ސަރުކާރުގެ ކުންފުނިތަކުން ދައުލަތަށް 38.5 ބިލިއަން ރުފިޔާގެ މާލީ ހިރާސް

ސަރުކާރުގެ ކުންފުނިތަކުން ދައުލަތަށް 38.5 ބިލިއަން ރުފިޔާގެ މާލީ ހިރާސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުން ޒިންމާވާ ގޮތަށް ނަގާފައިވާ ލޯނުތަކާއި ސަބްސިޑީ ދިނުމާއި ކެޕިޓަލްއަށް ކުރާ ހަރަދު ހިމެނޭގޮތަށް، ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ހިރާސް 2.5 ބިލިއަން އެމެރިކާ ޑޮލަރު (38.5 ބިލިއަން ރުފިޔާ)އަށް އަރާ ކަމަށް ވާލްޑް ބޭންކުން ބުނެފި އެވެ.

ވާލްޑް ބޭންކުން ނެރުނު ރާއްޖޭގެ ޕަބްލިކް އެކްސްޕެންޑިޗާ ރިވިއުގައި ބުނެފައިވަނީ ސަރުކާރުން ދޭ ސަބްސިޑީ އާއި ލޯނާއި އެހެނެހިން މާލީ އެހީތަކުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކުން ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ހިރާސް ބޮޑު ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ، ސަރުކާރުން މިފަދަ ކުންފުނިތައް މެދުވެރިކޮށް އުމްރާނީ ތަރައްގީގެ ނޫނީ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށްޓަކައި ދައުލަތުން ޒިންމާވާ ގޮތަށް ހޯދައިދީފައިވާ ލޯނު ފަދަ މާލީ އެހީތެރިކަން، 2020 ނިމުނުއިރު 1.3 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެއީ އެ އަހަރު ނިމުނުއިރު، އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ 35 ޕަސަންޓެވެ.

މީގެ އިތުރުން 2018 އާއި 2021 އާ ހަމައަށް ކާޑާއި ތެލުގެ ސަބްސިޑީގެ ގޮތުގައި ކަމާގުޅޭ ކުންފުނިތަކަށް އެވަރެޖު ގޮތެއްގައި އަހަރަކު 79 މިލިއަން ޑޮލަރު ސަރުކާރުން ދީފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި ކުންފުނިތަކުގެ ރައުސުލްމާލަށް ދައުލަތުން ދޭ ފައިސާ ވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އަހަރުން އަހަރަށް ވަނީ މަތިވެފަ އެވެ.

މިގޮތުން، 2017-2018 ގައި 35 މިލިއަން ޑޮލަރުގައި ހުރި އަދަދު، 2019 ވަނަ އަހަރު ތިން ގުނަވެ، 102 މިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް އެ އަދަދު 139 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ.

ކުންފުނިތަކުގެ ފައިދާގެ ބޮޑު ހިއްސާއެއް ސަބްސިޑީން

އެ ރިޕޯޓުގައި ބުނީ ސަރުކާރުގެ 20 ކުންފުންޏަކަށް 2020 ވަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 275 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

ނަމަވެސް، އެ ފައިދާގެ ބޮޑު ބައެއް ހިއްސާކުރަނީ ސަރުކާރުން ދިން ސަބްސިޑީގެ އިތުރުން ރައުސުލްމާލަށް ދިން މާލީ އެހީތެރިކަން ކަމަށެވެ.

މިގޮތުން، އެ 20 ކުންފުނީގެ ސާފު ފައިދާގެ ތެރެއިން 224 މިލިއަން ޑޮލަރަކީ އެގޮތަށް ސަރުކާރުން ދިން ފައިސާ ކަމަށެވެ. އެއީ ޖުމްލަ ސާފު ފައިދާގެ 81 ޕަސަންޓެވެ.

މީގެ އިތުރުން ސަރުކާރުގެ ހިއްސާއަށް ޑިވިޑެންޑްގެ ގޮތުގައި ފައިސާ ލިބެމުންދަނީ މަދު ކުންފުނިތަކުން ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން، ސާރުކާރު ހިއްސާވާ ޖުމްލަ 32 ކުންފުނި އޮންނައިރު، ކޮވިޑުގެ ކުރިން 2019 ވަނަ އަހަރާ ހަމައަށް ސަރުކާރަށް އެއްވެސް މިންވަރެއްގެ ޑިވިޑެންޑެއް ދައްކަމުން ދިޔައީ އެންމެ ހަ ކުންފުނިންނެވެ. އޭގެ ތެރެއިން އެވަރެޖު ގޮތެއްގައި ސަރުކާރަށް ލިބޭ ޑިވިޑެންޑުގެ ދެ ބައި ކުޅަ އެއް ބައި ލިބެނީ ދިރާގުން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެއާއެކު އެސްއޯއީތަކުން ލިބެމުން އައި ޑިވިޑެންޑް 2010-2012 ވަނަ އަހަރާ ދެމެދު ޖީޑީޕީގެ ނިސްބަތުން 1.8 ޕަސަންޓުގައި ހުރުމަށްފަހު، އެ ނިސްބަތް 2013-2021 ވަނަ އަހަރާ ދެމެދު 0.8 ޕަސަންޓަށް ވަނީ ވެއްޓިފަ އެވެ.

މައިގަނޑު ހައްލަކީ ޕްރައިވަޓައިޒޭޝަން

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގެ މާލީ ހާލަތު ކައިރި މުސްތަގުބަލުގައި އިތުރަށް ގޯސްވާނެ ކަމަށް ވާލްޑް ބޭންކުން ލަފާކުރާއިރު، އެ ކުންފުނިތަކަށް ދައުލަތުން ދެމުންދާ މާލީ އެހީތެރިކަން ހަރުދަނާ ގޮތެއްގައި މުރާޖައާކޮށް، ދައުލަތަށް ކުރިމަތިވެފައިވާ މާލީ ހިރާސްތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިގޮތުން، އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ފިނޭންސް މިނިސްޓްރީ އިސްވެ، ވިޔަފާރި އުސޫލުން ހިންގާ ކުންފުނިތަކާއި ހަމައެކަނި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ކުންފުނިތައް ވަކިން ފާހަގަކުރަންޖެހެ އެވެ. އެއަށްފަހު ކޮމާޝަލް ކުންފުނިތަކުގެ މެނޭޖްމަންޓް ޕަފޯމަންސްގެ މައްޗަށް ބިނާކޮށް ސަބްސިޑީ ދިނުމުގެ އިތުރުން ކުންފުނީގެ ހިއްސާ ޕްރައިވަޓައިޒް ކުރުން އެ ރިޕޯޓުގައި ދީފައިވާ ލަފާތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން، ސަރުކާރުން ކުންފުނިތައް އުފެއްދުމުގެ ކުރިން، ބާޒާރުގައި އެކަމަށް އިތުރު ގޮތްތައް ހުރިތޯ ބެލުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox