ރައީސްގެ ނުފޫޒު ނެތް ކަން އެނގޭނީ ޕީޖީ ގްރޫޕްގައި ބައިވެރިވާ މެންބަރުންނަށް: އަސްލަމް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް؛ ރައީސްގެ ނުފޫޒު ޕީޖީ ގްރޫޕްގައި ނެތް ކަމަށް ވިދާޅުވި - ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް؛ ރައީސްގެ ނުފޫޒު ޕީޖީ ގްރޫޕްގައި ނެތް ކަމަށް ވިދާޅުވި - ފޮޓޯ: އަދަދު ފައިލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ވަޒީރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ނުފޫޒު ފޯރުވާ ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް ޕާލިމެންޓްރީ ގްރޫޕްގައި ބައިވެރިވާ މެންބަރުންނަށް އެފަދަ ކަމެއް ނެތް ކަން އެނގޭނެ ކަމަށް އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވަނީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތަސް މެންބަރުންގެ މާ ބޮޑު ބާރެއް ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރައީސް ސޯލިހްގެ ނަން އަދި ވަޒީރެއްގެ ނަން ވެސް ނުގެންނަވައި ޒާހިރު ވިދާޅުވީ އެމްޑީޕީގެ ޕީޖީ ބައްދަލުވުންތަކެއް ނުހިނގާ ކަމަށާއި އެއްވެސް މައްސަލައެއްގައި ބަހުސް ވެސް ނުކުރާ ކަމަށެވެ. މަޖިލީހުގައި ކުރެވޭ ހަމައެކަނި ކަމަކީ ސަރުކާރުން ފޮނުވާ ބިލުތައް ފާސްކޮށްލުން ކަމަށެވެ.

"އެއްކޮޅު މި އޮންނަނީ އެކަކުގެ އަތަށް ދީގެން، އެ ބޭފުޅާ ބުނާހާ ގޮތަކަށް މި ތާނގައި ވޯޓު މި ލަނީ، ވަކާލާތު ކުރަނީ ވެސް، ރަނގަޅު ޕީޖީ ބައްދަލުވުމެއް ހިންގާ ނުލެވޭ އަޅުގަނޑުމެންނަށް، ބަހުސެއް ކޮށްނުލެވޭ އަޅުގަނޑުމެންނަށް،" ޒާހިރު ވިދާޅުވި އެވެ.

ޒާހިރުގެ މި ތުހުމަތުތަކާ ގުޅިގެން "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެފަދަ އެއްވެސް ނުފޫޒެއް ޕީޖީ ގްރޫޕަށް ފޯރުވާފައި ނެތް ކަމަށެވެ. އަދި ޕީޖީ ގްރޫޕްގެ ބައްދަލުވުންތައް ގަވައިދުން ބާއްވައި، މައްސަލަތަކުގެ ބަހުސްތައް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޖީ ގްރޫޕްގެ ބައްދަލުވުންތަކުގައި ބައިވެރިވާ މެންބަރުންނަށް އެނގޭނެ، ބައިވެރިނުވާ މީހަކަށް، މިތަނަށް ނާންނަ މީހަކަށް، މީގަ ނޫޅޭ މީހަކަށް ނޭނގޭނެ މި ތަނުގެ ވާނުވާއެއް،" ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަސްލަމް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ޒާހިރު އިޝާރާތް ކުރެއްވި "އެންމެ މީހަކީ" ރައީސް ސޯލިހެވެ. އެމްޑީޕީ ތެރޭގައި އުފެދިފައި އޮތް ހިޔާލު ތަފާތުވުންތަކުގައި މެންބަރު ޒާހިރު ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިއަށެވެ.

ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި މި މައްސަލަތަކުގެ ހައްލަކީ ބަރުލަމާނީ ނިޒާމެވެ. އިއްޔެގެ ޖަލްސާގައި ޒާހިރު ވިދާޅުވީ ވެސް "ރިޔާސީ ނިޒާމެއް" ގައި އިންތިހާބުވާ ރައީސް އުޅުއްވާނީ ވެސް ރައްޔިތުންގެ ކަންކަމަށްވުރެ ދެވަނަ ދައުރަކާ މެދު ވިސްނެވުމަށް ކަމަށެވެ.

އެމްޑީޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްއަށް ވެސް އޭގެ ބަހުސް ކުުރުމުގެ ގަރާރެއް ހުށަހަޅުއްވަން ނަޝީދު މަސައްކަތް ކުރެއްވި އެވެ. އެކަމަކު ރައީސްއާއެކު އިތުރަށް އެކަމުގައި މަޝްވަރާކުރައްވަން ކަމަށް ވިދާޅުވެ ގަރާރު އަނބުރާ ގެންދެވި އެވެ.

އޭގެ ފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި، ރައްޔިތުންނާ ބައްދަލުކުރައްވައި ނަޝީދު ވަނީ ނިޒާމު ބަދަލުކުރުމަށް ފަހު ނޫނީ އެމަނިކުފާނު އެ ކުރައްވާ މަސައްކަތްޕުޅު ހުއްޓުވާ ނުލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox