ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރު ބުލޫ އިބްރާހީމް މަނިކާއި ކުރީގެ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު މަރުހޫމާ ޒާހިދާ އިބްރާހިމް (ޒާހިދައްތަ) އަށް ބްރޯޑްކާސްޓިން ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދީފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ފުރަތަމަ ބްރޯޑްކާސްޓިން އެވޯޑުގައި، މި އެވޯޑު ހަވާލު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެވޯޑު ލިބުނު ޒާހިދާ މީގެެ ދުވަސްތަކެއް ކުރިން ނިޔާވުމާ ގުޅިގެން ޒާހިދާގެ ފަރާތުން އެވޯޑާ ހަވާލުވީ އޭނާގެ ދަރިކަނބަލެކެވެ.
ސަމަރު ބުލޫ އިބްރާހިމްއަކީ 1974-2006 އަށް ބްރޯޑްކާސްޓިން ދާއިރާގައި ހަރަކާތްތެރިވި، އެ ދާއިރާއިން މީހުން ބިނާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބެފުޅެކެވެެ.
ޒާހިދާއަކީ 1968 ވަނަ އަހަރުގައި ދިވެހިރާއްޖޭގެ އަޑުގެ އެނައުންސަރެއްގެ ގޮތުގައި ގުޅި ފަހުން ސަން އެެފްއެެެމްގައި ވެެސް މަސައްކަތް ކުރެެއްވި އެވެެެ. ޒާހިދާ ވަނީ 40 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރައްވާފަ އެވެެ.















