ހުލާސާކޮށް އިއްޔެ: އިގުތިސާދު ކުރިއަރާނެ ކަމަށް އައިއެމްއެފްއިން ބުނުން

މާލޭގެ އުތުރު ފަރާތުގެ ބާޒާރުމަތި: ރާއްޖޭގެ އިގުތިސޯދު މިއަހަރުވެސް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ނަމަވެސް މާލީ ގޮތުން ރާއްޖެއަށް އަދިވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނޭ. --ފޮޓޯ: އަދަދު

މާލޭގެ އުތުރު ފަރާތުގެ ބާޒާރުމަތި: ރާއްޖޭގެ އިގުތިސޯދު މިއަހަރުވެސް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ނަމަވެސް މާލީ ގޮތުން ރާއްޖެއަށް އަދިވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނޭ. --ފޮޓޯ: އަދަދު

ރާއްޖޭގެ އިގުތިސޯދު މިއަހަރުވެސް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ނަމަވެސް މާލީ ގޮތުން ރާއްޖެއަށް އަދިވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނީ އިއްޔެ އެވެ.

އައިއެމްއެފްގެ ފަރާތުން ރާއްޖެ އަށް މިހާރު ވަޑައިގެން ތިއްބެވި ވަފުދުން ރައްްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ ވަފުދުގެ ވެރިޔާ ޓިިޑިއާން ކިންޑާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ ޓޫރިޒަމްގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ފެށި ފަހުން ރަޝިޔާއިން އަންނަ ޓޫރިސްޓުން މަދުވި ނަމަވެސް މިދިޔަ އަހަރު ރާއްޖޭން ޓޫރިޒަމްގެ މާކެޓް ފުޅާކޮށް، އެހެން ސަރަހައްދުތަކުން ޓޫރިސްޓް އެރައިވަލް އިތުރުކޮށްފައިވާ ކަމަށެވެ.

"އެހެންވެ 2021 ވަނަ އަހަރު [އިގުތިސާދީ] ކުރިއެރުން ވަރުގަދަ އަދި މިއަހަރު ވެސް އެކަން އެގޮތަށް ވާނެ،" ކިންޑާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ރާއްޖޭގެ ޖީޑީޕީ ގާތްގަނޑަކަށް 19 ޕަސެންޓުން ކުރިއަށް ދިޔަ އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ޔޫރަޕްގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ މައްސަލަތަކުގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ އެވެ.

ރާއްޖެއަށް ހުރި މައްސަލަތައް

އައިއެމްއެފްގެ ވަފުދުގެ ވެރިޔާ ކިންޑާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަވެސް ކުރިއަށް ދަނިކޮށް، ޔޫރަޕްގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ހަކަތައިގެ މައްސަލަތަކުގެ ސަބަބުން ޔޫރަޕްގެ އިގުތިސާދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ގޯސްވާނެ އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު ޕަސެންޓޭޖަކީ ޔޫރަޕުން އަންނަ މީހުންނަށް ވާއިރު ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވާ އެ މައްސަލައިގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ އެވެ.

"ރާއްޖޭގެ ޓޫރިސްޓް އެރައިވަލްގެ ގާތްގަނޑަކަށް 50 ޕަސެންޓަކީ ޔޫރަޕް ކޮންޓިނެންޓުން އަންނަ މީހުން. އަދި އަޅުގަނޑުމެން ލަފާކުރާ ގޮތަކީ ޔުކްރޭން ހަނގުރާމައިން ފެށިގެން، ޔޫރަޕްގައި މިހާރު އޮތް އެނާޖީ ކްރައިސިސްގެ ބުރަ، ޔޫރަޕްގެ އިގުތިސާދުތަކަށް އަންނާނެ ކަމަށް. އަދި އެއާ އެކަމުގެ ކޮންމެވެސް އަސަރުތަކެއް ދިވެހިރާއްޖޭގެ ޓޫރިޒަމަށް ކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ކުރިމަތިވާނެ އަނެއް މައްސަލައަކީ އިންފްލޭޝަން މައްޗަށް ދިއުމާއި ބައިނަލްއަގުވާމީ މާކެޓުން ފައިސާ ހޯދުުމުގެ ހަރަދު ބޮޑުވުމެވެ. މާލީގޮތުން ރާއްޖެއަށް އޮތް ރިސްކް އަދިވެސް ދާނީ ޓިިޑިއަން ވިދާޅުވި ގޮތުގައި އިތުރުވަމުންނެވެ.

"ފިސްކަލް ވަލްނަރަބިލިޓީ އޭ އަޅުގަނޑުމެން މި ދަންނަވަނީ ޑެފިސިޓް އޮތް ވަރު. ޑެފިސިޓް އޮތީ އަދިވެސް ވަރަށް މަތިކޮށް. އަދި ދަަރަނީގެ މިންވަރު ވެސް އޮތީ މަތިކޮށް،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތަކުން އަރައިގަތުމަށްޓަކައި އައިއެމްއެފްގެ ލަފަޔަކީ ދައުލަތުން ކުރާ ހަރަދު ކުޑަކުރުމެވެ. އަދި އާމްދަނީ އިތުރުކުރަން އިތުރު ފިޔަވަޅުތައް އެޅުމެވެ.

ބައެއް މުހިންމު ހަބަރުތައް

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު، ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) އަށް ބޭނުންވާ 65 ފެރީ ބަނުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނޓީ (އެމްޓީސީސީ) އިން އަލްޝާލީ މެރިންއާ ހަވާލުކުރީ އިއްޔެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގައި މާލޭ ރައްޔިތެއް ކަމުގައި ބަލާ އުސޫލަށް ބަދަލު ގެނެސް އާންމުކުރީ އިއްޔެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ހާޒިރުކުރެވޭނެ ކަމަށް ޝަރީއަތުން ނިންމީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:

ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުސަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ގާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެނެވިއްޖެ

ދުވަހުގެ ފޮޓޯ

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާނެއް ދިނުމުގެ ދައުވާގެ ޝަރީއަތަށް އިއްޔެ އޭނާ ހާޒިރުވަނީ. މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ސޮފްއަތު ހަބީބް ވިދާޅުވީ މުއިއްޒު އަމަލު ހިންގެވި ތަން ދައުވާގައި ނެތަސް އޭނާ ހެކިބަސް ދިނީ ނެދަލޭންޑްސްގައި ހުންނަ އާބިޓްރޭޝަނަށްކަން ސާފުވާ ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާނެއް ދިނުމުގެ ދައުވާގެ ޝަރީއަތަށް އިއްޔެ އޭނާ ހާޒިރުވަނީ. މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ސޮފްއަތު ހަބީބް ވިދާޅުވީ މުއިއްޒު އަމަލު ހިންގެވި ތަން ދައުވާގައި ނެތަސް އޭނާ ހެކިބަސް ދިނީ ނެދަލޭންޑްސްގައި ހުންނަ އާބިޓްރޭޝަނަށްކަން ސާފުވާ ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާނެއް ދިނުމުގެ ދައުވާގެ ޝަރީއަތަށް އިއްޔެ އޭނާ ހާޒިރުވަނީ. މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ސޮފްއަތު ހަބީބް ވިދާޅުވީ މުއިއްޒު އަމަލު ހިންގެވި ތަން ދައުވާގައި ނެތަސް އޭނާ ހެކިބަސް ދިނީ ނެދަލޭންޑްސްގައި ހުންނަ އާބިޓްރޭޝަނަށްކަން ސާފުވާ ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox