްސަ އަހަންމިއްޔަތުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ދަރިވަރުންގެ އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކުގެ ފެންވަރު ބެލުން މިހާރަށް ވުރެ ހަރުދަނާކުރަން ޖެހޭ ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

"ދިވެހި ސަރުކާރުން އަންނަނީ ތައުލީމީ މުގައްރަރު އިސްލާހުކުރުމަށް، ވަށައިޖެހޭ ސިޔާސަތުތަކެއް ތަންފީޒުކޮށް، ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގައި ހަމަހަމަކަމާ އެކު އުގެނުމުގެ ނަތީޖާ ރަނގަޅުކުރުމަށް އިސްކަންދެމުން،" ވޯލްޑް ބޭންކްގެ ލީޑް އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ހަރުޝާ އަތުރުޕާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox